އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެތަނުގައި ތިބި ބަޔަކު ފުރަތަމަ އެހީ ދެނީ.-- ފޮޓޯ: އެކްސިޑެންޓް އެމްވީ
15 ޖޫން 2023 - 12:26
ހުޅުމާލެ 2 ގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި މީހަކަށް ވަރަށް ބޮޑަށް މިއަދު އަނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގީ ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ "އަމަން އުދަރެސް" ފްލެޓްތައް ކައިރީގަ އެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 9 ޖަހާކަންހާއިރު ކަމަށެވެ.
ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ބަހުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި.-- ފޮޓޯ: އެކްސިޑެންޓް އެމްވީ
އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.
އެ މީހާ އަށް ލިބުނު އަނިޔާގެ ތަފުސީލު އަދި ނުލިބުނު ނަމަވެސް، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ މީހާގެ އަތް އޮތީ ވަރަށް ބޮޑަށް މަށައިގެން ގޮސްފަ އެވެ. އޭނާގެ ސައިކަލު ބަހުގައި ޖެހި، ބަހުގެ ބިއްލޫރިގަނޑެއް ވެސް ހުރީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޖުތާޒު
16 June 2023
ޢެމްޓީސީސީގެ ބަސް ދްރައިވަރުނއނަށް ތިބެނީ އެމީހުން އޮޅިފަ މިހެންބުންޏަސް ހުރިހާ ދްރައިވަރުންނެއްނޫން ދައެއްދްރިއިވަރުން ދެކޭގޮތުގަ އަރާ ޕެސެންޖަރުންނަކީ ނުވަތަ ކަސްތަމަރުންނަކީ އެމީހުންގެ ކުރިމަތީގަ އެއްވެސް ބައެއްނޫން އަރާމީހުންނާ ދޭތެރޭ މުހާތަބުކުރަނީ މާހަރުކަށިކޮއް އަނެކާ ދުއްވަނީ މާބަރަށް ބްރިޖުމަތީގަ ދުއްވަންވެސް ލިމިޓެށް އޮންނާނެ ދުއްވަނީ އެއާ ޚިލާފަށް
ޞަލާހު
15 June 2023
ތެދަށް ބުނަންޏާ މި ޑްރައިވިން ސްކޫލުތަކުންވެސް އަސްލު ގަވާއިދަށް ދުއްވަން ދަސްކޮށްދޭން މާބޮޑު މަސައްކަތެއް ނުކުރޭ! ބޭނުންވަނީ އަވަހަށް ވީހާވެސް ގިނަ ކުދިންނަށް ލައިސަންސް ހޯދަދޭން. ޢަށެއް އަޅަން ދަސްކޮށްދީފައި ޓެސްޓުގައި ދުއްވާ ތަންކޮޅު ފަރިތަކުރުން އޮންނަނީ. މާލެ ތެރޭގައި ދުއްވަން ދަސްކޮށްދޭކަމެއް އެނގިފައެއް ނެތް. ޓެސްޓަށް ދަސްކުރާ އެއްޗަކީ މާލެތެރޭގައި ދުއްވާ މީހަކަށް އެއްވެސް ފައިދާއެއްކުރާނެ އެއްޗެއްްނޫން.
ޖޯކަރު
15 June 2023
ނަމަނަމަ ރިއާސީ އިންތިޚާބް އާއި ކައިރި ކޮށްފައި މިފަހަރު "އެއް ލަކިން' ލައިސަންސް ދޫނުކުރައްޗޭ!
ފަހުދު.
15 June 2023
ރަށުން ލައިސަންސް ނަގައިގެން އަންނަ ގިނަމީހުންނައް މަގުމަތީގެ ގަވައިދުތައް ވެސް ނޭންގޭ. މިކަން ބަލާނެ މީހަކު ނެތް
ބުރުގާ
15 June 2023
20 އަހަރުގެ ދިވެހި ފިރިހެނަކޯ. ދެން ބާކީ ވީގޮތް ވަރައް ސާފު.
އިންވިޖިލޭޓަރުންނަށް
15 June 2023
ހެޔޮނުވާނެ، އަލަށް ލައުސަންސް ނަގާ ކުދިންނާއި، މީހުންނަށް ރަނގަޅަށް ފަރިތަވީމައި ނޫނީ އޯކޭ ނުކުރުން އެދެމެވެ.
އަފްރާސިޔާބު
15 June 2023
އެބުނާ ހެން ތިމީހާ ހަމަހޭގަތޯ ބަލާލަން އެބަޖެހޭ. ހޭބަލިވިޔަސް އެވަރު ބޮޑު. ބަހެއްގެ އަރިމަތީ ގައި ހުރަހަށް ވިއްޔާ އެލައިގަތީ.
ާަައާމިން
15 June 2023
ދެރަވަރު ކަންތައް!! މީގަ އަސްލު ގޯހީ ބަހާ ބަސް ދުއްވަން އިން މީހާއާއި ބަހުގެ ތިބި މީހުންނާއި ބަސް ދުއްވާފަ ދިޔަ މަގު، ބަލާލީމަވެސް އެގެއެއްނު ބަސް ދުއްވާފަ އެއޮތީ އެއްއަރިއަކަށް މަގުގެ ހުރަހަށްކަން، އެންވެ ސީދާ ބަހުގެ މެދަށްވާ ހިސާބު ބިއްލޫރިގަނޑެއް ތަޅައިގެން ގޮއަސަ އެއިނީ !!!
ސައިޚް
15 June 2023
ހާސްކަނޑާލަ، ޒުވާނެއްނު، ޓްރެފިކް ފުލުހުން ނެތތުމުން މިތަން މިއޮތީ ބޮއްސުންލާފަ، އެމީހަކާ އެމީހެއް، ދުއަވާއިރު ފޮަނުކުރުން، ސިގިރެޓް ބުއިން، ވަންވޭގަ އިދިކޮޅަށް ދުއްވުން، މިހިރީ މިހާރު އޯކޭ ކަންކަން، އެހްނވާނީވެސް، މިއޮތީ މުޅި ސަރުކާރު މުއައްސަސާތަށް ފެއިލްވެފަ،
ގަހަރުލާދާ
15 June 2023
އަނިޔާވި މީހާ އަށް ﷲގެ އަވަސް ޝިފާއަށް އެދެން. ބަހުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ސަބަބާ އެ ތަޅައިގެން ގޮއްސަ ހުރި ގޮތުން ހިތަށް އެބައަރާ ތިޔަ ބަހަކީ މަގުމަތީގައި ދުއްވަން ހަދާފައި އޮތް ބަހެއް ބާވައޭ. ސައިކަލް ގޮސް ބަހުގައި ޖެހޭނީ ބިއްލޫރިގަނޑަށް ވުރެ މާ ތިރީގައި. އެ ޖެހޭ ޖެހުމުން އަންނަ ލޮޅުމުން ތަޅައިގެން ދިޔަ ނަމަ އެއީ މައްސަލައެއް. އަނެއް ކަމަކީ ޕަބްލިކްގަ ދުއްވާ ތިވަރުގެ ބަހެއްގެ ބިއްލޫރިގަނޑު ހުންނަންވާނީ ޓެމްޕަރޑް ގްލާސްއިން
ކަރަބުލޯކި
15 June 2023
ބިއްލޫރިގަނޑު އެކަނިތަ ދަގަނޑުން ހަދާފަހުރިބައިވެސް އެއޮތީ ފަޅައިގެންގޮއްސައެއްނޫންތަ.
ކުމާރުގޯރު
15 June 2023
ބަހުގައި ހުރީ ޓެމްޕަރޑް ގްލާސް.. އަދި ރަނގަޅަށް ބަލާލާ