ސިވިލް ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކުރި ގާޒީ ފަރުހާދު ރަޝީދު.--
21 ސެޕްޓެމްބަރ 2023 - 11:49
ސިވިލް ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ ފަރުހާދު ރަޝީދާ ޖޭއެސްސީން މިއަދު ހަވާލުކޮށްފި އެވެ.
އެ ކޮމިޝަނުން އެ ގޮތަށް ނިންމީ، ސިވިލް ކޯޓުގެ އިސް ގާޒީ އަހުމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް އިއްޔެ އަވަހާރަވުމާ ގުޅިގެންނެވެ.
ފަރުހާދަކީ ސިވިލް ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ދުވަސްވީ ގާޒީ އެވެ. އޭނާ އެ ކޯޓުގައި މަސައްކަތް ކުރައްވާތާ 19 އަހަރު ވެއްޖެ އެވެ. އޭގެ ތެރެއިން ގާޒީއެއްގެ މަގާމުގައި އުޅުއްވާތާ ވީ 10 އަހަރެވެ.
ނިމާލް ކުއްލި ގޮތަކަށް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ވަނީ އެނގިފަ އެވެ. ގޭގައި އުޅުއްވަނިކޮށް ކުއްލިއަކަށް ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޮތީ އަވަހާރަ ވެފަ އެވެ.
ގއ. މާމެންދު އަށް އުފަން ނިމާލް އަވަހާރަވީ އުމުރުން 36 އަހަރުގަ އެވެ.
ނިމާލް ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރީ މާޗް މަހު އެވެ. އެ ކޯޓުގެ އެންމެ ޒުވާން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިމާލް އިސްގާޒީ ކަމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އއަހްމަދު
21 September 2023
މިވެސް ހަމަ ވިދާޅުވާހާގޮތަކަށް ނިންމަންކެރޭވަރު ބޭފުޅެއްތޯ؟
އަހުމަދުފުލު
21 September 2023
ނުކުރާނެ. ތީހަމަ އަލިފެއް.
ވަގުތީގޮތުން
21 September 2023
ވަރަށް ގިނައިން ވަގުތީގޮތުން ހަވާލުކުރައްވާ ބޭފުޅެއް. މިވަގުތު ތިއްބެވި ހީވާގި މައްސަލަތައް ހިންގަން އިސްކަންދޭ ބޭފުޅެއް. ޖޭއެސްސީގައި ތިއްބެވި ހިސާނުމެން އޭޖީމެންނަށް އެއްގޮތަކަށްވެސް ކަމުދާ ބޭފުޅެއް ނޫން. ޖުޑީޝަރީ ކަމުނުދާކަމަށް ކަންކަން ގޯސްކޮށް ދާކަމަށް ފާޅުގައި ފަނޑިޔާރުންގެ ގުރޫޕުތަކުގައި ލިޔެލަންކެރޭ ހަމައެކަނި ބޭޅާއޭ ބުނަންޖެހޭނީ. ދާއިމީކޮށް އިސްޤާޟީކަން ދިނަސް ބޭނުންވެސް ނުކުރާނެ ކަމަށް އަޑުއިވެނީ.