ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން -- ފޮޓޯ: މަޖިލިސް
21 ޖެނުއަރީ 2024 - 13:28
ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ގިނަ ވަގުތު ނެގި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް، އިންކުއަރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިނގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނެވޭ ވަރުވީ ޖެހިގެން އައި ބުރާސްފަތި ދުވަހު އިރުއޮއްސެން އުޅެނިކޮށެވެ. ނަމަވެސް، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނިކޮށް އިއްޔެ ހެނދުނު 11:00 ހާއިރު ވަނީ ނިޔާވެފަ އެވެ.
އެ މައްސަލައިގައި ސަރުކާރުން އިހުމާލުވެފައިވާ ކަމުގެ ތުހުމަތު އަމާޒުވެފައިވާއިރު، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ، ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމުގައި އަމަލު ކުރާ އުސޫލަކީ ކޮބައިތޯ މުއައްސަސާތަކުގެ އިސްވެރިންނާ ސުވާލުކުރުމުގައި ބަލާނެ ކަމަށެވެ.
އެ ނިޒާމަކީ ކޮބައިކަން ދަނެގަނެ، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރޭގައި މި ސަރުކާރުން ބަލި މީހުން އުފުލަން ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުން ކުރުމަކީ އޮތް ކަމެއްތޯ ނުވަތަ ނޫންތޯ ސާފު ކުރާނެ ކަމަށާއި އެ ކަން ނެތް ނަމަ އޭގެ ބަދަލުގައި ހުށަހަޅާ ހިދުމަތަކީ ކޮބައިކަން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފަދަ މައްސަލަތަކުގައި އަމަލުކުރާ އެސްއޯޕީތައް ހުރިތޯ ބަލައި، ވިލިނގިލީ ކުއްޖާ އުފުލުމުގައި އެސްއޯޕީތަކަށް އަމަލުކުރެވިފައިވޭތޯއާއި އިހުމާލެއް ވާ ނަމަ ކާކުގެ އިހުމާލެއްތޯ ވެސް ބަލާނެ ކަމަށް ޖީހާން ވިދާޅުވި އެވެ.
"ނުރައްކާތެރި ހަރުކަށި ގައުމިއްޔަތެއްގެ ސަބަބުން ރައްޔިތުންގެ ފުރާނަ އަށް ގެއްލުން ވެދާނެ ފަދަ ކަންކަމަށް ފާރަވެރިވާން ޖެހޭ ކަން ހުރިހާ ބޭފުޅުން ވެސް ފާހަގަކުރެއްވި،" ޖީހާން ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން -- ފޮޓޯ: މަޖިލިސް
ކޮމިޓީގައި ބައިވެރިވި ގިނަ މެންބަރުން ވަނީ އެ ކުއްޖާ އުފުލުމުގައި ސަރުކާރުގެ އިހުމާލު އޮތް ކަން މިހާތަނަށް އިދާރާތަކުން ނެރެފައިވާ ބަޔާންތަކުން ހާމަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، މި މައްސަލައިގައި މޯލްޑިވިއަން އެއާލައިންގެ ފްލައިޓު ލަސްވިއިރު، އިމަޖެންސީގައި އިންޑިއާގެ ޑޯނިއާ ނުވަތަ ހެލިކޮޕްޓަރު ބޭނުން ނުކުރި ސަބަބެއް ސާފުވާން ޖެހޭ ކަން އެ މެމްބަރުން ފާހަގަކުރެއްވި އެވެ.
ޖީހާން ވަނީ މަޖިލިސް ރިސެސްގައި އޮތް ނަމަވެސް، މި މައްސަލަ ވީ އެންމެ އަވަހަށް ނިންމުމަށް ކޮމިޓީ މެންބަރުންގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.
އެ ކުއްޖާ ނިޔާވުމުގައި ފަރުވާގެ އިހުމާލެއް ނުވަތަ އެހެން ކަމެއް އުޅެނީތޯ ބަލަމުން އަންނަ ކަމަށާއި އިހުމާލެއް ވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް "މިހާރު" އަށް މިއަދު ވިދާޅުވި އެވެ.
ވިލިނގިލީގެ ކުއްޖާ ނިޔާވުމާ އެކު، ސަރުކާރުން ވަނީ ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ރެއިން ފެށިގެން ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
22 January 2024
ރޯޔަލް ރޭޕްކޭހުގެ އިންކުއަރީ ހަދަނީ ކޮންއިރަކުން؟ މަޖިލިސް އިންތިޚާބާ ދިމާކޮށް ހިތުން މޮޅު ސްޓަންޓެއް މިހަދާލީ
އެދުވަހު
21 January 2024
އެމްބިއުލާންސް ލަސްވެގެނާއި މައިންގެ ބަނޑަށާއި ބަފައިންގެ ކޮނޑުމައްޗަށް ދުނިޔެދޫކުރި ތުއްތުކުދިންގެ ޚަބަރުތަކެއްވެސް މީގެކުރިން ދުށިން.
ސަމުގާ
21 January 2024
އިންކުއާރީއެއް ހަދަންޖެހޭނެ، ކޮންމެހެން ބައެއްގެ ބޮލުގައި ބަދުނާމުއަޅުވާކަށެއްނުން، އެކަމަކު ހުރި ޝޯޓްކަމިންތަށް ދެނެގަނެ، ދެން މިކަހަލަކަމެއް މެދުވެރިވިޔަނުދޭން ކަންތައް ކުރަންވީ ފަސޭހަގޮތެއް ހޯދަން. މިކަހަލަކަންކަމުގައި އާންމުކޮށް މިދިމާވަނީ ލޮޖިސްޓިކަލް ނޫނީ ކޮމިނިކޭޝަން އިޝޫއެއް. އެހެންވީމަ، އިންކުއާރީގެ އަލީގަ މިފަދަ ފޫނުބެދި ހުރިތަން ރަގަޅުކުރަން ބޮޑުތަނުން ފަސޭހަވެގެންދާނެ.
ލާއިން
21 January 2024
ކޮވިޑް ތެރޭގަ މި މީހުންގެ އިހުމާލުން ކިތައް ކުދިން މަރުވިތޯ އަހާބަލަ . ލަދުގެ ކަންފުޅެއްވެސް ނެތްބައެއް މީ. ސިޔާސީ ވެގެންގޮސް ހައްދުފަހަނައަޅާފަ
ރިމާހް
21 January 2024
ސައުދު ތި މައްސަލަ ހުށައެޅުމަކުން ނެތް މައްސަލައެއް، އެކަމް ދެރައީ ސައުދު މެންގެ އަތޮޅު ކުއްޖެއް މަރުވެގެން އެ މައްސަލަ ލީ ދުވަހު އެ މައްސަލަޔަށް ބަހުސް ކުރަން ނޭގުނީމަ. މީގެން މި އެގެނީ ސައުދުމެންގެ އިހުލާސްތެރިކަން ނެތް މިންވަރު
އޮނަރަބްލް އަފީފު ދީދީ
21 January 2024
މަޖިލިސް މެންބަރުންވެސް ކޮންމެހެން ޖަޒުބާތުވެގެން ރައްޔިތުންނަށް ގޮތްދައްކާން އުޅޭނެކަމެއްނެތް. ޅ.އަތޮޅު ކެންސަރު ހޮސްޕިޓަލް ކ.މާލެއަށް ބަދަލު ކުރުމުން އެވާހަކަ ދެއްކީ ކޮން މެންބަރެއް އަދި ކޮން ޕާޓީއެއް. # އަހަރީ ބަޖޭޓްގެ %85 މުޤައްދަސް ރަށްކޮޅުގެމައްޗަށް ކަނޑައަޅާދީ ދައުލަތުން ނަގާ އެތައްސަތޭކަ ބިލިޔަން ޑޮލަރު މާލޭ ބިންވެރިންނަށް ތަޅާހުސްކުރާކަން ނޭގޭތަ؟ އަދި ހަނިމާދުއާއި ގޭންއެއަރޕޯޓްގައި އަޅުވާފައިއޮތް "މަރުތަޅު" ނައްޓާން ކުރީ ކޮންކަމެއް!؟
ނައުޝޫދް
21 January 2024
މަޑަވެލި މާޓީ މަރުގެ މައްސަލަ ވީ ތަން އެބަޖެހޭ މިވެރިން ކައިރިން އަހަން، ތަންކޮޅެއް ބޮޑުވަރު ދޯ ދެން މީ ކަންތައް ސިޔާސީ ކުރަން.
ޔާސިރް
21 January 2024
އިންކުވެރީ ކީއްކުރަން ހުރިހާ އެއްޗެއްވެސް ހަދަންވީ. އަހަރުމެން މިއަހަނީ ޖީހާން ކަރީގަ ކޮބާހޭ ރޯޔަލް ރޭޕް ކޭސް. ކޮންތާކަށް އެމައްސަލަ ވަނީ؟
ސަސި.
21 January 2024
ހަމަ ބަލަންވީ، ޒިންމާވާންޖެހޭ މީހުން ޒިންމާވެސް ކުރަންވީ، ދެރަކަމަކީ މިވެރިންގެ ވެރިކަމުގަ ކޮންމެ ފަދަ ކަމެއް ހިނގިޔަސް ބަލަން ޖެހުނު ކަމެއް، ކުއްވެރިވި ވެރިއަކު ނެތް.
ޟިހަރު
21 January 2024
ފުރަތަމަ ޝާހީ ރޭޕް މައްސަލަ ތިކޮމިޓީއިން ބަލާބަލަ