ބޭނުންވާތަކެތި

600 ގުރާމު ފަރުމަސް (ރިހައަށް ކޮށައިފައި)

2 މޭޒުމަތީސަމުސާ ހަނާކުރި ހަވާދު (އެމް. ޔޫ މިލް)

1 ޖޯޑު ކާށިކިރު

½ ސައިސަމުސާ ދިރި (މުގުރައިފައި)

½ ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރައިފައި)

½ ސައިސަމުސާ އަސޭމިރުސް (މުގުރައިފައި)

½ ސައިސަމުސާ ލޮނުމެދު (ގާނައިފައި)

½ ސައިސަމުސާ އިނގުރު (ގާނައިފައި)

1 ފިޔާ (ބޮޑު، މެދުން ފަޅައިފައި އަރިމަތިން ތުނިކޮށް ކޮށައިފައި)

1 މޭޒުމަތީސަމުސާ ގިތެޔޮ

ރޯމިރުސް، ލޮނު، ހިކަނދިފަތް، ރާނބާފަތް

ހަދާނެ ގޮތް

ކޮށައިފައި ހުރި މަސްކޮޅުގައި ކުޑަ ލޮނުކޮޅެއް ހާކައިލައިފައި ބެހެއްޓުން. ގިތެޔޮ އަޅައިގެން ފިޔާމީރުކުރުން. ފިޔާކޮޅު މޯޅިވީމައި، އޭގެ ތެރެއަށް ލޮނުމެދާއި އިނގުރު އެއްކުރުން. ފިޔާކޮޅަށް ރަތްކުލަ އެރީމައި، ކިރުޖޯޑުގެ ދެބައިކުޅަ އެއްބައި އަޅައިފައި، ހަވާދު އެޅުމަށް ފަހު މަސްކޮޅު އަޅާލުން. ދިރި، އަސޭމިރުސް، ފޮނިތޮށިކާފޫރުތޮޅި އަޅައިގެން، މަތި ޖަހައިގެން، މަޑު ގިނީގައި ކެއްކުން. މަސްކޮޅު ރޯފިލީމައި، ރޯމިރުސް، ބާކީ ހުރި ކިރުފޮދު އެޅުމަށް ފަހު، ކައްކާލުން. ރަނގަޅަށް ކެކިގަތީމައި ހިކަނދިފަތް، ރާނބާފަތް އަޅައިފައި ލޮނު ހެޔޮވަރު ކުރުން.

އެޑިޓަރުގެ ނޯޓް

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278/?fref=nf ގައި ހިމަނައިފަ އެވެ.