13 ޖެނުއަރީ 2024 - 18:03
ރާއްޖެ އިން ޗައިނާ އަށް ކުރިއަށް އޮތް ފަސް އަހަރު ދައްކަންޖެހޭ ލޯނުގެ އަދަދު ދެއްކުމުގައި ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ދެއްވި ސްޓޭޓްމަންޓުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖެ އިން ޗައިނާ އަށް ދައްކަންޖެހޭ ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވަން ޝީ ނިންމެވީ ދެ ގައުމުގެ ރަސްމީ ވާހަކަތަކުގެ ތެރޭގައި ކަމަށެވެ.
އެހެންވެ، އެ ކަން ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ޗައިނާގެ މާލީ ދާއިރާގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ފޮނުވަން ރައީސް ޝީ ނިންމެވި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުއިތަކެއް ހަމަޖެހިގެން އެބަދޭ ލޯނުތައް ދެއްކުމުގައި ވެސް،" މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޗައިނާ އަށް ކުރެއްވި ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވެސް ޗައިނާ ސަރުކާރުން ރާއްޖެ އަށް ހަމަޖައްސައި ދިން ކަމަށެވެ. އެ ފައިސާ ހޭދަކުރާނީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިން ކަނޑައަޅާ ތަރައްގީގެ މަޝްރޫއުތަކަށެވެ.
"އޭގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ މާލޭގެ މަގުތައް ހެދުމަށް. އޭގެ އިތުރަށް ވެސް ގިނަ ކަންތައްތަކެއް އޭގެ ތެރެއިން ކަވަރު ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ރަސްމާލޭގައި 30،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫއާ ގުޅޭ އެެމްއޯޔޫއެއް ގައި ވެސް ޗައިނާއާ އެކު ރާއްޖެ އިން ސޮއިކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާތިބް
14 January 2024
ލޯނުތަށް ރީޓްރަކްޗަރކުރުމާ، ރީނެގޯސިއޭޓްކުރުމަކީ ހަމަ ރަގަނޅުކަންކަން، ކުރިއަރަމުންއަންނަ އިކޮނޮމީއެއްވިއްޔާ 5އަހަރުފަހުން ޤައުމުގެ ހާލަތު ކުރިއަށްވުރެ ރަގަނޅުވާންވާނެ، ލޯނުދެއްކުމުގެ ޤާބިލުކަންހުންނަންވާނީ 5އަހަރުފަހުން މަތިވެފަ، އަދި ސަރުކާރު ކުންފުނިތަކުން ނަގާފަހުރި ލޯނުތަކުގެ އިންޓަރެސްޓްކުޑަ ކުރުމާ އިންޑިއާއިންނަގާފަ ހުރިލޯނުތަށް އެއަށްވުރެ އިންޓަރެސްޓް ކުޑަލޯނުތަކެއް ހޯދާ ޕޭއޮފް ކޮއްފިނަމަ ޤައުމު ފައިނެންސަލީ މިވަގުތަށްވަރަށް ސްޓޭބަލްވާނެ.
ވިލޫ
14 January 2024
ރައީސް މުއިއްޒުއާ އެކީ ރާއްޖޭގެ އިޤްތިސާދު ދާނީ މުއިއްޒު ދުވެލީގަ. ތަރައްޤީގެ އެހެން ހަރުފަތަކަށް ރާއްޖެ ޖައްސާނެކަން ޔަގީން
ހައިދަރް
14 January 2024
ޗައިނާއިން ރާއްޖެއަށް އެ ދެއްވާ އެއްބާރުލުން ފުރިހަމަޔަށް ދިވެހިން ބަލައިގަންނަން ޖެހޭނެ.
އަޒުވަދު
14 January 2024
ކުރިއަށް އޮތް ފަސް އަހަރު ދައްކަންޖެހޭ ލޯނުގެ އަދަދު ދެއްކުމުގައި ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ޗައިނާގެ ރައީސް އެ ނިންމެވީ. ޗައިނާ އާ ރާއްޖެއާ އޮތް ގުޅުމުގެ ގާތްކަން މި ފެންނަނީ.
ފާތިހް އިބްރާހިމް
14 January 2024
ތަފާތު ދެއްތޯ. މި ވަރަށް މި ގައުމާ ދޭތެރޭ ވިސްނާ ބަޔަކާ ގާތް ގުޅުން ބާވަން ރަނގަޅު
މާލޭ މީހުންނޫން
14 January 2024
ރަސްމާލެ، މާލޭ މަގުތައް، މާލޭ އެއަރޕޯޓް، މާލޭ މޭޔަރު، މާލޭ މީހުންގެ ގޯތި، މާލޭ އިކޮނޮމިކް ޒޯން. މާލޭގެ މޭޔަރު ކަމުގައެއް ނޫން މިހާރު ތި ހުންނެވީކީ، ތިޔައީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ. ވ. ވެދުން
ބަޑިތަކުރު
14 January 2024
މިހާތަނަށް ނުދެއްކި ހުރި ލޯނުތައް ދެއްކުން ފަސްވަރަކަށް އަހަރަށް ލަސްކޮށްލުމުން ދޭހަވަނީ މިސަރުކާރުގެ ދައުރު ނިންމެންދެން މީގެކުރީގެ ސަރުކާރުތަކުން ނެގި ހުރިހާ ލޯނެއް މަޑުޖައްސާލާފައި އެހެން ބަޔަކު ދެން ވެރިކަމަށް އައިސްފިނަމަ އެބަޔަކަށް އެތައްގުނަ ބޮޑު ބުރައެއް ދަރަނިއަދާކުރަން ޖެހޭނެކަމެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިހާއަވަހަށް ދެވަނަ ދައުރެއް ކާމިޔާބު ނުވާނޭކަން ހަމަ ޔަގީންވީ ބާވައެވެ.
ނަހުދާ
14 January 2024
މިހާ ވަރަކަށް ޕްރޯ މޯލްޑިވްސް ވެވޭނީ
ޢަލީ ކުރުސީ
14 January 2024
އެމް.ޑީ.ޕީ ގެ އިސްސަފު ތިބޭނެ މިހާރު ތުންފިއްތައިގެން. އިންޑިޔާ ރުއްސަން އިބޫވެސް ހޭލައިފި!
ބްރޯ ދަ މޭން ހޫ "އޭޓް" މޯލްޑިވްސް
13 January 2024
އެއްކޮށް މާފުކޮއްލަ ދީބަލަ އަދީބު ވައްތަރު މީހުން ފުދޭވަރަކަށް ގިނަންއެބައުޅޭ.