އަފީފަށް ފޯން ކޯލެއް އައި ވަގުތުކޮޅު--
14 ޖޫން 2023 - 13:11
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ހަލަބޮލިވި ވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ފޯނު ކޯލެއް އައިސް، "އާދެ މަޖިލިސް މި ނިންމާލަނީ" ވިދާޅުވުމަށް ފަހު ޖަލްސާ ނިންމާލައްވައިފި އެވެ.
މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާ މައްސަލަ އެޖެންޑާ ކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަޑުގަދަ ކުރުމުން މިއަދުގެ ޖަލްސާ ވެސް ކުރިޔަށް ގެންދެވޭ ގޮތެއް ނުވި އެވެ.
މަޖިލިސް އެންމެ ހަލަބޮލިވި ވަގުތު، ރިޔާސަތުގައި އިންނެވި އަފީފަށް ފޯނު ކޯލެއް އައި މަންޒަރު ލައިވްކޮށް ބްރޯޑްކާސްޓް ކުރި ޖަލްސާ އަށް ފެނުނެވެ. އަދި މައިކު ކަނޑާ ނުލައި ހުރުމުން އޭނާ ފޯނުން ދެއްކެވި ވާހަކަ ވަރަށް ސާފުކޮށް އަޑު އިވުނެވެ.
ފޯނު ނެގި ގޮތަށް ފުރަތަމަ ވެސް އަފީފް ވިދާޅުވީ "އާދެ މި ނިންމާލަނީ" ކަމަށެވެ.
"އާދެ... މި ނިންމާލަނީ. ނިންމާލަން މި އުޅެނީ." އެހެން ވިދާޅުވުމަށް ފަހު އަފީފު ފޯނު ބޭއްވެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެންމެ ހޫނުވެފައި އޮއްވާ, ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށް އައީ ފޯނު ކޯލެއް. ދެން ވިދާޅުވީ "އާދެ, މި ނިންމާލީ ކަމަށް."... އެ ހިސާބުން މިއަދުގެ ޖަލްސާ ނިމުނީ!
— Mihaaru (@Mihaarunews) June 14, 2023
ތަފުސީލު: https://t.co/se4h3ejdKM pic.twitter.com/WOIpjLVuks
ފޯނު ކުރީ ކާކު ކަމެއް ސާފެއް ނުވެ އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތު ކުރައްވާ ގޮތުގައި ޖަލްސާ ހުއްޓާލަން އިރުޝާދު ދެއްވީ މި ވަގުތު ކުޅުދުއްފުށީގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެކަން ކަށަވަރެއް ނުކުރެވެ އެވެ.
މަޖިލީހުގެ ތަޅުމުގައި ފޯނު ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
ފޯނު ބޭއްވި ގޮތަށް އަފީފު ވިދާޅުވީ މަޖިލީހުގެ ނިޒާމް ގެއްލިފައިވާތީ ޖަލްސާ ކުރިޔަށް ގެންދެވެން ނެތް ކަމަށެވެ.
އެއަށް ފަހު ދެން ޖަލްސާ އެއް އޮންނާނީ އަންނަ ހޯމަ ދުވަހުކަން އިއުލާން ކުރައްވައި އަފީފް ޖަލްސާ ނިންމާލި އެވެ.
މަޖިލީހުގައި މިއަދު އެންމެ ގަދައަށް އަޑުގަދަ ކޮށް އިހުތިޖާޖު ކޮށްފައި ވަނީ ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަވަން މަސައްކަތް ކުރައްވާ ކުރީގެ އެމްޑީޕީ މެންބަރުންނެވެ. އަފީފް އަކީ ވެސް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ސޮރު
15 June 2023
މަމީ ވަރައް މަންޑޭލާވެގެން އަންނި ގެސަޕޯޓަރެއް އެކަމަކު މިހާރު އެއީ މާޒީ އޭނަގެ ހިޔަޅުކަން އަތުންހިފާ ތަޖުރިބާ ކުރިފަހުން މުގާބޭ މަތިން ފޫހިވެ ފިތުނަވެރި ދަލުންނެއްޓިއްޖެއިން. މިކަހަލަ ޖަޒީރާ ގައުމަކަށް ބޭނުންވަނީ ރަށްފުށު ސާދާ ބޭފުޅެއްފަދަ ރައީސް އިބޫ ކަން ކަށަވަރު. އަންނި ގެ ކަލްޓް ވިސްނުމާ އާންމުން ގުބޯހެއްދުމުގެ ސިޔާސަތުގަ ޖެހޭނީ ނިސްބަތުން މަދުބައެއް! ރިސޯޓް ސޮރެއް
ދަ ޑިމޮކްރެޓްސް
15 June 2023
އިބޫބޭބެ ބޭބެ ބޭނުންނުވާގޮތަށް ހިނގާ ކޮންމެކަމެއްގެ އިލްޒާމު އަޅުވާނީ އަންނިގެ ބޮލުގައި. 2018 ގައި ރިޔާސީ އިންތިޚާބަށް އަންނިއަށް ކުރިމަތިނުލެވޭތީ އެންމެ އިތުބާރުކުރާ އެންމެ ގާތްއެކުވެރި މިތުރު ކުރިއަށް ނެރެގެން ވެރިކަމަށް ގެންނަން ޤުރުބާންވެ އެކަން ކާމިޔާބުވުމުން އެހިސާބުންވެސް މިތުރު ދޫނުކޮށް މަޖްލީހުގެ ހުރިހާ ގޮނޑިތަކަށް ވާދަކޮށް ސުޕަމެޖޯރިޓީ ހޯދައިދިނުން މިވީ އަމިއްލައަތުުން ތިމާ ޤަތުލުކުރި ކަނޑި ތޫނުކުރުންފަދަ ކަމަކަށް.
ދަ މޮކިން ރެޓްސް
15 June 2023
އެންމެ އެކުވެރި މިތުރު ކުރިޔަށް ނެރެގެން މަޖިލީހުގެ މެޖޯރިޓީ ހޯދީ ހީލަތްތެތި ރޭވުމަކުން ވެރިކަމުގެ ދަހިވެތިކަމުގައި ބަރުލަމާނީއަކަށް ބަދަލުކޮއްލައިގެން ބޮޑުވަޒީރަށް ވުމުގެ ހީލަތްތެރި ރޭވުމުގަ. މިތުރު އެކަމަށް އެއްބަސްނުވި ހިސާބުން ހަތުރަކަށް ބަދަލުވެ ސަރުކާރު ހިންގަން ދަތިކޮށް އެތައްބައިވަރު ދޮގު އިލްޒާމެއް އަޅުވައިގެން ބެލީ ސަރުކާރު ބަލިކަށިކޮށް ވައްޓާލެވޭތޯ. ޕާރޓީ ޕްރައިމަރީގަ ބަލިވީމަ އެކަން ހަޖަމްނުވެގެން ދެން ދިމާކުރީ ޕާރޓީ ބައިބައިކޮށްލަން.
ރަހަކަ
15 June 2023
މަމީއަންނިއަށްތާއީދުކުރާމީހެއް. އެކަމަކު ތިއަފީފުތީ ހަމަބޭކާރުމީހެއް. ހުދުމުހުތާގޮތްތަކެއްހުންނޭނީ. ކުރީގަ މިނިސްޓަރުކަމުގައުޅުނުއިރުވެސް އުޅުނީ އެފާޑަށް. މީނާގުޅެންރަނގަޅީ ޔާމީނާ ނޫނީ އިބޫއާ
ރައްޔިތުސޮރު
14 June 2023
ނަޝީދު މިކުރައްވަނީ ޑިމޮކްރަޓިކް ނިޒާމާދޭތެރޭގަ އޮތް އިތުބާރު ރައްޔިތުންމެދުގަ ގެއްލުވާލުން، ނަޝީދު މިސާލު ދައްކަމުން އެގެންދަވަނީ ޑިމޮކްރަސީއަކީ އަޑުގަދަ ހަޔާތްކުޑަމީހާ އަބަދުވެސް ވިން ވާންޖެޖޭހޭނެއޭ ބުނާ ނާތަޚްޒީބު އުސޫލު. މިހާރު ހަޤީޤަތުގަވެސް ބަލަންވެއްޖެ ނަޝީދު ކިޔެވީ ޔޫރަޕްގެ ސްވިޓްޒަލޭންޑް ފަދަ ޤަޢުމުތަކުންތޯ ނޫނީ އެފްރިކާގެ ސްވާޒިލޭންޑުންތޯ!
ރއޔތ
14 June 2023
ރައްޔިތުންގެ މަންދޫބުންގެނަމުގައި ގޮނޑިޔަށްހޮވި، ރައްޔިތުންނަށްކުރާ މަސައްކަތްދޫކޮށް މިގޮތަށް ރައްޔިތުން ރަޓުވަންއުޅޭ މެންބަރުންނާއިމެދު އެމެންބަރުންގެދާއިރާއިން ފިޔަވަޅުއަޅަންއެބަޖެހޭ. ރައްޔިތުންގެ މަޖިލީހަކީ މިގޮތަށް ދޯދިޔާކޮށް އަމިއްލައެދުމަށް ކަންކުރަންއުފައްދާފައިވާ ތަނެއްނޫން. މިމީހުން މިވަރަށް ލަދުހަޔާތްކުޑަވާތަންބަލަން ދާއިރާގެ ރައްޔިތުންނުތިބެ މިމީހުން ހަމަމަގަށްއަޅުވަންޖެހިއްޖެކަމުގައި ދެކެން.
އާރީ
14 June 2023
އަފީފަކީ މަޖިލިސް ރިޔާސަތު ބަލަހަންޓާހާ ގާބިލު ބޭފުޅެއް ނޫން
ޑޮކްޓަރ މެނަން
14 June 2023
ރިޔާސަތު ބަލަހައްޓަވަން ޤާބިލް ބޭފުޅަކަށްވާނީ އޮސްޓްރޭލިއާރ ޔުނިވާރސިޓީން ރާއްޖެއިން ކިޔަވަން ފޮނުވީމައި މިވީތަނަށް އެއްވަނަ ދަރަޖައިގައި ފެއިލްވި އަސްލަމްއެވެ.
ބިއްލޫރިޖެހިގޭ
14 June 2023
އިބޫ ދެވަނަ ދައުރު ޔަޤީންވީ ވަަރުން މިހާވަރަށް އަސްލަމްއާއި ރޮޒޭނާ މޭން ދިލަނަންގަވާތީ މިއުޅުއްވަނީ؟؟
އައިމިނާ
14 June 2023
ތިޔަފެންވަރުގެ ފަރާތްތައް މަޖިލީހުގެ ރިޔާސަތާއި ހަވާލުކުރީމަ ވާންވީ ގޮތް މި ވަނީ.
ރަސްދޫ ސައީދު
14 June 2023
ތާހިރުވެއްޖެނު، މާދަމާ މަޖިލިސްދޮށުގަ އިސްތިއުފާ ޖައްސަނިއްޔޯ.
ފަޒުނާ
14 June 2023
ތިޔަހެން ހަދައިގެން އިބޫ ހޮވޭނީ! އަވަހަށް ޖައްސާ??
ޝަމާހާ
14 June 2023
ޖައްސަންވީހަމަ. ޖައްސާފަ ނަޝީދުގެ އިސްތިއުފާޔަށް ގޮވީމަ ރީތިވާނީ.
މޮޑަފްް
14 June 2023
ނަޝީދު ރިޔާސަތުން ތަނާޒިލްވީ ނަމަކަށް. އޭނަ ދުރުގަ ހުރެގެން ޗާބީ ދިނީމަ އެ ހަރަކާތް ކުރަނީ ކުރުގޮތަކަށް ބުނާނަމަ ޕަޕެޓެއް އަފީފަކީވެސް މީހުން ކޮންމެވެސް ވަރަކަށް އިހްތިރާމް ކުރި މީހެއް. ޕަޕެޓެއް ނޫނީ ގޮނޑިކޮއްކޮ އަކަށް ވެގެން އެ ގެއްލުވާލަނީ ޚުދު އޭނަގެ އަގު.