މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގައި އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 ފެބުރުއަރީ 2024 - 13:57
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި، ގެދޮރުވެރިޔާ ސްކީމުން ހުޅުވާލި ފްލެޓްތައް ދޭން ނިންމި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓު އާއްމުކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދާ 4000 ފްލެޓްގެ މައްސަލާގައި އާއްމު ފަރާތަކުން ފޮނުވި ސިޓީއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އޭސީސީ މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.
އެ ކޮމިޓީގެ ބައެއް މެމްބަރުން ވަނީ ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދީފައި އޮތް ކަމަށް ބުނާ ނަމަ، އެ ބައެއްގެ ލިސްޓު އާންމު ކުރަން ނުވަތަ އެކަން ކުރި ބަޔަކަށް އެ މީހުން ޝަރުތު ހަމަނުވި ގޮތެއް އޭސީސީން ސާފުކޮށްދޭން އެދިވަޑައިގެންފަ އެވެ.
ޝަރުތު ހަމަނުވާ 60 ޕަސެންޓް މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް އޭސީސީން އާއްމުކުރިއިރު، އެ މީހުންނަށް ޖަވާބުދާރީވެވޭނީ ޝަރުތު ހަމަނުވި ގޮތެއް އެނގިގެން ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ. އެހެންކަމުން ލިސްޓް އާއްމުކުރާނެތޯ ބައެއް މެމްބަރުން އެއްސެވި އެވެ. އަދި ޝަރުތު ހަމަނުވާ މީހުންނަށް އެކަން އަންގާނެތޯ ވެސް ބައެއް މެމްބަރުން ސުވާލު އުފެއްދެވި އެވެ.
މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފްލެޓް ލިބުނު ކަމަށް ކަނޑައެޅި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓް އާއްމުކުރާނެތޯ އޭސީސީން ޖެހޭނީ މަޝްވަރާކުރަން ކަމަށެވެ. އެކަމަށް އަދި ގޮތެއް ނުނިންމާ ކަމަށް ވިދާޅުވި އެވެ.
ޝާމިލް ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަނުވަނީސް ފްލެޓް ދީފައިވާ މީހުންގެ ލިސްޓު އާންމުކުރުމަށް އޭސީސީން މަޝްވަރާކުރަން ޖެހޭ ކަމަށާއި އެކަމަަކު އަދި އެގޮތަށް ނުނިންމާ ކަމަށެވެ.
"ސީދާ މުޅި ލިސްޓު އާންމުކުރާނީތޯ، ނޫންތޯ އަޅުގަނޑުމެން މަޝްވަރާކޮށް އަދި ގޮތެއް ނުނިންމާ،" ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ކުރެއްވި ސުވާލެއްގައި ޝާމިލް ވިދާޅުވި އެވެ.
4000 ފްލެޓާ ގުޅޭގޮތުން ޢާންމު ފަރާތަކުން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި ސިޓީ ފޮނުވި ފަރާތާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ބައްދަލުކުރުން pic.twitter.com/0VcqMnJvHr
— People's Majlis (@mvpeoplesmajlis) February 7, 2024
ފްލެޓް ލިސްޓާ ގުޅޭ ތަހުގީގަށް ފަހު ހައުސިން މިނިސްޓްރީއަށް ލަފާ ދިނީ، ޝާމިލް ވިދާޅުވި ގޮތުގައި، ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
"އެ އުސޫލާއި އަޅުގަނޑުމެން ކަނޑައަޅާފައިވާ އަސާސްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ވާނީ ހައުސިން މިނިސްޓްރީއަށް އަންގާފައި. އެކަން އަވަސް ކުރަން މިސާލަކަށް ތަހުގީގަށް ފާހަގަކުރެވުނު ކަންކަމުގެ އެހީތެރިކަން ބޭނުންވާ ނަމަ މިނިސްޓްރީއަށް އަޅުގަނޑުމެން ދޭނަން،" ޝާމިލް ވިދާޅުވި އެވެ.
ޝާމިލް ވިދާޅުވީ އެ ފްލެޓްތައް ދޫކުރުމުގައި ލަސްވެ، ބައެއްގެ ހައްގެއް ގެއްލި އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާނަމަ އެކަމުގެ ތެރެއަށް އޭސީސީ ވަނުމަކީ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ކުރީގެ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެއް ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވާ ނެރުމުން އޭރު އޭސީސީން އެންގީ އެ ފްލެޓްތައް ދޫކުރުން ހުއްޓާލުމަށެވެ.
ފްލެޓްތަކާ ގުޅޭ ގޮތުން ގާތްގަނޑަކަށް 300 މީހުން ޝަކުވާ ހުށަހެޅި އެވެ. އެ ތަހުގީގަށް ދެ މަސް ދުވަސް ފަހުން އޭސީސީން ބުނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެކެވެ.
އެ މައްސަލާގައި ކޮމިޓީގައި ބައެއް މެމްބަރުން ވަނީ އޭސީސީގެ ތަހުގީގުގެ ސައްހަ ކަމާ މެދު ވެސް ސުވާލު އުފައްދަވައިފަ އެވެ.
އެކަމަކު އޭސީސީން ބުނެފައި ވަނީ ޕޮއިންޓު އިތުރުކުރުން ފަދަ އެއްވެސް ކަމެއް އެ ކޮމިޝަނުން ނުކުރާ ކަމަށާއި އެ ތަހުގީގުކުރިއަށް ގެންދިޔައީ ޕޯޓަލްއާ އިންޓަގްރޭޓްކޮށްފައިވާ ޕެންޝަނާއި އެންސްޕާއި އިކޮނޮމިކް މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަން އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ނޭޝަނަލް ރަޖިސްޓްރޭޝަންގެ މައުލޫމާތު އެއްކޮށްގެން ކަަމަށެވެ.
ފްލެޓް ފޯމުތަކުގެ އިވެލުއޭޝަންގައި އެ ހުރިހާ މައުލޫމާތެއް ޕޯޓަލްގެ ތެރެއިން ހޯދެން އޮތްއިރު ވެސް އެކަން ކޮށްފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.
ފްލެޓް މައްސަލާގައި، ހައުސިން މިނިސްޓަރު އަލީ ހައިދަރު ކުރިން ވިދާޅުވެފައި ވަނީ އޭސީސީގެ ތަހުގީގުން މައްސަލަ އުޅޭކަން ފާހަގަވާތީ އެ ކޮމިޝަނާއި އެޓާނީ ޖެނަރަލް އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާ އެކު މަަޝްވަރާކޮށް ގޮތެއް ނިންމަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާލިމްް
08 February 2024
އިންސާފުވެރިކަމާއެކީ ފްލެޓްތަށް ބަހާނެކަމަށް އުންމީދުކުރަން
ޖިޔާމް
08 February 2024
ފްލެޓް ލިސްޓް ތީ އިބޫ ހިންގި ބޮޑު ޖަރީމާއެއް. ތިކަމުގަ ޝާމިލްވަނީ އަސްލަމް އާއި އަކްރަމްކަމާލުއްދީނާއި އެމްޑީޕީ މަޖިލިސް މެމްބަރުން. މިހާރުން މިހާރަށް ފިޔަވަޅު އަޅާ
ނިޔާޒްް
08 February 2024
އިބޫ ސޯލިހުގެ ޖަރީމާތަށް ބަލާ ވަގުތުން ވަގުތަށް ފިޔަވާލު އަޅަންވީ
ޢަލީބެ
08 February 2024
ތިހާމޮޅުބަޔަކު ހެދިލިސްޓް އާންމުޖޮށްލަން ކެރެންޖެހޭނެ.
ޙަކީމު
08 February 2024
ބަލަ، އެމީހުން ލިސްޓެއް ހެދީއެއް ނޫން. އެމީހުން ބެލީ، ލިސްޓުގައި ތިބި މީހުންގެ ޝަރުޠު ހަމަވޭތޯއާއި، އެމީހުން ހުށަހަޅާފައިވާ ލިޔުންތަކަކީ ޞައްޙަ ލިޔުންތަކެއްތޯއާއި، އެމީހުންނަށް ޕޮއިންޓް ދީފައިވަނީ ރަނގަޅަށްތޯ؟
ޙައިރާން
08 February 2024
މީގެކުރިން ސަރުކާރުތަކުން ދީފައިހުރި ފްލެޓްތަކުގެ ކަންތައްތައްވެސް ތިޔަ އޭ.ސީ.ސީ އިން ބެއްލެވިނަމަ ރަނގަޅުވީސް އެއިރު ނެއްތޯ ތިޔަ އޭ.ސީ.ސީ؟ ބެއްލެއްވިނަމަ ކުޅިސަމާ ފެނުނީސް!!!
ޑުނި
09 February 2024
އޭރު އޭސީސީއާ ތިބި މީހުންނަށް އެކަން ބަލަން ނުކެރުނީ. މިހާރު ތިބި މެންބަރުން އެ ބަލަނީ
ޝަރުތު
07 February 2024
ގޯތި ލިބުނު މީހުންގެ ތެރެއިންވެސް ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެއް ނެރުއްވައިދެއްވެވުން އެދެމެވެ.
އސިތިއުފާ
07 February 2024
އަޅުގަނޑަށް ހީވަނީ ހުރިހާ ތަހުގީގެއް ކުރީ ހައިދަރު އޮފީހުންނޭ ދެން މިދެނީ އޭސީސއަށް މިހެން މިކަން ވެގެން ނުވާނެ
މޯޑް
07 February 2024
އޭސީސީތީ ކޮރަފްޓް ތަނެއް. އިތުބާރެއްނެތް
ދަލޭކަ ދައިތަ
07 February 2024
ތި ފުލެޓްތަޢް ކުއްޔަށް ދޫކޮށްގެން އިންކަމް ނުހޯދޭނެހެން ނިކަން ހަދާބަަލަ. ފުލެޓް މައްސަލަ ވަގުތުން ހައްލުވީ. އެއްބަޔަކު އެބައުޅެއޭ ފުލެޓު ކުއްޔަށް ދީގެން ނަފާލިބިގަނެގެންތިބެވެސް ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކާ. މީހުންގެ ހުންނަ ނުބައިކަން. މިހެން ހަދަންވީނު، ފުލެޓެއްނެތް، ބޯހިޔާވަހިކަމެއްނެތި ކުއްޔަށް އުޅޭ ކޮންމެ އާއިލާއަކަށް މަހަކު 15000ރ. ދޭގޮތަށް. ވ ހީވޭ ލިބުނު ފުލެޓްވެސް ދޫކޮށްލާނެ ހެން.
ކޮލަމާހުއްޓާ
07 February 2024
އޭސީސީން އެހާ ޔަގީންކަމާ އެކު %60 މީހުންގެ ފްލެޓް ހައްގުނުވާކަމަށް ބުނާއިރު ކީއްވެ އެލިސްޓް ހާމަނުކުރެވެންވީ؟ ސަރުކާރުން ތިޔަ ފްލެޓް ލިސްޓްކުޅޭހެން ހާދަ ހީވެޔޭ.