ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލްތަކުގައި ގައުމީ ސަލާމް ކިޔަން ފަށައިފި

ދެ ވަނަ ޓާމުގެ ކިޔެވުން ފެށުމަށް މަޖީދީއްޔާ ސްކޫލުގައި މިއަދު އެސެމްބްލީ ބާއްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދުން ފެށިގެން އެސެމްބްލީގައި ގައުމީ ސަލާމް ކިޔަން ފަށަން ފަށައިފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ޗުއްޓީ އަށް ފަހު، ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އެސެމްބްލީގައި ގައުމީ ސަލާމާ އެކު އެވެ. ކޮންމެ ދުވަހަކު ވެސް ދެން ގައުމީ ސަލާމް ކިޔާނެ އެވެ.

މިއީ، ގައުމިއްޔަތު ދިރުވުމުގެ ގޮތުން ރައީސް ޑރ. މުހަންމަދު މުއިއްޒު ނިންމެވި ނިންމެވުމެކެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ ގޮތަށް ނިންމެވީ ގައުމު ދެކެ ލޯބިވާ ކުދި ބަޔަކަށް ދަރިވަރުން ހެދުމަށާއި ގައުމީ ސަލާމާއި ގައުމީ ދިދަ ދެކެ ލޯބިވާ ބަޔަކަށް ތުއްތު ކުދިން ހެދުމަށެވެ.

ދެ ވަނަ ޓާމުގެ ކިޔެވުން ފެށުށް މަޖީދިއްޔާ ސްކޫލުގައި މިއަދު ބޭއްވި އެސެމްބްލީގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަދި އެ މިނިސްޓްރީއާ ސްކޫލުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ސްކޫލްތަކުގައި މި އަހަރު 84،200 ދަރިވަރުން ކިޔަވަމުން ގެންދެ އެވެ.

މި އަހަރަކީ، އަހަރުގެ މެދު ތެރެއިން ދިރާސީ އާ އަހަރު ފަށާނެ އެންމެ ފަހު އަހަރެވެ. ސަރުކާރުން ވަނީ އަންނަ އަހަރުގެ ކިޔެވުން އަނެއްކާ ވެސް ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކުރަން ނިންމައިފަ އެވެ. ނަމަވެސް އެ ބަދަލު ގެނެސް ކިޔަވައިދޭން ފަށާނެ ގޮތެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.

31 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 5%
icon angry icon angry 55%
icon wow icon wow 5%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުސްފާ

09 January 2024

ގުރުއާނުން ފައްޓަންވާނީ. ގައުމީ ސަލާމް ވެސް ކިޔަންވާނެ.

The name is already taken The name is available. Register?

އަމީން ބާއީ

09 January 2024

ގައުމުދެކެ ލޯބިވާ، ފަޙުރުވެރިވާ ޖީލެއް ބިނާކުރެވޭނީ ގައުމަކީ ފަޙުރުވެރި ވެވޭފަދަ ތަނަކައް ހެދިގެން. ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ކްރައިމް ރޭޓް ދަށްކޮށް، ކުއްޔާއި ކާބޯތަކެތީގެ އަގު ހެއޮކޮށް، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުދިގެން އުފަލާއިއެކު އުޅެވޭނެ ތަނަކަށް ހެދިގެން.

The name is already taken The name is available. Register?

ާކިމް

09 January 2024

ކުރިން ނުކިޔާތަ؟

The name is already taken The name is available. Register?

ބިހާރްް

08 January 2024

ގައުމް މިއޮތީ ރަނގަޅު ފައްތަރެއްގައި. ގައުމުގެ ކުރިމަގު ބިނާ ކުރުމުގައި ކުޑަކުދިން ވާނީ ގައުމު ދެކެ ލޯބިވާ ބަޔަކަށް. ސަރުކާރުން މިގެންގުޅޭ ސިޔާސަތު ވަރަށް ފުރިހަމަ.

The name is already taken The name is available. Register?

ފަޔާޒް.

07 January 2024

ގައުމީ ސަލާމް ކީމަ ގައުމުދެކެ ލޯބި އުފެދޭނެޔޯ! މީހަކުބުނީ. ލޯބިވި ކުއްޖެއްކާރީގަވެސް ވަރަށް ލަވަކިން. ޢެކަމެއްނުވި.

The name is already taken The name is available. Register?

ޢަނީމާ

07 January 2024

މަޑުމަޑުން މިތަން އަފްގާނިސްތާނަށް މިއޮއް ބަދަލުކުރަނީ.

The name is already taken The name is available. Register?

ބަތްޕޮޅި

07 January 2024

ގައުމީ ސަލާމްގެ އިނގިރޭސި ތަރުޖަމާ ކުދިންނަށް ކިޔައިދޭންޖެއެވެ. އެހެން ނޫނީ އެކިޔާއެއްޗެއް އެ ކުދިންނަކަށް ފަހުމެއް ނުވެއެވެ. ހަމައެކަނި ލަވަ ކިޔާލުމަކުން ނުފުދެއެވެ. އަލީ ރަމީޒުމެން ރުޅިއަރުވަން ކޮންމެހެން ލަވަ ކިޔުއްވާނެ ކަމެއްނެތެވެ. މުހިއްމީ އެ ލަވައިގަ ބުނާއެއްޗެއް ރަގަޅަށް ދޭހަވުމެވެ. އެއަށް ވިސްނުމެވެ ފިކުރު ކުރުމެވެ.

The name is already taken The name is available. Register?

އަލިކޮއްކޮ.

07 January 2024

ލަވަތައް ރާގުރާގަށް ކިޔާއިރު އެލަވަތަކާއި ހިލާފަށް މާލެ ރަށްކޮޅުން އަމަލު ކުރުމަކީ ކަމުދާ ކަމެއްނޫން. އެކަންވެސް ރަނގަޅުކޮށްލަންވީނު.

The name is already taken The name is available. Register?

ބަޒްބީ

07 January 2024

ލަވަ ކިޔުމަކީ ހަރާންކަމެއްކަމަށް އަހަރުމެންގެ ޝައިޚް ލަވަ އަލީ ފަތުވާ ދެއްވާފަވަނިކޮށް ލަވަ އަލީ ހޮވައިދިން ސަރުކާރުން މިކަން ކުރަންފެށުމަކީ ލިބުނު ނުހަނު ބޮޑު ހިތާމައެކެވެ.

The name is already taken The name is available. Register?

ފަލަޓީވީ

07 January 2024

ލަވަ ކިޔާގެން މުއްސަނދިވެފަ އެދޮރު އެހެންމީހުންނަށް ބަންދުކުރުން ބޭނުމަކީ!

The name is already taken The name is available. Register?

ހުސެން އަލީ

07 January 2024

ވަރަށް ރަނގަޅު ފެށުމެއް. ގައުމިއްޔަތު ކުރިޔަށް.

The name is already taken The name is available. Register?

ކަލޭފާނު

07 January 2024

ހިޓްލަރުގެ ޖަރުމަނަކީވެސް ގައުމިއްޔަތު ބޮޑުވިތަނެއް. ދުނިޔޭގެ ތާރީހުންފެންނަނީ ގައުމިޔަތުބޮޑުވީމަ ގޯސްވިތަން

The name is already taken The name is available. Register?

85858

07 January 2024

ވަރަށް ރަނގަޅު ކަމެއް. ގައުމެއް ގައުމެއްގެ ގޮތުގައި އޮންނާނީ އެގައުމެއްގެ ދަރިން ގައުމުގެ ބަހާތަކަށް ލޯބި ކުރާ މިންވަރެއްގެ މައްޗަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454