ޖުޑިޝަލް އިޔާ 2023 ރަސްމިއްޔާތު: ޝަރުއީ ދާއިރާގެ މުވައްޒަފުން އަމަލުކުރާނެ ގޮތުގެ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައި. -- ފޮޓޯ: މިހާރު
17 ޖޫން 2023 - 22:03
ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި އުޅުމުގެ ހުއްދަ ލިބޭ ގޮތަށް އުސޫލު ބަދަލުކޮށް، އެ ދާއިރާގެ މުވައްޒަފުންގެ "ކޯޑް އޮފް ކޮންޑަކްޓް" އާންމު ކޮށްފި އެވެ.
ޝަރުއީ ދާއިރާގައި 2011 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ މުވައްޒަފުންގެ ގަވާއިދުގައި އެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި އެއްވެސް ގޮތަކަށް ބައިވެރިވުން މަނާކޮށް، ހާއްސަ ބާބެއް މިހާތަނަށް އެވެ.
އެ ގަވާއިދުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ނުވަތަ ކެންޑިޑޭޓެއްގެ ކާމިޔާބީ އާއި ކުރިއެރުމާއި އަދި އެފަދަ މީހެއްގެ ކުރިއެރުމަށް ހުރަސް އަޅާ ހުރިހާ ކަމަކުން ޝަރުއީ ދާއިރާގެ މުވައްޒަފުން އެއްކިބާ ވާން ޖެހެ އެވެ.
ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރުމާއި ވަޒީފާއެއް އަދާ ކުރުމާއި ޕާޓީއެއްގެ ގުނަވަނެއްގެ މެންބަރަކަށް ވުމާއި ޕާޓީތަކުން ތައްޔާރުކުރާ ޕެޓިޝަންތަކުގައި ސޮއި ކުރުން ވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މިހާތަނަށް މަނަލެވެ.
އެއްވެސް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވުމާއި ވޯޓުލާ ދުވަހު ކެންޑިޑޭޓުންނަށް އެހީތެރިވުމާއި އިންތިހާބު ކުރާ އެއްވެސް ސިޔާސީ މަގާމަކަށް ކުރިމަތިލުމަކީ ވެސް އެ ގަވައިދުގެ ދަށުން މަނާ ކަމެކެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކުރި ކޯޑް އޮފް ކޮންޑަކްޓްގައި ވަނީ ސިޔާސީ ހަރަކާތްތަކުގައި މުވައްޒަފުން ބައިވެރިވުމާ ބެހޭ ބާބު އެކީ އުވާލައިފަ އެވެ.
ކޯޑް އޮފް ކޮންޑަކްޓްގައި އެ ބައި ހިމަނާފައި ވަނީ "ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި އިތުބާރު ހިފެހެއްޓުން" މާއްދާގެ ދަށުންނެވެ.
އާ ކޯޑް އޮފް ކޮންޑަކްޓްގައި ވަނީ ޝަރުއީ ދާއިރާގެ އިތުބާރަށް އުނިކަން އަތުވެދާނެ ފަދަ ކަންކަމުން ދުރުވާން ޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ވެސް ހިމެނޭ ކަމަށެވެ.
އެ މާއްދާ އެހެން އޮތް ކަމުގައި ވިޔަސް، ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ހަރަކާތެއް ހިންގާ ޖަމިއްޔާއެއެއް ނުވަތަ ޖަމާއަތެއްގެ މެންބަރަކަށް ވުމާއި ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލުން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަނާ ނޫން ކަމަށް އާ ކޯޑް އޮފް ކޮންޑަކްޓްގައި މިހާރު ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅު
18 June 2023
ސިޔާސީ ފިކުރަކީ އަދި ފާޑުކިޔުމަކީ އެންމެންގެ ވެސް ހައްގެއް. ކޮންމެ ކަމެއްވެސް ރަނގަޅިއްޔާ އެންމެނަށް ވެސް ރަނގަޅު ނުބައިއްޔާ އެންމެނަށް ވެސް ނުބައި.
ހޫނހޫނ
18 June 2023
އެހެން ވެއްޖިއްޔާ ސިޔާސީ މީހުންނަށް ސަރުއީ ދާއިރާޔާ ބެހެންވެސް ހުއްދަ ދޭން ވާނެ.
ވޮލާ
18 June 2023
ސުކޫލު ތަކުގެ ކުދިންަނައްވެސް ތިފުރުސަތުދޭން ޖެހޭ އެބަ
ޖަމީލުބެ
18 June 2023
ކޮމެންޓު ތައް ކިޔާލުމުން އެގުނީ: ކޮމެންޓްކުރާ މީހުންނަށް ރަނގަޅު އެއްގޮތެއްވެސް ނެތްކަން! މަނާވީމަވެސް ގޯސް، ހުއްދަ ދިނުމުންވެސް ގޯސް! މާނައަކީ: ކޮންމެ ގޮތަކަށް އުސޫލު ބަދަލުކުރިނަމަވެސް، އެބަދަލެއް ގޯސްކަމުގަ ދެއްކުމަށް ތިމަންނަމެން ކޮމެންޓު ކުރާނަމޭ!
ބޭބެގެ ޖަމީލު
18 June 2023
ބޭބޭ! ނޫން ކަންކަން ރަގަޅު ނިޔަތެއްގަ ޒަމާންތަކަށް ދެމިގެންދާނެ ގޮތައްކުރީމަ ފާޑެއްނުކިޔާނެ. އަދި އުފާވެސްކުރާނެ. މިދަނޑިވަޅުގަ ތިޔަކަން އެކުރީ ކުރިއަށްއޮތް އިންތިހާބު އޮޅާލުމުގެ ބޭނުމުގަ. ބަލަންތިބޭތި އިންތިހާބު ގަޑުބަޑުކޮށް ނަތީޖާ އޮޅުވާލަން ފޮށިތައް ދޮށުގަ ބައިތިއްބާނީ ތިޔަ ތަންތަނުން އެވެރީން ހޮވާ ބަޔަކު. މިހާރުވެސް އެބުނަނީނުން ހަމަހަދީނީ ހަދާނެ ގޮތެކޭ! އަދުލުއިނަސާފު ގާއިމުކޮށްދޭ ވުޒާރާގެ މީހުން ސިޔާސީވީމަ ހަތަރެސްކަން ހަމަވީ! ވަރަށްސަލާމް
ހަމޭން
18 June 2023
ޖަމީލުބޭ ބުނީ ހަމަ ތެދެއް، އެއީ އިންސާނީ ތޮބިއްޔަތުކަން މިި އެނގެނީ، ނޫނީ ދިވެހިންގެ ވަކިން ހާއްސަކޮށް، މިކަމަށް އެކަންޏެއް ނޫން ހަމަ ރަނގަޅު އެއްކަމެއްވެސް ހަބަރަކުން މި ކޮމެންޓު ކުރާމީހުންނަށް ނުފެންނާނެ. ވެދާނެ އާންމުގޮތެއްގައި ކޮމެންޓްު ކުރަނީ ޕެސިމިސްޓުންވީމަކަމަށްވެސް
ކްރަޫސް
18 June 2023
ތިއީ ދެން އާދަކާދައެންނު. ޔާމީނުވެސް ކުރީ ހަމަ ތިކަން. މައުމޫނުވެސް ކުރީ ހަމަ ތިކަން..
ފައިސާ ކޮރަޕްޓުﷲ
18 June 2023
ހުރިހާ ކުދިންކޮޅުވެސް އިތުރައް ފައިސާ ކޮޅެއް ބޭނުންވަނީ ދެއްތޯ؟ ހާަސްނުވެ، ތިކަންވާނެ މިފަހަރު! އިންޝާﷲ.
އަލް މަޙުކަމަތުއް ޝަރުޢިއްޔާ
18 June 2023
އަހަރަމެންނަށް ލިބުނު އުފާދޭނީ ވޯޓުން ރައީސަށް
އޮނަރަބްލް އަފީފު ދީދީ
18 June 2023
އެމްޑީޕީގެ މިސްރާބުގެއްލި ޙުދުމުޙުތާރު ނިޒާމާއި ދިމާލަށް ބާރުމިނުގައި ދަތުރު ކުރަމުންދާއިރު "ޕާޓީގައި ލީޑަރ ޝިޕެއް ނެތުމުގެ ސަބަބުން ބައެއްފަހަރު ޕާޓީއަކީ ކޮމިއުނިސްޓް ޕާޓީއެއް" ކަމަށް ހީވާ ދަރަޖައަށްވެސް ކަންތައް އެބަދޭ. # މިދާގޮތުން ހީވަނީ 2023 ގެ އިންތިޙާބު ކެމްބޭނުގައި އުއްތަމަ ފަނޑިޔާރު މަނިކުފާނާއި، ޑިފެންސްގެ ޗީފް އޮފް ސްޓާރފަށްވެސް ބައިވެރިވެ ވެރިކަމުގައި ހުންނެވިބޭޅާ ހޮވޭތޯ މަސައްކަތް ކުރަން ފުރުސަތު ދޭނެ ހެން.
ތިލަދުންމަތި
17 June 2023
އާނ! މިކަން ތަޢާރަފުކުރަންތާ ސައްލޭ "ބޮޑު މަޖިލިހުގައި" ބުނީ، "ސިވިލް ސާވަންޓުން ވާންޖެހޭނީ ފެންނަ ލޯ ހުއްޓަސް ނުފެންނަ ބަޔަކަށް އަދި އިވޭ ކަންފަތް ހުއްޓަސް ބީރު ބަޔަކަށެވެ". މީ ކޮންކަހަލަ ހަމަޔަކާ އިންސާފެއް ގެންގުޅޭ ބައެއްބާ؟
ދަންޑެހެލު
17 June 2023
ކީއްވެބާ ސިވިލްސާވަންޓުން ސިޔާސީކަންކަމާ ގާތް ނުވެވޭގޮތަށް އޮބިއަޅުވާފައި ބައިތިއްބަނީ؟ މިހާރު ހުރިހާ ސިވިލްސާވަންޓުން ލައްވާ ހަމަ އެކަނި ސިވިލްސާވިސް ކޮމިޝަނަށް ބާރުލިބޭގޮތަށް، މުވައްޒަފުގެ ހައްގު ގެއްލޭގޮތަށް އޮންނަ ގަރާރެއްގައި ސޮކުރުވަމުން އެބަދޭ! އަދި އޭގައި ސިޔާސީކަމަކަށް ކައިރިވެއްޖެ ނަމަ "ނުގޮތަށް" ދީފައި ހުރި އިންޒާރުތައް ވެސް ހާދަހާ ގިނައެވެ!