ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ދުއްވެވި ކާރަކުން ސައިކަލެއްގައި ޖެހި އެ ރަށުގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ފައި ބިނދިއްޖެ އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެ ރަށު އަމީނީ މަގުން ދުއްވާފައި ދިޔަ ކާރަކުން ޖެހި އަނިޔާވީ ސައިކަލު ދުއްވަން އިން މެދު އުމުރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ އިރު އިތުރު ފަރުވާ އަށް މާލެ ގެންނަން ވަނީ ނިންމައިފަ އެވެ.

އަނިޔާވި މީހާގެ ބޭސްފަރުވާގެ ހުރިހާ ހަރަދަކަށް ނަޝީދު ހަވާލުވެވަޑައިގެންފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުންޏެވެ.

ކުޅުދުއްފުށީގައި މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ކައިރީގައި ނަޝީދު (ވ) މަޑުކޮށްލައިގެން.--
ކުޅުދުއްފުށީގައި މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ކައިރީގައި ނަޝީދު (ވ) މަޑުކޮށްލައިގެން.--

މި އެކްސިޑެންޓުގައި ނަޝީދަށް އަނިޔާއެއް ނުލިބެ އެވެ. އެކަމަކު އޭނާ ދުއްވަން އިން ކާރަަށް ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ކުޅުދުއްފުށީގައި ނަޝީދު ހައްދަވާ ޕާކުގެ މަސައްކަތް ބެއްލެވުމަށް، ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް އޭނާ އެ ރަށަށް ވަޑައިގަންނަވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.