ސަލާހުއްދީން ސްކޫލުގެ ދަރިވަރުންތަކެއް:މިއަދު ވަނީ އެ ސްކޫލުގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް ވެސް ގައުމިއްޔަތު ކިޔަވައިދޭން ފަށާފައި.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
28 ޖެނުއަރީ 2024 - 13:12
ބައެއް ސްކޫލުތަކުގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް، ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން މިއަދު ފަށައިފި އެވެ.
އެ މާއްދާ ޕައިލެޓްކޮށްފައިވަނީ މާލެ އާއި އަތޮޅުތަކުގެ 11 ސްކޫލެއްގަ އެވެ. ނަމަވެސް، ރަސްމީކޮށް ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން ފަށަން ނިންމާފައި ވަނީ އަންނަ މޭ މަހު ފަށާ، ދިރާސީ އާ އަހަރާއެކު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގައުމިއްޔަތު މާއްދާގެ ބޭނުމަކީ ދިވެހިވަންތަކަން ހުރި ދިވެހި ގައުމު ދެކެ ލޯބިވާ ގައުމާ މެދު ވިސްނައި ގައުމާމެދު ފަހުރުވެރިވާ ދަރިވަރަކު އުފެއްދުން ކަމަށެވެ.
މަންހަޖުގައި ގައުމިއްޔަތު މާއްދާ އެކި ކީސްޓޭޖަށް ބަހާލިއަސް ހުރިހާ ގްރޭޑެއްގައި ގައުމިއްޔަތުގެ ބަހާތައް ހިމެނިފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
1. ބ. އަތޮޅު ތައުލީމީ މަރުކަޒު (ބ. އޭދަފުށި)
2. ޅ. އަތޮޅު ތައުލީމީ މަރުކަޒު (ޅ. ހިންނަވަރު)
3. ފ. މަގޫދޫ ސްކޫލު
4. އަބޫބަކަރު ސްކޫލު (ގދ. ތިނަދޫ)
5. ހިތަދޫ ސްކޫލު - ޖީއެސް03
6. މުހައްމަދު ޖަމާލުއްދީން ސްކޫލު (ފުވައްމުލަކު ސްކޫލު)
7. ކަލާފާނު ސްކޫލު
8. ތާޖުއްދީން ސްކޫލު
9. މުހިއްދީން ސްކޫލު
10. ސަލާހުއްދީން ސްކޫލު (ހުޅުމާލެ ފޭސް 2)
11. ވ. އަތޮޅު ތައުލީމީ މަރުކަޒު (ވ. ފެލިދޫ)
މަންހަޖުގައި ގައުމިއްޔަތު މާއްދާ އެކުލެވިފައިވާ މައުލޫމާތު ދިނުމަށް އެ ސްކޫލުތަކަށް ވަނީ ބައްދަލުވުންތަކެއް ވެސް ބާއްވައިފަ އެވެ.
ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ވަކި މާއްދާއެއް ގޮތަށް ކިޔަވައިދިނުމަށް ނިންމާނެ ކަމަށް ރައީސް އޭރު ވިދާޅުވީ ގައުމާމެދު ތުއްތު ކުދިންގެ ހިތުގައި ގައުމީ ލޯބި އުފެއްދުމުގެ ބޭނުމުގަ އެވެ. ގައުމަށް ހަމަޖެހުން ގެނެވޭނީ މީހުންގެ ވިސްނުން ތަރައްގީ ކޮށްގެން ކަމަށާއި ގައުމިއްޔަތު މާއްދާއެއް ގޮތަށް މަންހަޖުގައި ހިމަނައިގެން ކުދިންނަށް ތަރުބިއްޔަތާއި އަހުލާގު ދަސްކޮށްދޭނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.
ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާއެކު މިހާރު މި ހިނގާ 2023 ގެ ދިރާސީ އަހަރު ނިމޭނީ އަންނަ އޭޕްރީލް މަހު އެވެ. މި އަހަރު، 2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މޭ 26ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހީމްބެ
28 January 2024
ގައުމިއްޔަތަކީ ކޮރަޕްޝަނެއްނޫން އެގޭތޯ، މިސަރުކާރުގެ ގައުމިއްޔަތަކީ ކޮރަޕްޝަން.
ސަކިންތަ
28 January 2024
ކޮމިނިޔުޒަމް ގޮތަށް ތިފެށެނީ އަނެއް އައިޑިއޮލޮޖީ މުއިއްޒަމް، ތިޔަވާދޭ އެއްޗެއް ބެލެނިވެރިންނަށް އެގެންޖެހޭނެ.
އެޗް އެމް
28 January 2024
ގައުމިއްޔަތުގެ ބަދަލުގަ މިއަދުގެ ދުނިޔެއަށް މުހުއްމީ އިންސާނިއްޔަތު ކިޔަވައިދިނުން. ގައުމިއްޔަތަކީ ލިމިޓެޑް އައިޑެންޓިޓީއެއް.
ކިރު ސައި
28 January 2024
ރައިވަރާއި ބަނދިން ކަރަންޓް އުފައްދާގޮތް ކިޔަވަދެނީ ކޮންއިރަކުން ތޯ؟
ހޭބުއްދިފިލާފައި
28 January 2024
ޅެމަކާހެދި ދިވެހިން މިވަނީ މޮޔަވެފައި. ބަލަގަ މޮޔަތަކުނޭ. ދުނިޔޭގެ އެންމެމަތީ ފެންވަރުގެ ޢިލްމުވެރިންނަކީ ޅެންވެރިކަން ދަސްކުރައްވައިގެން ޅެން ހައްދަވައި ދަރިވަރުންނަށް ޅެންބަހުރުވައިން ކިޔަވައިދެއްވި ބޭފުޅުން. އިސްލާމީ ތާރީޚުންނާއި ގްރީކްގެ ތާރީޚުން މިކަން އެއޮތީ ސާފުކޮށް ފެންނަން. ހަތަރު އިމާމުން ހެއްދެވި ޅެންތައް އެހުރީ ފެންނަން. މި ޒަމާނުގެ އިލްމުގެވެރިންގެ ތެރެއިން ޚަލީލު ޖަބްރާން ހެއްދެވި ޅެންތަކުގެ އަސަރުގައި އެތައް ބަޔަކު ވަނީ ޖެހިފައި.
ދީނިއްޔަތު ލާހުރޭ
28 January 2024
ދީނިއްޔާތު މިނިސްޓަރު ލެން ބަހުންތޯ މިބައި ހިންގަނީ؟
އަސްލީ
28 January 2024
މި ގައުމު އުތުރު ކޮރެޔާ އަށް ބަދަލުކުރަންތޯ ތި އުޅެނީ.
މުރުތާބު1
28 January 2024
ގައުމިއްޔަތެއް ނެތީމާ ތިހެން ތި ކިޔަނީ ވެސް. ތާހިރުވެއްޖެއެއްނު!
ހަމުރާބީ
28 January 2024
ތިއަށްވުރެ ރަގަލުވީހެއްނުން އާޓިފިޝަލް އިންޓެލިޖެންސް ކިޔަވަދޭން ފެށިނަމަ. އަންތަރީސްވެދާނެ.
ޗޮޕް
28 January 2024
ކޯންޗެކޯ މިގަޑީގަ ކިޔަވާ ދެނީ. ދެން އަރަބި ގަޑި ކަހަލަ ގަޑިއެއް ތިވެސް. ކިޔަވާދޭން އުޅުނަސް ކިޔެވިއްޔާތާ ވާނީ.