މައުމޫން: މަޖުބޫރުން މީހުން ޕާޓީއަށް ވައްދަނީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫން ކަމަށް ވިދާޅުވި.-- ފޮޓޯ/މިހާރު
12 ފެބުރުއަރީ 2017 - 23:02
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މީހުން ވައްދަމުންދާ ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ޕީޕީއެމަށް ސޮއި ކުރުވަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ފަދަ ކަންތައްތަކެއް ހިނގާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެކަމަކު އެއީ އެމަނިކުފާނަށް އެނގިވަޑައިގެން ހިނގަމުންދާ ކަމެއް ނޫން ކަމަށެވެ.
ޕާޓީތަކަށް ސޮއި ކުރުމަކީ އެ މީހެއްގެ އަމިއްލަ އިހްތިޔާރުގައި އޮންނަންޖެހޭ ކަމެއް ނަމަވެސް އެކި ގޮތްގޮތުން ނުފޫޒު ފޯރުވައިގެން ޕީޕީއެމަށް މެމްބަރުން ވައްދަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެއީ އެ ޕާޓީގެ ނަމުގައި އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މައުމޫން ނެރުއްވި ބަޔާނުގައިވެ އެވެ. އަދި މިހާރު މެމްބަރުންގެ ގޮތުގައި ތިބި ބައެއް މީހުން ދެ ވަނަ ފަހަރަށް އެ ޕާޓީ އަށް ސޮއި ކުރުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ޕީޕީއެމްގެ ނަމުގައި މިކަން ކުރަމުންދާ ބަޔަކު އެކަން އެގޮތަށް ނުކުރުމަށް ގޮވާލަމެވެ،" އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ޕީޕީއެމްގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތުން ސްކޫލްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ޕާޓީގެ ހަރަކާތްތަކުގައި އުޅެން މަޖުބޫރު ކުރުވާ ކަމަށާއި އެއީ އެ ޕާޓީގެ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށް އެ ބަޔާނުގައި މައުމޫން ވިދާޅުވެފައިވެ އެވެ. އެ ކަންކަމުގައި ވަޒީރުންނާއި ކުންފުނިތަކުގެ ބޯޑު މެމްބަރުންގެ އިހުމާލު އެބައޮތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މިކަންކަން އެ ފަރާތްތަކުން އެ ކުރަނީ ޕާޓީގެ އަގު ވައްޓާލުމަށާއި ޕާޓީގައި ހެދިފައިވާ ގަވާއިދާއި އުސޫލުތަކާ ޚިލާފަށް ކަމުގައި ދެކެމެވެ،" އެ ބަޔާނުގައި މައުމޫން ވިދާޅުވެފައިވެ އެވެ.
މައުމޫން އެގޮތަށް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ޕީޕީއެމަށް ސޮއި ކުރަން މަޖުބޫރު ކުރުވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންގެ މަސައްކަތްފުޅުން އިއްޔެ އެކަނި ވެސް 11،000 މެމްބަރުން ޕީޕީއެމަށް އިތުރުވެފައިވާ ކަމަށް އިއުލާން ކޮށްފައި ވަނިކޮށެވެ.
ރައީސް ޔާމީނާ އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި މައުމޫން ވަނީ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏއަލްގެދަރ އާންތުޝަރީފު
14 February 2017
މަނިކުފާނު ކަންބޮޑު ވާތީވެ ދައްނަވަން އެއީ ކަމޑުގަ އަޅާލާ ރޮގަކާ އެއްފަދަ ބޭކާރު ކަމެކޭ ޕާޓީތަކަށް ސޮއެ ކުރުވާނީ އަބަދުވެސް އެންޑީ އެއީކީ ވަޒީރު ބޭފުޅުން ކުޑަކަކޫ ޖައްސުވަން ޖެހޭ ކަމެއް ނުން
ސަރުކާނު
13 February 2017
ބޭފުޅާ ޕްލީޒް މަޑުން ހުނަނަވާ ބައްލަވާ. ލޯބިވާ މީހުން ރުޅިއަތުވެދާނެ
އައްސޭރި
13 February 2017
އެޑިއުކޭޝަނުން މަޖުބޫރު ކުރަންޏާ ސްކޫލުތަކުން ކުރާނެ ކަމެއްނެތް. އުޅެން ޖެހޭނީ. ދެމޫނުގެ ވެރިން ބުނާ ކަންކަން ކޮށްގެން ނޫނީ ކިހިނެތް މިއަދު އަތާ އަގަޔާ ދިމާކުރާނީ
މުޙައްމަދު
13 February 2017
އުސޫލުން ބޭރުން މައުމޫނުގެ ދައުރުގަވެސް ވަނީ ޑީ.އާރ.ޕީ އަށް ސަރުކާރުގެ މުވައްޒަފުން ލައްވާ މަޖުބޫރުން ސޮއިކުރުވާފަ. ކޮންމެމީހަކުވެސް ކަންތައް ކުރަނީ އެމީހަކަށް ބާރު ލިބުނީމަ އެމީހަކަށް ފައިދާހުރި ގޮތަށް އެންމެންވެސް އަމިއްލަ އެދުމުން ފޯވެފަ. ރަނގަޅު އެކަކުވެސް ނެތް. ވަރަށް ސަލާމް
ތުއްތުބޭބެ
13 February 2017
މަކަރުވެރިކަމުން ދުރަށްރާވައިގެންކުރާ ކަމެއް.ވޯޓް ޙައްގުވާމީހުންގެ %50އަވުރެ އަދަދު މަތިކުރުމަށް ކުރާމަސައްކަތެއް އެނގޭ ޕާޓީގެ ރެޖިސްޓްރީގައި އޮތަސް ވޯޓްނުދޭނެކަން. އެހެންވެ %25ވެސް ނުލިބޭނެތީ ދެފަރާތް ގުޅިގެން ދުރަށް ރާވާރޭވުމެއް. ވޯޓް ނޭޅިޔަސް އިލެކްޓްރޯނިކް ވޯޓަށްބަދަލުކޮށް %70 ޕަސެންޓަށް ހެދިޔަސް ޕާޓީގެރެޖިސްޓރީގައި ތިބިމީހުން %60ޕަސެންޓަށްވާނަމަ އިތުރުން ދިންމީހުނާއެކު އެޢަދަދާމެދު ސާބިތުކަމަށް ޙުކުމް ކުރެވޭނެ . މިނޫންގޮތެެެއް ދެންނެތްކަމަށްވާނީ.
ދޮންސީދީގެ ކުޑައަބުދުﷲ
13 February 2017
މަނިކު ފާނު ފުރަތަމަ އުފަން ކުރުވި ޑީ.އާރު.ޕީ އައް މީހުން ވެއްދީ ކިހިނެއްތޯ؟ ދެންމިހާރަކު ދިމާކުރާތީގެ ކާފަ ހެދިގެން އުޅުއްވާނެ ކަމެއްނެތް
މުޙައްމަދު
13 February 2017
100ގެ ވާހަކައެއް
ހަބޭސް
13 February 2017
ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި ސަރުކާރު ހިންގާ ޕާޓީގެ ރައީސް ޕާޓީގެ އަގުވެއްޓޭގޮތަށް އެދައްކަވާ ވާހަކަތަކާމެދު މެދު ޕީޕީއެމްގެ މަޖުލިސް މެމްބަރުން އަދި މުޝްތަސާރު ކަންބޮޑުނުވެ ޕާޓިގެ ރައީސާމެދު ފިޔަވަޅުނާޅަނީ އަނެއްކާ ރައީސް އެދައްކަވަނީ ތެދުވާހަކައަކީބާ ؟
ދަރުހޮވާ
13 February 2017
މަޖުބޫރުކޮށްގެން ޕީޕީއެމަށް މީހުން އެބަ ވައްދާ، އެއީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ރައީސް މައުމޫނު ވިދާޅު ވާނަމަ އެކަން ސާބިތު ކުރުމަށް ޓަކައި ކޯޓަށް ދިޔައިމާ ނިމުނީ އެވެ. ޕީޕީއެމް އިން މިހާރު ކޯސް ދީފައި އެވަނީ އެޕްފިފްޓީން ގައި %100 ކައުންސިލަރުން ނަކީ އެއީ ޕީީޕީއެމް ގެ މީހުން ކަމުގައި ހެދުން އެއީ ސްޓޭޖް ވަން. މިކަން މަމެން ކުރާއިރު ކުރިމައްޗަށް ރައީސް މައުމޫނު އެރިއަސް އެއްފަރާތް ކުރާނަމެވެ. އަދި މަމެން ނަށް ހުރަސް އަޅަން ރަންރީނދުލޭ މެން ހިތު ނިޔަތް ވެސް ގަނެގެން ނުވާނެއެވެ. ތަމެން ދާން އުޅޭ ވަލަށް ދަރުހޮވަން މަމެންނާއި ރާއްޖޭގެ ސިޔާސީ މައިދާން ހަވާލު ކޮށްފައި. ދަރުހޮވާ.
ރެޓޭ
13 February 2017
މައުމޫނު ތިޔަ ވާހަކަ ދެއްކެވީމަ އަންނަނީ ހަމަ ހިނި... ޑީ.އާރް.ޕީ އުފެއްދެވިއިރު ސަރުކާރުގެ މުވައްޒަފުންނަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަނިކުފާނު ކިހާނުފޫޒެއް ހިންގެވިކަން މިހާރު ހަނދުމަފުޅު އެބަހުރިތޯ؟ މަނިކްފާނު ވިދާޅުވިޔަސް އަދި ވިދާޅުނުވިޔަސް އެއްވެސް މީކަކަށް އެއްވެސް ކަމަކަށް އެއްވެސް ތަނަކަށް ވަނުމަށް، ޔަޢުނީ ސިޔާސީ ޕާޓީއަށް ވަނުމަށް މަޖުބޫރު ކޮށްގެންނުވާނެ!
ސެކްރިފައިޒް
13 February 2017
ސަރުކާރުގެ ކުންފުނި ތަކުގެ މުވައްޒަފުން ވެސް ޖެހޭނީ އުސޫލެއްގެ ގޮތުން ޕީޕީއެމް އަށް ސޮއި ކުރަން އަދި ހުރިހާ ސިވިލް ސާރވެންޓުން ނާއި އަދި ހުރިހާ މިނިވަން މުވައްސަސާ ތަކުގެ މުވައްޒަފުން ވެސް ޖެހޭނީ ޕީޕީއެމް އަށް ސޮއި ކުރަން. ސަބަބަކީ މިރާއްޖޭގެ ވެރިކަމާއި ޕީޕީއެމް އިން ހަވާލުވި އިރު ހެޔޮވެރިކަމެއް ކޮށްދޭން ކަމަށް ބުނެ އައި ބަޔަކު ވަނީ އިންޑިއާ އަށް މިގައުމު ވިއްކާލާ އަދި ކޮރަޕްޝަންގެ މަގުން ޕިޕިޕީ އޭ ކިޔާ ބޮޑެތި އޮޅުވާލުން ގަނޑުގެ ތެރޭން މާލޭގެ ޕްރައިމް ބިން ތައް ވެސް އިންޑިއާ އަށް ވިއްކާލާ ފައިސާ ކާލާފައެވެ. މިކަން ކަން ރަނގަޅު ކުރެވޭނީ އެންމެން އެކައްޗެއް ކިޔައިގެން މިގައުމު އިންޑިއާ އަތް ދަށުން މިނިވަން ކުރަން އަޒުމް ކަނޑައަޅައިގެން ނެވެ. މިކަން ކުރުމަށް ޓަކައި ޕީޕީއެމް އަށް މަޖްބޫރުން ސޮއި ކުރުވަން ޖެހުނަސް އެކަން ކުރަން ޖެހޭނެއެވެ. ސަބަބަކީ އެއީ ގައުމުގެ މިނިވަން ކަން ދެމެހެއްޓުމަށެވެ. މޭކް އަލިޓިލް ސެކްރިފައިޒް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ.
ޖަޑާ
13 February 2017
އިންޑިޔާ އަތްދަށުން ސަލާމަތްވަންތަ އައިޖީއެމްއެޗް ގެ ހުރިހާ ޑިޕާޓްމަންޓްސް އިންޑިޔާގެ ހޮސްޕިޓަލްތަކަށް ކުއަޔަށްދެމުންތިދަނީ.