އަތޮޅު މާރުކޭޓްތައް ހުންނަ ސަރަހައްދުގައި ހުރި މާރުކޭޓަކުން މީހަކު އެއްޗެހި ގަންނަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
22 ޖެނުއަރީ 2024 - 23:14
މާލެ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރާއި ކައުންސިލުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ފައިސާ ލިބެމުންދިޔަ ނަމަވެސް ކުރީ ސަރުކާރުތަކުން އެ ފައިސާ އަތޮޅު ފިހާރަތަކާ ހަވާލުނުކުރާ ކަމަށެވެ.
ނަމަވެސް މި ސަރުކާރުން، އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކަށް ފޮނުއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
"އޭރުން އަތޮޅު ކައުންސިލްތަކަށް ރަށު ކައުންސިލްތައް މެދުވެރިކޮށް އެ މަސައްކަތް ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މީގެ ކުރިން އެ ފިހާރަތަކަށް ލިބުނު ފައިސާ ހަވާލުނުކޮށް މިހާރު ވެސް އެބަހުރި ކަމަށާއި އެ ފައިސާ ދެފުށް ފެންނަ ގޮތެއްގައި ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން 2022 ވަނަ އަހަރު ނިންމި އެވެ. އޭގެ ކުރިން ކައުންސިލްތަކަށް ޖަމާ ކުރަމުން އައީ އަތޮޅު ފިހާރައިން ލިބޭ ކުލީގެ 50 ޕަސެންޓެވެ.
އެ ބަދަލު ގެނައުމުގެ ކުރިން ލިބިފައި ހުރި ފައިސާ ވެސް 2014 ވަނަ އަހަރުން ފެށިގެން ހުރީ ޖަމާނުކޮށް ކަމަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ. އެ ފައިސާ އަތޮޅު ކައުންސިލްތަކަށް ޖަމާ ކޮށްދެއްވަމުންދާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
23 January 2024
އަތޮޅު ފިހާރަތައްވެސް އަތޮޅު ތަކުން ތަރައްގީކުރަން ބޭނުންވާ ގޮތަކަށް 25 ބުރިޔަށް ނަގާ ސިޓީހޮޓާ ހިންގުމުގެ ހުއްދަދީބަލަ. އޭރުންނު މާލޭ މަލަމަތި ރީތިވެފަ އަަތޮޅު ތަކަށްވެސް ވިޔާދާ އެއްޗެއް ލިބޭނީ. މިހާރު އެތާގަ ކުނިފިޔަލާ އަލުވި ވިއްކައިގެން ކޯޗެއްތަ ލިބޭނީ.
އަހަރެން33
23 January 2024
މިއީ ކުރިންވެސް ލިބެމުންދާ އެއްޗެއް
ސައުދުﷲ ހަލީމް
23 January 2024
މިސަރުކާރު މިއީ އިހްލާސްތެރި ސަރުކާރެއް. ރައީސް މުއިއްޒް ވައުދުވި ގޮތަށް މިދަނީ ވައުދުތައް ފުއްދަމުން.
ޝާމިޒް ހަމިދު
23 January 2024
އުފާވެރި ހަބަރެއް. ކައުންސިލްތައް ބާރުވެރިވާނެ.
ޖައިޝަމްް
23 January 2024
މޭޔަރެއްގެ ގޮތުގައި ހުރި އިރުވެސް ރައީސް މުއިއްޒު ދިޔައީ މި ފިހާރަތަކުގެ ނަފާ އަމާނާތްތެރިކަމާއެކު ރައްކާތެރިކުރަމުން. މިއީ ހަމަ ނަމޫނާ ވެރިޔެއް.
ށޫޓް
23 January 2024
އެއި ފިހާރަތަ، އެއި ގޮނޑެއް ނޫންތަ، މާ ރީއްޗެއްނުން އެ ތަންތަން އަލުން ބުރި ބުރި އަށް އިމާރާތް ކުރާވާ ހަކަ ދެއްކި ނަމަ، ނޫނީ ޕާކިން އަށް ހުޅުވާލި ނަމަ
ޒަމީލާ
23 January 2024
އަތޮޅުތަކަށް އަތޮޅުފިހާރަތަކުގެ ނަފާ ލިބޭގޮތަށް ހަމަޖެއްސުން އެއީ ވަރަށް ފުރިހަމަ ނިންމުމެއް.
ޖައިލަމްް
23 January 2024
ކުރިންވެސް މިކަން އޮތްގޮތް މީ. މިހާރުވެސް އޮންނަންވާނީ ހަމަ މިހެން.
ޒުހުރީީ
23 January 2024
ސާބަހޭ ރައީސް މުއިއްޒު. ރައްޔިތުންނަށް އެންމެ މަންފާ ކުރާނެ ގޮތަކަށް ރައީސް ކަންކަން ނިންމަވާނެ.
ޖިޔާމް
23 January 2024
ނަފާވެރިކަން އަތޮޅުތަކަށް އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިގެންދާނެ ކަމީ ވަރަށް އުފާވެރި ކަމެއް.