ގދ. ތިނަދޫގައި ޕާސްޕޯޓުގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިނަދުއަށް މިއަދު ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ތިނަދޫ އަކީ ޕާސްޕޯޓުގެ ހިދުމަތް ފެށި ހަ ވަނަ ރަށެވެ. ޕާސްޕޯޓްގެ ހިދުމަތް މިހާރު ލިބެނީ މާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދު އާއި ފުވައްމުލަކު އަދި އައްޑޫން އެކަންޏެވެ.