އައްޑޫގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ: މާރާމާރީ ހިންގަން ތައްޔާރުކޮށްފައި ހުރި ހަތިޔާރުތަކެއް ހޯދައިފި --- ފޮޓޯ/ޕޮލިސް
06 ޑިސެމްބަރ 2023 - 17:19
އައްޑޫގައި ގޭންގް މާރާމާރީތަކާ ގުޅިގެން ފުލުހުންގެ ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން، މާރާމާރީ ހިންގަން ތައްޔާރު ކޮށްފައިހުރި ހަތިޔާރުތަކެއް ފުލުހުން ހޯދައިފި އެވެ.
އައްޑޫ ޕޮލިސް ސްޓޭޝަނުން ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނީ ގޭންގް މާރާމާރީތައް ހުއްޓުވަން އައްޑޫގެ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސްގެ ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން އައްޑޫގައި ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.
އެ މަސައްކަތުގައި މިހާތަނަށް 10 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވާއިރު، ދެން ތިބި މީހުންގެ ބަންދަށް އެކި މުއްދަތުތައް ކޯޓުން އިތުރު ކޮށްފައިވެ އެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގަން ތައްޔާރު ކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި އެހެނިހެން އާލަތްތައް ހޯދާފައިވާ ކަމަށެވެ.
އައްޑޫގައި މާރާމާރީތައް ފެށުނީ ފާރެއްގައި ކުރަހާފައި ހުރި ގްރެފިޓީތަކެއްގެ މައްޗަށް އެހެން ގޭންގެއްގެ ބަޔަކު މިދިޔަ މަހުގެ ގްރެފިޓީތަކެއް ޖެހުމުންނެވެ. އެކަމާ ގުޅިގެން ހިތްހަމަނުޖެހުންތައް ބޮޑުވެ، އެކަން އެންމެ ފަހުން ޒުވާބަކަށް ބަދަލުވެ، ގޭންގް ހަމަނުޖެހުމަކަށް ބަދަލުވެ، އެކަކަށް ހަމަލާ ދިނެވެ.
އެކަމުގެ ބަދަލު ހިފުމުގެ ހަމަލާއެއް މިދިޔަ އާދިއްތަ ދުވަހު ދިނެވެ.
މި މާރާމާރީތަކުގައި ދެ މީހަކަށް އަނިޔާވި އެވެ. ފުރަތަމަ މާރާމާރީގައި ހާލު ސީރިއަސްވި މީހާ ވަނީ މިދިޔަ ހަފުތާގައި މާލެ ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންޓަރ
08 December 2023
އައްޑޫ މާރާމާރީ ލިސްޓްގައި ހިމެނޭމީހުން ކައުންޓަރ ޓެރެރިޒަމުން އެމެރިކާއަށް ފޮނުވި ލިސްޓްގައި ނުހިމެނޭނަމަ އަވަހަށް ކައުންޓަރ ޓެރެރިޒަމް އޮފީސް ބަންދުކޮށްދެއްވުމަށް އަދުގެ ސަރުކާރަށް ގޮވައިލަން.
ކެކެކެ
07 December 2023
ކެކެކެ ޅަކުދިންތަ އެއްޗެއްގަ ކުރެހިއޭ ކިޔާފަ ތަޅައިގަންނަން
ތޮރީގް
07 December 2023
ގޭންގު އެންމެން ގެނެސް ޖަލަށް އަޅާލާ... ހުރިހާ ސަރުކާރުތަކަށް ހުރި އުންދަގުލެއް... ރަގަޅަށް ދަރިން ބަލާނަމަ ދަރިން ގޭންގު މެމްބަރުންނަށް ނުވީސް....
ސަމަދުބެ
07 December 2023
މިހާރު މި ފެންނަ މަންޒަރުތައް ވެސް ވަރަށް ހުތުރު. ސީން އަށް ދާ ބައެއް ފުލުހުން ގޭންގު ކުދިން ނަށް ހީ ސަމާސާކޮށް ވާހަކަ ދަށްކާތައް އެބަ ފެބޭ .އެއްވެސް ފުރޮފެސަލު ކަމެއް ނުފެނޭ.
މޯޑް
07 December 2023
ވެރިކަން ފެށުނީންސުރެ މާރާމާރީ އެހެންތާ ވާނި އެކުދިން ގެނައި ސަރުކާރު ވިއްޔާ ދޯ
ވެރިކަން
08 December 2023
ވޯޓްގެ ބޭނުމުގައި ޖަލުގައިތިބި ހުރިހައި ކުއްވެރިން މިނިވަންކުރުމުން އޭގެ ނަތީޖާ މިހިރަފެންނަމުން މިދަނީ.
އޮނަރަބްލް އަފީފު ދީދީ
06 December 2023
މީގެ 60 އަހަރު ކުރިން ރާއްޖޭގެ އެންމެތައުލީމީ، މަސައްކަތްތެރި، މުރާލިކަމާއިއެކުގައި ދިރިއުޅުން ޙާސިލްކުރަމުންދިޔަ އުއްމީދީޖީލު ދިރިއުޅުނު އިޤްތިސޯދީ ހަބެއްގެގޮތުގައި އޮތް އައްޑޫސިޓީ ރައްޔިތުން ވިއްސިވިހާލިވެ، ދެމަފިރިންނާއި މައިންނާއިދަރިން ދެތަންވެ، ފަހުގެ ޖީލު ދެކަކުލުން ވާގިނެތި ޑްރަޤް ހާއްޔަކަށް އައްޑޫ ބަދަލު ކަތިވަޅި ހިފައިގެން ނިކުމެ މީހުންގެ ބޯކަޑާ ހިސާބަށް ދިޔައީ އައްޑޫ މީހުންގެ އިހުމާލަކުންނޫންކަން ކަންހިގާފައިވާގޮތް ބެލީމަ އިގޭނެ.
އިހްސާސް
07 December 2023
ދެން ކޮންމެހެން އެހެން ދިވެހިރައްޔިތުންގެ ބޮލުގަ ތިތުހުމަތު އަޅުވާނެކަމެއްނެތް. އައްޑޫ މީހުން ފައިސާވެރިވީވީހެން ދުނިޔެރަންވެ ހޭބުއްދިނެތި އާހިރަތް ހަނދާންނެތުނީމަ ވެގެން އުޅޭގޮތްތީ. އަނެއްކާ އެހާ ފޮނިބޮޑު. ގިނަމީހުނަށް އާދައިގެ ސާދާ ދިރިއުޅުން ހަޖަމުނުވެ.
ކުޑަކަތީބު
06 December 2023
އަޅުގަނޑުމެންގެ ހޭލުންތެރިކަން ހުންނަވަރުން ހަތިޔާރޭ ބުނީމަ ހިތުތެރައަށް ވަންނަނީ ބޮޑު ބިރުވެރި ކަމެއް ވީމާ ދަނޑިބުރި ތަކެއްނަމަ އެގޮތަށް ވިދާޅުވުން ކީއްތޯ!
ގުއިޓައްޕަންއައްޔައްޕާ
06 December 2023
އައްޑޫ ލިޔެކިޔުމުން ސިޓީއަކަށްހަދާ ދޫކޮށްލިއިރު ކުރިއަށްދެވޭނެ ވަސީލަތެއްނެތް. ސުކޫލްނިމި އެކިސަބަބު ތަކާއިިހެދި މަތީތައުލީމަށް މަޑުޖެހިފައިތިބި ޒުވާނުންނަށް ވަޒީފާއެއްނެތް. މަގުދައްކާނެ އާރުކާޓީއެއްނެތް. ކަމެއްނެތި ވަގުތުގިނަވެ ކޮފީބޮމުން އަހިވަކާ ޖެހި އަހިވައް ފާވަމުން ކަންމަތިން ޕާޓޭވެ އަހަރަކުން ލޭޔަރެއްއިތުރުވެ ވާނުވާގަ.މުސާރަނަގާ ރަށުގެވެރިންގަޔަކު ހައްލުހޯދުމުގެ ގާބިލުކަމެއްނެތް. އެވެރިންވެސް ވަގުތުގިނަވެ ކޮފީވެފަ. ކިހިނެތް ރަގަޅުކުރާނީ.
އޮނަރަބްލް އަފީފު ދީދީ
06 December 2023
ފުލުހުން ބުނީ "އައްޑޫ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސްގެ ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން" އައްޑޫގައި ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށް. # މިއީ މުޅިންވެސް އައްޑޫ އެއަރޕޯޓްގެ ބޮޑު ސަރަޙައްދެއްގައި ފެންސްޖަހައި ކުޑަވަރެއްގެ އިމާރާތެއްގައި ތިބޭ 20 ފުލުހުން ބަލަހައްޓަމުން ގެންދާ ތަންތަންތޯ؟ އެމަރިކީގެ ފުލުހުންގެ އިދާރާގައި ހުންނަ ކޮންމެ ނަމަކަށް ނަމެއްދީފައި ޑިޕާޓްމަންޓް ހަދާފައި އެބަހުރި.
އައްލާ.
06 December 2023
އައްޑުގެ ނަންވެސް ބަދަލުކުރަންވީ: އައްޑޫ ގެންގްސްޓާރ ޕެރެޑައިސް.