ގޭގައި ގެންގުޅޭ މީހަކު ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައި.
26 އޮކްޓޯބަރ 2023 - 11:19
ކުޑަކުއްޖެއްގެ ގައިގައި ޖަހައި އަނިޔާކުރި އިންޑިއާގެ މެއިޑަކު ހައްޔަރުކޮށްފި އެވެ.
ސަންދީޕް ކޯރު، 22، ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ދީ ނެރުނު އަމުރުގައިވާ ގޮތުން މި މީހާ ކުއްޖާގެ ގައިގައި ޖަހާ ކަމަށް، ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯއިން ބެލެވެ އެވެ.
މި މީހާ ހައްޔަރުކޮށް، ތުހުމަތުކޮށްފައިވަނީ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރުމެވެ. އަދި އޭނާ އަނިޔާކުރީ، ބެލެހެއްޓުމާ ހަވާލުވެ ހުރި ކުއްޖަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ކަމަށް ވާތީ ބަންދުގައި ބަހައްޓަން ފެންނަ ކަމަށާއި އެއީ މުޖުތަމައުގެ ސަލާމަތަށްޓަކައި ކަމަށް ވެސް ގާޒީ އަލީ ނަދީމް ނެރުއްވި އަމުރުގައިވެ އެވެ.
އަމުރުގައި ބުނެފައިވަނީ ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ކުރެވޭ ތުހުމަތު ވުޖޫވާ ވަރަށް މި މައްސަލައިގައި ހެކި އެބަހުރި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
26 October 2023
ތަޅާއަނިޔާ ކުރަނީ ދިވެހި މަޔަކުނަމަ ޖެންޑާއިން އަޅައެއްނުލާ ކަންތަށް އިންތިހާޔަށް ބޮޑުވެއްޖެއެވެ.
LaamuonlineDOTcom
26 October 2023
އަޅުގަނޑުގެ ދަރިއަކަށް އަނިޔާކޮށްފިނަމަ އަދަބުގެ ފުރަތަމަ މަރުހަލާ ފުރިހަމަކުރާނީ އަޅުގަނޑު، ކުދިންބަލަން މީހުނާ ހަވާލުކުރާއިރު ސެކިއުރިޓީކެމެރާފަދަ އެއްޗެހި އަދި އޯޑިއޯ ރެކޯޑިންވެސް މޮނީޓަރކުރަމުންދިއުމާ ކުއްޖާ ދަށްކާވާހަކައާ މިޒާޖަށްއަންނަ ބަދަލު ފަރުވާތެރިކަމާއެކު މޮނީޓަރ ކުރުންވަރަށްމުހިންމު، މެއިޑަކީ ދިވެއްސެއްވިޔަސް ބޭރުމީހެއްވިޔަސް ރައްކާތެރިއެއްނޫން، ވާނުވާ ރަނގަޅަށްބަލަންޖެހޭ!