މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިނާ ދިމާކޮށް އެމްޑީޕީން އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއް.
10 ފެބުރުއަރީ 2024 - 10:24
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) މެދުވެރިކޮށް އެމްޑީޕީން ކުރި ދަތުރުތަކަށް ލިބެންޖެހޭ 5.6 މިލިއަން ހޯދުމަށް މިހާރު ދީފައިވާ މުއްދަތުގައި އެ ފައިސާ ނުދައްކައިފި ނަމަ އެ ޕާޓީގެ މައްޗަށް ދައުވާ ކުރާނެ ކަން އެ ކުންފުނިން އަންގައިފި އެވެ.
"މިހާރު" އަށް އެނގިފައިޥާ ގޮތުގައި މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން މެދުވެރިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުން ފެށިގެން އޮކްޓޫބަރުމަހާ ހަމައަށް އެމްޑީޕީން ނެގި ޓިކެޓާއި ޗާޓަރު ދަތުރުތަކަށް 5.6 މިލިއަން ރުފިޔާ އަރައެވެ.
އައިލެންޑް އޭވިއޭޝަންގެ އިސްވެރިއަކު މިއަދު ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ލިބެންޖެހޭ ފައިސާތަކެއް ހުރުމުން އެ "ކަލެކްޓް ކުރުމުގެ މަސައްކަތް" ކުރަމުން އަންނަ ކަމަށެވެ. ފައިސާ ހޯދަން އެކި ފަހަރު މަތިން އެ ޕާޓީ އަށް މީގެ ކުރިން ސިޓީ ފޮނުވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ފައިސާ ދައްކަން އައިލެންޑް އޭވިއޭޝަނާއި އެމްޑީޕީން އޭރު އެއްބަސްވެފައި އޮތީ ހިދުމަތް ހޯދާ ތާރީހުން ފެށިގެން 48 ގަޑިއިރެވެ.
ފައިސާ ދައްކަން އެމްޑީޕީ އަށް އައިލެންޑް އޭވިއޭޝަނުން އެންމެ ފަހުން ދިން ސުންގަޑިއަކީ މި މަހުގެ 18 ވަނަ ދުވަހެވެ. އޭގެ ކުރިން ފައިސާ ނުދައްކައިފި ނަމަ ޝަރުއީ މަރުހަލާތައް ފަށާނެ ކަމަށް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީ އަށް އަންގައިފަ އެވެ.
މީގެ ކުރިން ޑީއާރުޕީން ވެރިކަންކުރި ޒަމާނުގައި ވެސް އެ ޕާޓީން ރިޔާސީ ކެމްޕެއިނަށް އައިލެންޑް އޭވިއޭޝަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ފައިސާ ނުދައްކައިގެން ވެސް މިފަދަ މައްސަލަތަކެއް ކުރިމަތިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
11 February 2024
'' އެ ފައިސާ ދައްކަން އައިލެންޑް އޭވިއޭޝަނާއި އެމްޑީޕީން އޭރު އެއްބަސްވެފައި އޮތީ ހިދުމަތް ހޯދާ ތާރީހުން ފެށިގެން 48 ގަޑިއިރެވެ. '' އަދި މިވީ 30 ސިކުންތު. ހެހެހެހެހެހެ
ސަންޑޭ
11 February 2024
ޑީ.އާރު.ޕީ ދަރުވާލި ގްރޫޕު އެމް.ޑީ.ޕީ ދަރުވާލީ. ދެން ޢަބްދުﷲ ޖާބިރާ ޕާޓީ ހަވާލުކޮށްފަ ތި އެންމެން ބަޗާނީ.
ޢެބޭ
10 February 2024
ކިހިނެއް މިވަނީ
ޙުސެއިންރަޝީދު
10 February 2024
ޢެއްވެސް ސިޔާސީޕާޓީއަކައް ކްރެޑިޓް ދޫނުކުރަންވީ.
ވާވަރު
10 February 2024
އިންތިހާބަށް ބޯކޮށް އިންޑިއާއިން ހަރަދުކޮށްގެންވެސް ޕާޓީ އެ އޮންނަނީ ދަރާފަ. އެ ހުރިހާ ފައިސާ ކޭ ބަޔަކު ތިބޭނެ.
އޮނަރަބްލް އަފީފު ދީދީ
10 February 2024
ބޭކާރު ވާހަކަ ނުދައްކާ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުދައްކާ ހުރި ފަރާތް ތަކާއިމެދު ދައުވާކޮށް ފައިސާ ހޯދާން އުޅޭ. # އަދި ސަރުކާރުގައި އޮތް ޕާޓީ ކަމަށްވާތީ އެމްޑީޕީއަށް ދަރަންޏަށް ހިދުމަތް ދީފައިވަނީ ކުންފުނީގެ އުސޫލް ތަކާއި ޙިލާފަށް ކަމުގައިވާނަމަ ކުންފުނީގެ އޭރުގެ އެމްޑީ އާއި ސީނިއަރ މެނޭޖްމަންޓަށާއި ކުންފުނީގެ ކަންކަން ނިންމުމަށް ބާރު ދީފައިވާ ޗެއަރމަން އާއި އޭނާގެ ދަށުގައި އޮންނަ ބޯޑް މެންބަރުންނަށް ދައުވާ އުފުލާ. ތިފައިސާ ހޯދަން އުޅޭ.
123456.
10 February 2024
ޕީޕީއެމް ވެރިކަމުގަ ހުރިހާ ލާރިއެއް ދައްކާފަވަނީ. ޢެމްޑީޕީވެސް ދައްކަން ޖެހޭނެ. ޜައްޔިތުންގެ މުދަލުން ނަހަމަގޮތުގަ ބޭނުން ނުކުރޭ.
ޢެމެރިކާ
10 February 2024
މިހެންވީމަ އެއާލައިން ބަގުރޫޓްވަނީ.
ޕޫރުބެ
10 February 2024
މީ މިގައުމަށް ހުރި ބޮޑުުުުުުުު މުޞީބާތެއް! މުއްސަދިންނާއި ސިޔާސީ ޕާޓީތަކާއި ދަޢުލަތުގެ ވެރިންނަށްތިބޭ މީހުން ދައުލަތުން ކުރާ ވައްކަންތައް ބަލައި އެމީހުންގެ އަތުން އެންމެ ފައިސާފޮއްޗެއް އެއްވެސް ވެރިއަކަށް ނުހޯދި، ކޮންމެ ވެރިއަކުު ދަޢުލަތް ކައްވާލަނީ! މަހުޖަނންގއ ސަޕޯޓު ވެރިން ބޭނުންވާތީ އެމީހުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުހޯދި، އެމީހުން ދައްކަންހެގޭ ފައިސާ މާފުވަނީ! އާމު މީހާ ދައްކަންޖެހޭ އެންމެ ފައިސާ ފޮއްޗެއް މާފުނުވޭ! ގަވާއިދާ ޚިލާ
ބަނގުރޫޓު ވިޔަފާރިވެރިޔާ
10 February 2024
ބަނގުރޫޓު ވިޔަފާރިވެރިޔާ ޕާޓީ ހިންގާލި ހިންގާލީނުން ދަރާވިކުނީ . އަދި ކޮބާ ލޯންޗް ތަކާއި ހަބުގެ ބިލްތަކަށް ދޭންޖެހޭ ފައިސާ . މީއަދި ކޯވަރަށް