ރައީސް ޑރ. މުހައްމަދު މުއިއްޒު، ފިނޭންސްގެ އެޑްވައިޒަކަށް އައްޔަންކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރަށް މަގާމު ފަތްކޮޅު އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
12 ޑިސެމްބަރ 2023 - 12:15
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
މުނައްވަރާއި ނަސީރު އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރައީސް އޮފީހުން ބުނީ އެ ދެ ބޭފުޅުން އެޑްވައިޒަރުންގެ މަގާމަށް އައްޔަންކުރެއްވީ މިނިސްޓަރުންގެ ފެންވަރުގައި ކަމަށެވެ. އަދި ދެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިނިސްޓަރުންނަށް ބޭނުންވާ މާލީ އިރުޝާދުދިނުން ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފިނޭންސްގެ އެޑްވައިޒަކަށް އައްޔަންކުރެއްވި ކުރީގެ ގަވަރުނަރު އަހްމަދު ނަސީރަށް މަގާމު ފަތްކޮޅު އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަމަށް މުނައްވަރު އައްޔަންކުރެއްވީ 2016 ވަނަ އަހަރުގަ އެވެ. އޭނާ މިނިސްޓަރަކަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ޖިހާދު އޭރު ނައިބު ރައީސަކަށް އައްޔަންކުރެއްވުމުންނެވެ.
އިގުތިސާދީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ނަސީރަށް ގަވަރުނަރުކަން ލިބިވަޑައިގަތީ އޮގަސްޓް 24، 2017 ގަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ޖުލައި 24، 2019 ގަ އެވެ. އޭނާ ވަނީ އޭގެ ކުރިން ވެސް އެމްއެމްއޭގައި މަސައްކަތްކުރައްވައިފަ އެވެ. އަދި ކުރީގެ އެމްޑީޕީ ސަރުކާރުގެ ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ހުންނެވި އެވެ.
ރިޔާސީ ކެމްޕެއިނަށް ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯ ހެދުމުގައި ވެސް މި ދެ ބޭފުޅުން އިސްދައުރެއް އަދާކުރެއްވި އެވެ. އަދި ރައީސްގެ އިންތިގާލީ ކޮމިޓީގައި ވެސް މި ދެބޭފުޅުން ތިއްބެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެހި އަދުނާނު
13 December 2023
ވަރަށް ތަޖުރިބާ ހުރި ދެ ބޭފުޅުން އަހުމަދު މުނައްވަރާއި އަހުމަދު ނަސީރު އަކީ
ލައްޒަތު
13 December 2023
މަރުޙަބާ މަރުޙަބާ.
މޫސާ ޖައިލަމް
13 December 2023
މުނައްވަރަކީ ހަމަ އެއްވަނަ. އަދި ނަސީރަކީ އެމްއެމްއޭ ތާޜީހުގައިވެސް ހަވާލްވި އެއްމެ ގާބިލް ގަވާނަރ
ވިލްދާން އަލީ
13 December 2023
ބޭނުންވަނީ ރާއްޖޭގެ އިގްތިސާދް ކޮޅަށް ޖަހަން. އެކަން ކުރަން ރައީސް މުއިޒްގެ ސަރުކާރުން ކުރާ މަސައްކަތް ވަރަށް އެބަފެނޭ.
އަސްނާ އަލީ
13 December 2023
ވަރަށް ގާބިލް ދެބޭފުޅުން.
ތަމެންދޯ
12 December 2023
މާލީ ވަޒީރަށް އެޑްވައިޒް ދޭން އެޑްވައިޒަރުން ލޫން އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނޭ އެޑްވައިޒަރުންނާއި ނުލާ އަމިއްލަ ފެންވަރު ހުރެގެން މޭފުއްޕާފައި ނިކުމެ ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރާނީ ރައްޔިތުން ފެލާނުލާ މިހާރު ތިމާވެށި މިނިސްޓަރު ބުނަނީ ކޮތަޅު ޓެކްސް ބޮޑުކުރަންވީއޭ އެއިރުންތާ އެމެންނަށް އެފައިސާ އިން ރާއްޖޭން ބޭރަށް ދަތުރުކުރެވޭނީ ޕްލާސްޓިކަކީ އެއީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެއް ކަން ސައެންޓިފިކަލީ ޕްރޫވް ވެފައިނެތޭ
އ
12 December 2023
ތިނެއްތަ ހަތަރެއްތަ ކިތައް މިނިސްޓަރުންތަ މިނިސްޓްރީއަކައް... ވަރައް ތަފާތު.... ސަޅި....
ކާމީ
12 December 2023
ތައުލީމާ ހިންގުން ތެރިކަމުގެ ތަޖުރިބާ ނެތް މީހުން މިނސިްޓަރުން ފެންވަރު މަޤާމްތަކަށްލާ އެއިން ކޮންމެ މީހަކު ކުރަންޖެހޭ މަސައްކަތަށް މިޖެހީ ނައިބު/ އެޑްވައިޒަރުންނޭ ކިޔާ ތިން ހަތަރު އިލްމީ ޤާބިލް މީހުންލާން. ދުވަސް ކޮޅަކުން ޓްއަރިޒަމް މިނިސްޓަރުގެ ދަށަށް ވެސް މި ކަހަލަ މީހުން ލާނެ ކަންނޭނގެ. މިހާރު ވެސް އަޑު އިވޭ ކޮންމެވެސް ތާކަށްލާފަ ހުރިމީހަކު ފެންވަރު ނެތިގެން އެހެން ދިމާލަކަށް ލާން އުޅާ ވާހަކަ
ޢަހު
12 December 2023
ތަޢުލީމީ ގާބިލު މީހުންގެ ބައެއްފަހަރު ތަޖުރިބާ ނުހުރެދާނެ އެހެންވީމަ ކިތަންމެ މޮޅަށް ކިޔަވައިގެން ހިއްޓަސް ކަމެއް ނޭނގިދާނެ އެކަމު އެމްޑީޕީގެ ސޯލިހު ވެރިކަމަށްވުރެ ތަޢުލީމު ހުރި މީހުން މުޢިއްޒު އައްޔަން ކުރަނީ މިސާލެއް ބުނަން ޑިރެކްޓަރުންގެ މަގާމަށް ނުކިޔަވާ ތަނެއް ދޮރެއް ނޭނގޭ ކިތައްމީހުން ސޯލިހު ލާފަ ތިބި މަޝްހޫރު ޗިކާ ހަމަ ގައިމުވެސް އެއްވެސް ފެންވަރެއް ނުހުންނާނެ އެއްވެސްތަނަކުން މަދުރަސާއަކުންވެސް ދުވަހަކު ނުކިޔަވާ މީ ވ ވާހަކަ
ހިނީ
12 December 2023
ގައުމިއްޔަތު އިއާދަކުރުމަށް 3 އިދާރާއެއް ގާއިމުކުރުމަށް ރައީސް ނިންމަވައިފި ހާދަމުއްސަދި ގައުމެކޭ ދޯ އެކަމު ރައްޔިތުން އުޅެނި ވވވ ބިކަކޮއް މައިން ބަފައިންނާ ދަރިން ދިރި އުޅެނީ 12 ފޫޓް 12 ކޮޓަރިޔެއްގާ 5 ދަރިންނާ އެކު މުޅި އުމުރު ދުވަހު 2މަފިރިން ވަޒީފާޔައްގޮސްގެންލިބޭ ހުރިހާ ފައިސާޔެއް ކުއްޔައް
ބަހަނީ
12 December 2023
އަދި ގައުމު ބެހުން ފިޔަވާ ކަމެއް އާންމު ރައްޔިތަކަށްވީތަން ނުފެނޭ