މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ
03 ޖުލައި 2023 - 09:33
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެމްޑީޕީން ވަކިވެވަޑައިގެންފައިވާތީ، މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުގެ ނިސްބަތަށް ބަދަލު އަންނާނެ ކަމަށް ބުނެ، ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ ނިންމާލައިފި އެވެ.
މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވި މަޖިލީހުގައި މަރުތަޅު އެޅި، އީދު ބަންދުގެ ކުރިން މަޖިލީހުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ މުހިންމު މަސައްކަތްތަކެއް ނުނިންމަ އެވެ.
އެއާ އެކު، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮއި ކުރައްވައި މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ މަޖިލީހުގެ ދައުރު ނިންމާލާފައި ވަނީ ކޮމިޓީތައް އެކުލެވިގެންވާ ގޮތާ ބެހޭ ގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
އެހެންވެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމާއި މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމާއި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދަން ދައުރުން ބޭރުން ޖަލްސާތައް ބާއްވައި ދޭން އެމްޑީޕީން އެދުނެވެ.
އެ ޕާޓީން އެދުނު ގޮތަށް މަޖިލީހުގެ ޖަލްސާއެއް މިއަދަށް ތާވަލުކޮށް އެޖެންޑާކޮށްފައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.
އެކަމަކު ޖަލްސާ ފެށުމާ އެކު، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ، ނަޝީދާއި ޗެކްމާކް ރަޝީދު މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަން ފާހަގަކުރައްވައިފަ އެވެ.
އަދި އެ އާއެކު މަޖިލީހުގައި އެމްޑީޕީ ތަމްސީލުވާ ނިސްބަތަށް ބަދަލު އަންނާނެތީ، ދާއިމީ ކޮމިޓީތައް އެކުލަވާލަން މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށް އަފީފް ވިދާޅުވި އެވެ.
"...އެހެންވީމާ މިހާރު އައިސްފައިވާ މި ބަދަލާއެކު ރިޕޯޓު އަލުން މެމްބަރުންނާ ސާކިއުލޭޓު ކުރުމަށްފަހު، މި ޖަލްސާ އަނެއްކާ ކުރިއަށް ގެންދެވޭނެ،" މިއަދުގެ ހާއްސަ ޖަލްސާ ނިންމާލައްވަމުން އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވި މަސައްކަތްތައް ހުއްޓުނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުންނެވެ. ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުވެރިވެވަޑައިގެން، މަޖިލީހުގެ ތާރީހުގައި ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތިގެން ވެސް ދެ ޖަލްސާއެއް ކެންސަލް ވެސް ކުރަންޖެހުނެވެ. އެކަމަކު އޭގެ ފަހުން، މިދިޔަ މަހުގެ 22 ވަނަ ދުވަހު އޮތް ދެވަނަ ދައުރުގެ ފަހުގެ ޖަލްސާގެ ރިޔާސަތާ ނަޝީދު ވަނީ "ރައްޔިތުންގެ މަސްލަހަތު އިސްކުރެއްވީ" ކަމަށް ވިދާޅުވެ، ހަވާލުވެވަޑައިގެންފަ އެވެ.
އެ ދުވަހު ވެސް ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ އެޖެންޑާކޮށް، ބަހުސް ކުރިއަށް ގެންދެވި އެވެ. އެކަމަކު ވޯޓަށް އަހައި އެ މައްސަލަ ނިންމުން އެ ޖަލްސާގައި ކުރިއަށް ނުގެންދަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދާއި ޗެކްމާކް ރަޝީދު އޭގެ ކުރީ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންނެވި ނަމަވެސް، އެ ދުވަހުގެ ޖަލްސާގައި ކުރިއަށް ދިޔަ ކޮމިޓީ އެކުލަވާލުމުގެ ބަހުސްގައި އެކަން އެއްވެސް ވަރަކަށް ފާހަގަކޮށްފައެއް ނުވެ އެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެންނަންޖެހުނީ ނަޝީދަށް ތާއީދުކުރައްވާ 13 މެމްބަރަކު އެމްޑީޕީން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫކޮއްޔާ
03 July 2023
ސުޕްރީމްކޯޓަށް ދާންވީ ވަގުތަކީ މިއީ ދައުރުން ބޭރު ޖަލްސާ ވެސް އަމާ ބުނީތީ ފަރަށް ދާ އުސޫލުން ގެންދިޔައީ. ޖަލްސާ ފެށުނީ ވަލްޙަމްދު ލިއްލާހި މަޖިލިސް ނިމުނީ. މީދެން ބަތްކައްކާ ކުޅެނީތޯ ނަޝީދު. މާބޮޑަށްވެސް ހަޑިހޭވިއްޖެ. ދެން ހެޔޮ. ތިމާގެ ޕާޓީ ރަޖިސްޓްރީކޮށް ނިމެންދެން ހުރިހާ ތަނެއްގަ ހިފަހައްޓައިގެން އެ އިންނަނީ. މައިނޮރިޓީ ލީޑަރުކަން ކުރާ ހިތުން. ދެން އަވަހަށް އެޕާޓީ އަށް ސޮއި ވެސް ކޮށްބަލަ.
ނުދޭތި.
03 July 2023
ކިތަންމެ ވަރަކަށް މޮޅުމީހަކަށް ވެގން އުޅުނު ކަމުގައިވިޔަސް ތިޔަ އަސްލަމަކީ އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ބަހައްޓާވަރު މީހެއްނޫން. ޤާނޫނާއި ޤަވާއިދު ނޭގޭ މިފަދަ މީހަކަށް މަޖިލިސް ރައީސްކަން ދޭން ހެޔޮނުވާނެ.
އަންދަލޫސިޔާ
03 July 2023
އަންނި އާއި ޕީޕީއެމް މީހުން ހީކުރަނީ މިއީ ކެނެރީގޭ އާއި ދޫވެއްސަށް އޮތް ޤައުމެކޭ. ތިޔަކުރާ ޖެއްސުމުގެ ލަގާ ރައްޔިތުން ދޭނީ ވޯޓުން. ބޮޑުތަކުން ބަލިވާނެ.
މުކޮސް
04 July 2023
ދެން އެހެން މީހުން ހީކުރަނީ މިޤައުމު މީ ސިއްކަ އާއިލާ ނޫނީ ދީފުރަންމާގޭ ތަރިކަ މުދަލޭ އުތަ؟
ދޮން
03 July 2023
ސަރުކާރު ސައިޒް ކޮށް މަޑުފުއްގަނޑަކަށް ހަދަނީ އެއްމެ މީހެއްް .ކުރެވޭކަމެއް ނެތް 54 މެމްބަރުން ކީއްތަމިކުރަނީ. އަސްލަމްމެއް ބޮޑުލަދެއް ކީއްކުރަން ބާއްވާ ނޫސް ކޮންފަރެސް އެއްތަ މަޖުލީހުން. ޔާމިނު ހުރިނަމަ ތިކަހަލަ ޗައްކަރު ނުޖެއްސޭނެ.. ތީ ވެރިކަން ކުރެވޭ ފެންވަރެއްނޫން.
ކޮރަޕްޓް 54
03 July 2023
މަޖިލީހުގައިތިބި 54 މީހުންނަކީ ފައިސާގެ ބާރުން ގެންގުޅޭ ބައެއްކަމަށްވާނަމަ އެމީހުން ހަރަކާތްކޮށް ވާހަކަ ދައްކާނީވެސް ފައިސާ ދޭވަރަކަށް. އަދި އަސްލަމް މެންފަދަ ރޭގަޑު މަޖާކޮށްފައި ހެދުނު ހޭނުލެވޭ މީހުންނަށް ރަނގަޅުވާނީވެސް ޖަލްސާ ނުބޭއްވީއްޔާ. އޭނާ ބޭނުންވާނެ މީޑިޔާގެ ސަމާލުކަން. އެހެންވެ ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީވެސް.
އަސްލު...
03 July 2023
މިއީހަގީގަތުގަވެސް ވަރަށްބޮޑު ކަމަކަށް ވެއްޖެ، ނަޝީދު އާއި އެބޭފުޅާއަށް ބައިއަތުހިފައިގެންތިއްބެވި އެންމެ 14 ވަރަކަށް މެމްބަރުން މުޅިބިޔަބޮޑު މަޖިލީސް ހުއްޓުވައިގެން އުޅޭއުޅުން ނިމުމަކަށް ގެންނަން އެބަޖެހޭ، މީގެސަބަބުން ވަރަށްބޮޑު ގެއްލުމެއް ދައުލަތަށް ލިބެމުންދާކަން ޔަގީން. އަޅުގަޑަށް ކުރެވެންއޮތްކަމެއްް ކުރުމުގެ ގޮތުން މާދަން އެމްޑީޕީ އަށް ސޮއިކުރާނަން އަދި އަންނަ އިންތިޚާބުގައި އެމްޑީޕީ އަށް ވޯޓު އިތުރުކުރުމަށް ފަންސާސް ހާސް ޚަރަދުކުރާނަން...
ބަބުރު
03 July 2023
ނަޝީދު ކުރިންވެސް ބުނެފައިވަނީ ނުލަފާކަން ދައްކާލާނެކަމަށް އަދި ކަނާތުން ކުރާ ކަންކަން ވާތަށްވެސް ނޭންގޭނެކަމަށް. މިއަދު ތިއޮތީ އެމްޑީޕީ މެމްބަރުންނަށް އެ ބޮޑިދީފަ. ދެރައީ އަދުރޭމެންނަށް އަދިވެސް ނަޝީދު ދަސްނުވެ އޭނާ ފަހަތުން އުޅޭތީއެވެ. ގާސިމަށްވެސް މިހާރު އެނގިއްޖެ ނަޝީދު ހަސީލަތް.
އަފީފު ހ އ ދިއްދޫ
03 July 2023
ދެން ތިބީ މުޅިންވެސް އެއްކަހަލަ މީހުން ދެއްތޯ
ހިނި އިބްރާހިމްބޭބޭގެ ބޭސްފިހާރަ
03 July 2023
އަސްލަމްގެ ކޮސް ވިސްނުން! އިބޫއާއި އަސްލަމްގެ ޕާރލަމެންޓްރީ ތަޖްރިބާ މިއެނގުނީ ކަމަކާއި ލައިގަތީމައެވެ. މިއަށްވުރެން އުނދަގޫކޮށް އޮތް އިރުވެސް ރައީސް މައުމޫނުވަނީ އާގާނޫނު އަސާސީގެ މަސައްކަތް އެއިރުކޮށް ނިންމާލާފައެވެ. މިމީހުން ހިތަށް އަރާނެދޯ ތިމަންނާމެންވެސް މިއީ ސިޔާސީ މޮޅެތި ތަޖްރިބާކާރުންނޭ! ކަނޑުކޮސް ކަންތަށް މުޅީންހެން ކުރަނީ!
މަދީހާ.
03 July 2023
ބޭބީ އަސްލަމް ތިތަނަށް އައީ ޑޮކްޓަރު މުނައްވަރުގެ އެހީގައި. އޭނާ ތިތަނުގައި ހުރެގެން އަޑިންދަމާ ކުޅެން ފެށި ހިސާބުން ޑރ މުނައްވަރު އޭނާއާއި އޮތް ގުޅުން ކަޑާލައިފި. މިހާރު އޭނާ އެހެރީ މުޅިން ބާކީ ވެފަ. ދެން މުޅިންވެސް ގޮވާނީ ކޮސް. ޤަވާއިދު އިގޭނީ ކިހިނެއް ޖަލްސާއަކަށް ދެވެނީ އެއްނޫން. އެކަމަކު އަދި އެބައުލޭ މަޖިލިސް ރައީސްކަން ހޯދަން.
އޮނަރަބްލް އަފީފު ދީދީ
03 July 2023
މަޖިލިސް ތަޅަމުގައި މެންބަރުންއެތުރިފައިވާގޮތަށް ބަލާލުމުން ޤާނޫނުއަސާސީގެބޭރުން "މާލޭ ބާގައިގެމީހުނަށް" ޙާއްސަގޮތެއްގެންގުޅޭކަން ހާމަވޭ. # ޤާނޫނުއަސާސީގެ ޖަދުވަލުގައި ރާއްޖޭގެރަށްތައް ހިމެނިފައިވާގޮތަށް، ނުވަތަ ރާއްޖޭގެސިޓީތަކަށް، ނޫންނަމަ އާބާދީތަކުގެނިސްބަތަށް ނޫންނަމަ ދާއިރާތަކުގެ މެންބަރުންގެނިސްބަތަށް މިއިން އެއްވެސްކަމަކަށް ބަލައިގެންތޯ މަޖިލީހުގެ ކުރީގޮނޑިބަރި ކ.އަތޮޅުމާލޭގެ މެންބަރުންނަށް ޙާއްސަކޮށްފައިވަނީ.!؟ މިކަން ބަދަލު ކުރާންޖެހޭ.
މުޙައްމަދު ފާތިހު.
03 July 2023
ނަސީބެއްނު އައްޑޫ މެންބަރުންނަށް މަޖިލިސް ކުރީ ގޮނޑިބަރި ނުލިބުނުކަން. އެހެން ނޫންނަމަ އެތަނުގައި އިންނަ އަމިއްލަ ހައްޓާއިގެން ނޫޅެވޭ ވަރު ބޭބީ ޖަލްސާތަކަށް ނާންނާތީ ކޮންމެ ދުވަހަކު ކުރީ ގޮނޑިބަރީގައި ހުންނަ ގޮނޑި ހުސްކޮށް ހުންނަތަން ޓީވީ އިން ފެންނާނީ. އޭނާ ބޭރުކޮށްފަ އައްޑޫ މީހުން ކުރީ ގޮނޑިބަރިއަށް އަރަންވާނީ.
ކާތިބު
03 July 2023
މިފަހަރު އަފީފުދީދީ އަށް ސައްތައިން ސައްތަ ތާއިދުކުރަން. މާކުރިން ވެސް އަހަރުމެން ދައްކާ ވާހަކައެއް. އިނގިރޭސި ޓީ (މާލެ) އަކުރު އަންނާނީ އެސް (އައްޑޫ) އަކުރުގެ ފަހަތުން ކަމަށް. އެކަމަކު މިއީ ކުރީގައި މައުމޫނު ދައުރު ރައީސުލްޖުމްހޫރިއްޔާގެ 8 މެންބަރުން ކުރިޔަށް ލައިގެން ސަކަރާތް ގަތީއްސުރެން މިކަން އޮތް ގޮތް. މަޖިލިސް ގޮނޑި އަތުރަންވީ ޕާޓީ މެންބަރުން ކައިރިކައިރީގައި ތިބޭ ގޮތަކަށް. އެކަން މިހާރުވެސް ކުރެވޭނެ.
ޖާބިރު
03 July 2023
މުސާރަކައިގެން ހަރާން ކުރާ އެއްކަމެއްވެސް . ރައްޔިތުންނަށް ހުރިހާ ދުއްތުރާއެއް