އައިޖީއެމްއެޗް ކެތު ލެބު.--ނިޝާން އަލީ/ މިހާރު
01 ޑިސެމްބަރ 2025 - 13:28
އައިޖީއެމްއެޗްގައި ހިންގާ ކާޑިއެކް ސެންޓަރު، އެ ހޮސްޕިޓަލުން އަމިއްލައަށް ހިންގަން ފަށައިފި އެވެ.
ހިތުގެ ބަލިތަކަށް ފަރުވާދޭ ކާޑިއެކް ސެންޓަރު ހިންގަމުން އައީ އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާ ހަވާލުކޮށްގެންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 15، 2015 ގައި 10 އަހަރުގެ މުއްދަތަށް ހަވާލުކުރި ސެންޓަރުގެ މުއްދަތު މިދިޔަ މަހުގެ 15 ގައި ވަނީ ހަމަވެފަ އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ސެންޓަރު މިހާރު ހިންގަމުން އަންނަނީ ސީދާ އެ ގްރޫޕުގެ ދަށުން ކަމަށެވެ. ނަމަވެސް، ރިސްކު ބޮޑު ޕްރޮސީޖާތައް ހެދުމަށް އިންޑިއާގެ އެހީ ހޯދުމުގެ ވިސްނުންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހޮސްޕިޓަލާ އެކު އައިޖީއެމްއެޗުން ހެދި އެއްބަސްވުމުގައި ކްލިނިކަލް ހިދުމަތްތައް ދީ އަދި ކްލިނިކަލް ކަންކަން ބެލެހެއްޓުމާއި އެ ސެންޓަރުގެ ތެރެއިން ދިވެހި ޑޮކްޓަރުންނަށް އިތުރު ތަޖުރިބާ ދިނުން ހިމެނެ އެވެ.
ކާޑިއެކް ސެންޓަރު ފަށައި އިންޑިއާއާ އެކު އެގްރިމެންޓުގައި ސޮއިކުރި އިރު، އައިޖީއެމްއެޗްގައި ހުރީ ހިތުގެ ބަލިތަކުގެ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އަލީ ޝަފީގު އެކަންޏެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި އިތުރު ތިން ޑޮކްޓަރުން ސްޕެޝަލައިޒްވެ، މިހާރު ހަތަރު ކާޑިއޮލޮޖިސްޓުން އަންނަނީ އެ ސެންޓަރުގައި މަސައްކަތްކުރަމުންނެވެ.
ހަލީމް މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވެސް ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށެވެ.
"މިހާރު ހަމަ އާއްމު ޕްރޮސީޖާތައް މި ކޮޅުގެ ޑޮކްޓަރުން ހަދަމުން ދާނީ. ކޮމްޕްލެކްސް ކަންކަމަށް ބޭރުގެ އެހީ ހޯދުމުގެ ވިސްނުން ހުރީ. އެކަމަކު، އެއީ ޖުމްލަކޮށް ވަރަށް މަދު ޕްރޮސީޖާތަކެއް،" އޭނާ ވިދާޅުވި އެވެ.
އެ ސެންޓަރު ހިންގަން ސޮއިކުރި ދުވަހުން ފެށިގެން ޖުލައި، 2023ގެ ނިޔަލަށް މެޑިޓްރީނާއަށް 28.7 މިލިއަން ޑޮލަރު (442 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. އެކަމަކު، އެ އަދަދު މިހާރު އިތުރުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވީރަން
01 December 2025
ސުކުރިއްޔާ ރައީސް މުއިއްޒު. ވެރިކަމަށް ވަަޑައިން 2 އަހަރުތެރޭ 4 ސްޕެސަލިޓުން އުފެއްދުން މަނިކުފާނު ދިވެހިން ބިނާކުރަމައް ދެއްވާ ސަމާލުކަން އެނގޭ. ނަމަނަމަ ތިތަން ދުވަސްކޮޅަކުން އެހެން ބަޔަކާ ހަވަލުކުރެވުނަ ނުދެއްވާތި. އެމްޑީގެ ރާގުންނާ އިވޭ އަޑުތަކުން ހީވަނީ ހަޑިއެއްހާވަން އުޅުއްވާހެން. މަނިކުފާނަކީ އެފަދަ ކަންތަކުން ދުރުވެގެންވާ ބޭފުޅެއްކަން ދިވެހިންދަންނާނެ.
އޮނަރަބްލް އަފީފު ދީދީ
01 December 2025
އިންޑިޔާގެ މަލްޓި ސުޕެޝަލިސްޓް ހޮސްޕިޓަލްތައް ހިންގާ Meditrina Group of Hospitals އާއި ޢެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތުހަމަވެގެން އެމީހުން ފޮނުވާލުމުގެކުރިން Addu Equatorial Hospital އާއި ގުޅިގެން އޭއީއެޗް ގެ Cardiology Department ހިންގުމަށް އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލް ޝައުޤުވެރިތޯ މާލޭސަރުކާރުން ބަލާނުލީ ކީއްވެގެންތޯ؟ ފުރިހަމަހިދުމަތެއް ދެވެންނެތްއިރު އެމީހުން މުޅިންބޭރުކޮށްނުލާ AEH ބަދަލުވާން ފުރުސަތުދިންނަމަ ރަނގަޅު.
ފުޜޭތަ1
01 December 2025
ޑުރު ވިސްނުމާ އެކު ޠާމިންގެ ކާމިޔާބިއެއް. އޭޑިކޭ އަށް ދޭ ފައިސާ ހުއްޓުވާ އެެމް އާރު އައި މެޝިނެއް ހޯދަން ކެރުނީ ޔާމިނަށް. ނަތީޖާ ނެރެދިން ވެރިއެއް.
އަހުމަދު55
01 December 2025
އަސްލު ޔާމިނު ދިވެހިންނަށް ވަރަށް ކަންތައްތައްކޮއްދިން... ގަބޫލުކުރަން ޒުވާނެއްގެ ހައިސިއްޔަތުން. އަދި 2018 ގައި ވޯޓު ޔާމިނަށް ނުދޭ މީހެއްގެ ހައިސިއްޔަތުން.
އޮނަރަބްލް އަފީފު ދީދީ
01 December 2025
ރާއްޖޭގައިހުރި އެންމެބޮޑު ހޮސްޕިޓަލް ކަމަށްވާ INDIRA GANDHI Hospital ގައި އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާއި ގުޅިގެން ހިންގަމުންއައި ހިތުގެބަލިތަކަށް ފަރުވާދޭ ކާޑިއެކް ސެންޓަރު ހުއްޓާލިޔަސް "ރިސްކު ބޮޑު ޕްރޮސީޖާތައް ހެދުމަށް އިންޑިއާގެ އެހީހޯދުމުގެ ވިސްނުންތައް އެބަހުރިކަމަށް" މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވުމުން ތިތަނުގައި ތިކަންކުރާން އުޅެނީ ކިހިނެއްކަން ވަރަށް ރަނގަޅަށް އެގި ހާމަވޭ. މިއީ ވަރަށް ދެރަކަމެއް.
ހޫދު ބިން ޔާސިރު
01 December 2025
ދަރިންނޭ ބޮޑު ކަމެއް ދިމާވެގެން ދެން ނަމަނަމަ ތިތަނަށް ނުދާތީ.
ދިވެހި48
02 December 2025
ހޫދު ބިން ޔާސިރު އަކީ ވަކި ކާކު؟ ރަނގަޅު މީހެއް ނޫން!
އުސްމާނުބެ
01 December 2025
ރިސްކު ބޮޑު ޕްރޮސީޖާތައް ހެދުމަށް އިންޑިއާގެ އެހީ ހޯދުމުގެ ވިސްނުންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން ވާނެބާ މިހާރުވެސް ، ތިޔަތަނުގަ ކޯމޯ ހަދަމުން ދާމީހިއް ، އެބަލީގެ އެއްވެސް ޓެސްޓެއް ރާއްޖޭގަިއ ހެދޭކައް ނެއް ، ޑޮކްޓަރުންނައް ލަފާދެވޭކައްނެއް އެކަމަކު ރާއްޖޭގައި މިހާރު ކީމޯ ދެވޭތީވެ ، އެކަން ކުރަނީ މާދަމާވެސް ކަމެއް ވެއްޖެޔާ ބެލޭނެ ގޮތެއް މިތާގަނެއް ، ހުދު ޑޮކްޓަރައް ވެސް މިކަން އިގޭ އެހެންވީމަ ދެން ތިޔަބުނާތަން ހިންގާނީ ދޯ
ނަން...
01 December 2025
ކުރިއަށް އޮތް ދެތިން މަސްތެރޭ ރިފަރެލް ތައް ދާނެ އޭ.ޑީ.ކޭ އައި ޓްރީޓޮޕްއަށް. ދެން އިވޭނީ އިކުޕްމެންޓް ސްޕޭއަރ ނޫނީ ބޭނުން ކުރަން ޖެހޭ އިއްޗެހި ނެތިގެން ހޮސްޕިޓަލް އިން ނެހެދޭތީ ޕްރައިވެޓް ހޮސްޕިޓަލް އަށް ރިފަރ ކުރަން. އައި.ޖީ.އެމް.އެޗްގަ މަސަކަތް ކުރާ ޑރ ހުންނާނެ ޕްރައިވެޓްތާގައި އެކަން ކުރަން. މިކަމުގެ ލާމަސީލު މިސާލެއް ކަށީގެ ޑރ އޮޕަރޭޝަން. މެޑިކަލް މާފިޔާ ހުއްޓާ...
ރާވެރިބެ
01 December 2025
ޑރ އަލީ ޝަފީގު ކަހަލަ އިތުރު 10 ވަރަކަށް ހިތުގެ މާހިރުން މިހާރުން މިހާރަށް ބޭނުންވޭ. އަދި މެދު ނުކެޑި ޑޮކްޓަރުން ބޭނުންވާ ބޭހާ ޑޮކްޓަރީ ސާމާނު އަބަދު ލިބެން ހުރެގެން ނޫނީ ރައްޔިތުން ބޭނުންވާ ޚިދުމަތެއް ނުދެވޭނެ. މަދުން ނަމަވެސް ވަރަށް މޮޅު ދިވެހި ޑޮކްޓަރުން އެބަތިބި. އެމީހުންނަށް ބޭނުންވާ ސާމާނު އަބަދަކު ނުހުރޭ.
އުސްމާނުބެ
01 December 2025
ރަގަޅު ، މަދުން ނަމަވެސް
އަހްމަދުު
01 December 2025
ޑރ. އަލީ އަކީ ވަރަށް ގިނަމީހުން ލޯތްބާއި އިހްތިރާމް ކުރާ ބޭފުޅެއް. ކޮއްމެ ޕޭޝަންޓެއްވެސް ބޭނުންވަނީ އަލީ އަށް ދައްކަން. އެހެންވީމާ ޑރ. އަލީގެ ކިޔު އަބަދުވެސް ވަރަށް ދިގުކޮށް އޮންނަނީ. އައިޖީއެމްއެޗް / ދަރުމަވަންތަ ނިއްމާފަ ސެނަހިޔާ ނިއްމާފަ، އަދި ޕްރައިވެޓް ކްލިނިކްގަ ޑރ. ބައްލަވާއިރު، ކޮއްމެތާކުވެސް އެހާ ކިޔު ދިގު. ގިނަފަހަރު ޖެހެނީ ހިތާ ދެކޮޅަށްނަމަވެސް އެހެން ޑރ. އަކަށް ދައްކަން.