ގުޅިފަޅުގެ ފުރަތަމަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަނީ: ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވަން އަންނަނީ ތައްޔާރުވަމުން.-- ފައިލް ފޮޓޯ: މިހާރު
02 ޖުލައި 2023 - 14:30
ކ. ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު މިއަދު ބާއްވާން ތައްޔާރުވެއްޖެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ގުޅިފަޅުގެ ބިން ހިއްކުމުގެ ޕްރޮޖެކްޓު ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ފަހެއް ޖަހާއިރު އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް އޮންނާނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތު ޓީވީން ލައިވް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެވެ. ބިޑަކާ ނުލައި ބޮސްކާލިސްއާ އެ ޕްރޮޖެކްޓް ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެ ޕްރޮޖެކްޓަށް ދެ ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެ ފަޅަށް އަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ހިއްކާ ސަރަހައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެ އެވެ. އެކަމަކު އެ މަޝްރޫއުގެ ދަށުން ހިއްކަނީ ސީދާ ކިހާ ސަރަހައްދެއް ކަމެއް ސާފުވާ ގޮތެއް އަދި ނުވެ އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހާއްސަ ކުރަނީ ސަރުކާރުން އެތަނުގައި ހަދާ ސަރަހައްދީ ބަނދަރު ނުވަތަ ޕޯޓްގެ މަސައްކަތަށެވެ. އެ މަޝްރޫއާއެކު، މިހާރު މާލޭގެ އުތުރު ފަރާތުގައި ހިންގަމުން އަންނަ ވިޔަފާރި ބަނދަރުގެ ހުރިހާ ހިދުމަތެއް ގުޅިފަޅަށް ބަދަލުކުރާނެ އެވެ.
ގުޅިފަޅުން ހިއްކާ ބިމުން މާލެ މީހުންނަށް ގޯތި ދޭން ވެސް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހްސަން ފަރީދު
03 July 2023
ހުރިހާ ގައުމެއްގަ ވެސް ކެޕިޓަލް ސިޓީގެ 99% އަކީ ރިޔަލްއެސްޓޭޓް ވިޔަފަރި، ހިންގަން މަޖްބޫރު ވެފަ އޮންނަ ތަންތަން، މީގެ ތެރެއިން 30%އަކީ ޓުރިޒަމްއާ ގުޅޭ ގޮތަށް ހޮޓާ ރެސްޓައުރެން ވިޔަފާރި ތެރެއިން ޑިވެލޮޕް ވާތަންތަން..
ހާމިދު ޝާހިދު
02 July 2023
ކިތައްފަހަރަށް ހިއްކާ ނިމުނު ތަނެއްތީ! މީގެ ކުރިން ރައްޔިތުންގެ މަޖްލިހުގެ އިންތިހާބާ ދިމާކޮށްވެސް މިބާވަތުގެ އަޑެއް ފެތުރި. ކުޑަ ފަސްފުންޏެއް ޖަހާލާފައި މަޝްރޫޢު ހިންގާ ނިންމާލީ! އޭގެ ކުރިން ރައީސް މައުމޫނު، ހިއްކުން އިފްތިތާހު ކޮށްފި، ރައީސް ނަޝީދު އެތަނުގެ ފަރުމަތިން ހިމަ ރޮނގެއް ފާއްދާލައިފި.
އީކް
02 July 2023
ތި ފަޅުތައް ހިއްކުމުގެ ބަދަލުގައި ރާއްޖޭގެ ބިންބޮޑު ސަރަހައްދެއް ތަރަށްގީ ކުރިއްޔާ ކީއްތަވާނީ...
އަހަންމާ. .
02 July 2023
އޭރުން ކ.އަތޮޅު މާލޭ މީހުންނަށް ގެދޮރު ކުއްޔަށްދީގެން ކުލިލިބޭނެތަ ؟
ހުސައިން803
02 July 2023
މާލެ، ވިލިގި، ހުޅުމާގެ ފޭސް 1 އަދި ފޭސް 2 ން އަދި ގުޅިފަޅުންނާއި ގިރާވަރު ފަޅުނުންވެސް މާލެމީހުންނަށް ހިލޭގޯތި ބަހަނީއެވެ. މާލޭމީހުންގެ ކާބަފައިންނަށް ލިބުނު ގޯތި ދިހަ ބާރަ ބުރިޔަށް ނަގާ ރާއްޖެތެރޭމީހުންނަށް ކުއްޔަށްދީގެން މުއްސަދިވިއެވެ. އަނެއްކާވެސް އެބައިމީހުންގެ ދަރިންނަށް ހިލޭބިންތައް ބަހާލަނީއެވެ. ރާއްޖެތެރޭމީހާ ފުލެޓަކަށް ކުރިމަތިލާންވިޔަސް 15 އަހަރު މާލޭގައި ކުލިދައްކައިގެން އުޅުމަށް ސަރުކޮށްފައި އޮވެއެވެ. ކޮންފަދަ ބޭއިންސާފެއްތޯއެވެ.
މިގުލް
02 July 2023
މާ މާލެ ވެގެން ގޮސް ރަށުގަ އޮވެބަ ތިނޫނީ ބިމެއް ނެތީތަ އުޅެން
މުރާސިލް
02 July 2023
ރައްޔިތުންނަށް އޮޅުވާލުމުގައި ރައީސް ސޯލިހަކީ ރެކޯޑެކެވެ. މާލޭގެ ރައްވެހިނަށްނަށް ގޯތި ކަނޑާފައި ބިން ބަހާލާ ފަރާތްތަކުގެ ލިސްޓު އާއްމުކުރި އިރު އަދި ގޯތިދޭން ކަނޑައަޅާފައިވާ އެއްސަރަހައްދު ކަމުގައިވާ ގުޅީފަޅު ހިންކަންވެސް ނުފަށާ ދޯއެވެ. ސޯލިހެވެ. މަނިކުފާނަށް ހީވަނީ ދިވެހިންނަނީ އަބަދު ގުނބޯ ހެއްދޭނެ ބައެއް ކަމަށް ހެއްޔެވެ؟
އެއްބައި ވަނީ ހިއްކައިފަ
02 July 2023
ގުޅިފަޅުގެ ފުރަތަމަ ފޭސް ވަނީ ހިއްކާފަ އެވެ. މިހާރު ހިއްކަން އެފަށަނީ ދެވަނަ ފޭހެވެ. ހުޅުމާލެ ފަދައިންނެވެ.
ސޯލިހު
02 July 2023
ޔެސް.
ކޮމަންޑޫ މީހާ
02 July 2023
ކޮމަންޑޫ 2.0. މިފަހަރު ހުރިހާ ދިވެހިން ގުނބޯ ހައްދަން އެއުޅެނީ.