ޚަބަރު

ވިސްނުމަކީ ކާޑިއެކް ސެންޓަރު ދިވެހިން ހިންގުން: ހަލީމް

އައިޖީއެމްއެޗް ކާޑިއެކް ސެންޓަރު. މި ތަން ހިންގަނީ އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާ ގުޅިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކާޑިއެކް ސެންޓަރު ހިންގަން އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލަށް ދީފައިވާ އެގްރިމެންޓު އަންނަ އަހަރު ހަމަވާއިރު، ވިސްނުމަކީ ދިވެހިން އިސްވެ އެ ތަން ހިންގުން ކަމަށް، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.

ހިތުގެ ބަލިތަކަށް ފަރުވާދޭ ކާޑިއެކް ސެންޓަރު ހިންގަން އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 15، 2015 ގައި 10 އަހަރުގެ މުއްދަތަށެވެ. އެ ހޮސްޕިޓަލާ އެކު އައިޖީއެމްއެޗުން ހެދި އެއްބަސްވުމުގައި ކްލިނިކަލް ހިދުމަތްތައް ދީ އަދި ކްލިނިކަލް ކަންކަން ބެލެހެއްޓުމާއި އެ ސެންޓަރުގެ ތެރެއިން ދިވެހި ޑޮކްޓަރުންނަށް އިތުރު ތަޖުރިބާ ދިނުން ހިމެނެ އެވެ. އެ ސެންޓަރު ހިންގަން ސޮއިކުރި ދުވަހުން ފެށިގެން މިދިޔަ ޖުލައި މަހުގެ ނިޔަލަށް މެޑިޓްރީނާއަށް 28.7 މިލިއަން ޑޮލަރު (442 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. އޭގެ އިތުރުން، މެޑިޓްރީނާ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ހަމަ އެ މުއްދަތުގެ ތެރޭގައި މުސާރައިގެ ގޮތުގައި 355،647ރ. ދީފައިވާ ކަމަށް، އައިޖީއެމްއެޗުން ހިއްސާކުރި މައުލޫމާތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ދަރުމަވަންތައިގެ ސީއީއޯ ހަލީމް، "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: މިހާރު

ހަލީމް "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ފައި މައްޗަށް ތެދުވުން ކަމަށެވެ.

ކާޑިއެކްގެ ހިދުމަތް ދިނުމަށް ވެސް ދިވެހި ޑޮކްޓަރުންގެ ގާބިލްކަން ހުރުމުން، މުސްތަގުބަލުގައި އަމިއްލައަށް ހިދުމަތް ދެވޭނެ ގޮތަށް ބައްޓަންކުރުމަކީ އަމާޒެއް ކަމަށް، މި މަހުގެ 14 ގައި ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

ނަމަވެސް، މެޑިޓްރީނާއަށް ދީފައިވާ މުއްދަތު އަންނަ އަހަރު ހަމަވިއަސް، އެ މަސައްކަތާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.

"މި ކޮޅުގައި މި ހިދުމަތް ފަށައިގަތުމަށްފަހު ރައްޔިތުން ވަރަށް ބަލައިގަންނަ ފަދަ ހިދުމަތްތަކަށް މި ހިދުމަތް ވެފައި މި އޮތީ. އަޅުގަނޑުމެން މެނޭޖްމަންޓުން އަދި ސަރުކާރުން ވެސް ގޮތެއް ނިންމާއިރު ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތް މާޒީއަށް ދާކަށް ބޭނުމެއް ނުވާނެ. އަޅުގަނޑުމެން ކޮންމެ ގޮތަކަށް ޑިސިޝަން ނެގިއަސް ޔަގީންކުރާނެ ކަމަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް މިހާރަށް ވުރެ ފުރިހަމައަށް ފޯރުކޮށްދެވޭނެ ގޮތެއް ހަމަޖެއްސުން."

އައިޖީއެމްއެޗުގައި އެންޔޫ ހޮސްޕިޓަލުން ހިންގާ ނޭޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު

"އަޅުގަނޑުމެން އަދި ވަކި ގޮތެއް ނުނިންމަން [އެއްބަސްވުން]އެކްސްޓެންޑު ކުރާނީތޯ ނޫނީ ނުކުރާނީތޯ. ހަމަ ޔަގީނުން ވެސް ދޭނެ ޔަގީންކަމަކީ އަޅުގަނޑުމެން މިހާރު މި ދޭ ހިދުމަތް ފަހަތަކަށް ނުދާނެއޭ، މިއަށް ވުރެ ކުރިއަށޭ ދާނީ." އޭނާ ވިދާޅުވި އެވެ.

ކާޑިއެކް ސެންޓަރު ފެށިއިރު، އައިޖީއެމްއެޗްގައި ހުރީ ހިތުގެ ބަލިތަކުގެ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އަލީ ޝަފީގެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި އިތުރު ތިން ޑޮކްޓަރުން ސްޕެޝަލައިޒްވެ، ޖުމްލަ ހަތަރު ކާޑިއޮލޮޖިސްޓުން އަންނަނީ އެ ސެންޓަރުގައި މަސައްކަތްކުރަމުންނެވެ.

އެ ސެންޓަރުގެ އިތުރުން ކުރީގެ ސަރުކާރުން ވަނީ ކުޑަކަމުދާ ނިޒާމު އަދި ދަރިން ނުލިބުމުގެ މައްސަލަ ދިމާވާ މީހުންނަށް ފަރުވާ ދިނުމަށް ނޭޝަނަލް ޔޫރޯ - ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު ގާއިމްކޮށް އެ ތަން ހިންގަން ވެސް އެންޔޫ ހޮސްޕިޓަލަށް 15 އަހަރަށް ދީފަ އެވެ.

މެއި 2، 2016ގައި ގާއިމްކުރި އެއްބަސްވުން 2031 ގައި ހަމަވާނެ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑރ. އިދްރީސް

25 January 2024

ދިވެހި 10 ޑޮކްޓަރުން ތިބިއްޔާ ކަމުދާނީ އެންމެ 2 ޑޮކްޓަރުން. ސަބަބުތައް 1-ދިވެހި ޑޮކްޓަރުން ނުކިޔެވުން. މިޒަމާގުގައި މޮޅު ޑޮކްޓަރަަކަށްވުމަށް އެންމެ ދަށްވެގެން ސަބް ސްޕެޝަލިސްޓަކަށް ވާންޖެހޭ. އޭގެ މާނައަކީ ސްޕެޝަލިސްޓަކަށްވެ، ތަޖުރިބާ ހޯދުމަށްފަހު، ސަބް ސްޕެޝަލިސްޓަކަށްވާން އިތުރަށް ކިޔަވަންޖެހޭ 2-މިހާރު ވަރަށް ގިނަ ދިވެހި ޑޮކްޓަރުންކިޔަވަނީ ވަރަށް ފެންވަރުދަށް ތަންތަނުން 3- 4 ފަހަރު އޭލެވެލް ހަދައި އިން ކިރިޔާ ފާސްވާމީހުންވެސް ޑޮކްޓަރުންނަށްވެވޭ

The name is already taken The name is available. Register?

ޢިޑޭ

25 January 2024

ބައްލަވާ ސަބްސްޕެޝަލިސްޓް ޑިގްރީ އޮތުމަކީ މީހާ މާމޮޅުވާ ސަބަބެއްނޫން. ސްޕެޝަލިސްޓް ކުރިއަށް އެތައް ލަގަބެއް ލައިގެންވެސް އާދައިގެ ފަރުވާ ދޭ ޑޮކްޓަރުންވެސް އުޅޭ. ވާހަކައަކީ މޮޅުމީހުން މޮޅުވާނެ ރަދުން ނުކިޔަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454