އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް: އެ ޕާޓީން ގައުމީ އެއާލައިނަށް ދައްކަންޖެހޭ ފައިސާ އެއް މަސް ތެރޭގައި ދައްކަން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
30 ޖުލައި 2025 - 13:05
ގައުމީ އެއާލައިން މޯލްޑިވިއަން އަށް އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ދެ އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ހެދި އެއްބަސްވުން ބާތިލްކޮށް، ނުދައްކާ ހުރި ހުރިހާ ފައިސާއެއް އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏާއި އެމްޑީޕީއާ ދެމެދު މިދިޔަ އަހަރު ސެޓްލްމަންޓް އެއްބަސްވުމެއް ހެދީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ޕާޓީން ކުރި ކެމްޕެއިން ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމާ ގޮތަށެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް މި އަހަރު ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ އައިލެންޑް އޭވިއޭޝަނުން ވަނީ އެ ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދަން ދައުވާކޮށްފަ އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ދެ މިލިއަން ރުފިޔާ އެމްޑީޕީން މިހާތަނަށް ދައްކާފައިވާއިރު، ބާކީ 3.6 މިލިއަން ރުފިޔާ ނުދެއްކެނީ އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނާ ކަމަށެވެ. އެ ފައިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް އައިލެންޑް އޭވިއޭޝަނުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ސެޓްލްމަންޓް އެއްބަސްވުން ބާތިލްކޮށް، ބާކީ ހުރި 3.6 މިލިއަން ރުފިޔާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން އަންގާ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި އެމްޑީޕީން އައިލެންޑް އޭވިއޭޝަނާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ކުރިން ހެދީ ވެސް އެ ފައިސާ ނުދީގެން އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަމެންނަށް
01 August 2025
މަމެންނަށް ޓިކެޓަށް ފައިސާ ނުދީ ބޯޓާ 100 ފޫޓަށް ވެސް ކައިރިނުވެވޭ. މީސްމީހުންނަށް ފަހުން ފައިސާ ދޭގޮތަށް އެތައް ދަތުރެއް ކުރެވޭ. ކީކޭ ބުނާނީ
ބުރިކޯ
30 July 2025
ވެން މަސް ވެނަށް ކާންދެނީ ދޯ
މުދިތުރުތުރު
30 July 2025
ތިޔަ ހުކުމް ހަމަ ރަނގަޅު. އެހެންނޫނީ އެމްޑީޕީން ސާބިތު ދަރަންޏެއް އޮވެގެން ހުކުމާއެއްގޮތަށް ފައިސާ ނުދެއްކުމުން އެމްޑީން ޖެހޭނީ ފޭލިވާން
ޑރ ވާންޗޯ
30 July 2025
މިހާރުގެ ރައީސްބުނީ ފައިސާ ދައްކަންޖެހޭނީ ޗެއަރ ޕާސަންއޭ، ޗެއަރ ޕަރސަން ބުނީ ކުރީގެ ރައީސްގެ ކަމެކޯ، ކުރީގެ ރައީސް ބުނީ މަށާބެހޭކަމެއްނޫނޯ. ވައްސަލާން.
އައިމިނާ
30 July 2025
ޕާޓީގެ އިސްކޮށް އުޅޭ ގުރޫޕަށް 5 އަހަރުނިމެންދެން މުސާރަ ދެނީ. ވެރިކަމަށް އާދެވެންދެން. ސަރުކާރުން ޕާޓީއަށްދޭ ފައިސާއިން. އިތުރުކަމެއް ނުކުރެވޭ .
1181
30 July 2025
"ދަރަނި ދައްކަން ޖެހުމުން ޕާޓީތައް ބަދަލުވަނީ ހުސް ތޮށިގަނޑަކަށް" މީ މީގެ ދުވަސްކޮޅެއްކުރިން މިހާރު ނޫހުން ފެނުން ހެޑްލައިނެއް. ކޮން ގާނޫނަކުން ހުއްދަކޮށްގެންތޯ ޕާޓީ ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ދޭ ފައިސާ ވަކިވަކި މީސްމީހުންގެ އެކައުންޓުތަކަށް ޖަމާކުރަނީ؟
ކޮއްކޮބެ
30 July 2025
ތި ފައިސާ ދައްކަން ޖެހޭނީ ތި ޕާޓީ ކުރިއަރުވަން ބެރުތަޅާ މީހުން.
އޮނަރަބްލް އަފީފު ދީދީ
30 July 2025
މިގޮތަށް ދަރަނިދޫކޮށް ކުންފުނި ބަޤުރޫޓް ކޮށްލުމުގެބާރު ކުންފުނީގެ ސީނިއަރ މެނޭޖްމަންޓަށާއި ކުންފުނީގެ ބޯޑް އަދި ދައުލަތުގެ ކުންފުނިތަކުގެ ބަލަދުވެރިފަރާތް ކަމަށްވާ ފިނޭންސް މިނިސްޓްރީގެ ވަޒީރަކަށް ހުންނަމީހާއަށް ދީގެން ތިބޭނަމަ ދުވަހަކުވެސް މިނޫންގޮތެއް އަހަރުމެނަކަށް ނޯންނާނެ. ތިޔ ދަރަނިދޫކުރި ކުންފުނީގެ އެމްޑީއާއި ކުންފުނީގެ ބޯޑް އަދި އެވަގުތު މާލީ ވަޒީރަކަށްހުރި މީހާއާއި ދެކޮޅަށް ވެސް ދައުލަތުން ދައުވާ ކުރަން ޖެހޭނެ ކަމަށް ދެކެން.
ކޮންތާކުން
30 July 2025
އެމްޑީޕީން އެބުނީ ތެދެއްވިއްޔާ ހުކުމު އިންސާފުވެރިބާއޭ ވެސް ހިތަށް އަރާ...
ފުރޭތަ1
30 July 2025
ސަރުކާރު ކުންފުންޏަކުން ރަށްޔިތުންގެ މިލިއަނުން ފައިސާ ނަގައިން އަހަރު ތަކެއް ފަހުން އެހެން ތާކުން ލާރި ނުލިބިގެން ނުދެއްކިގެންނޭ ބުނެވޭނެތަ
ފުރޭތަ1
30 July 2025
ސަރުކާރުގަ ތިބޭ މީހުން ރަށްޔިތުންގެ ފައިސާ ކެމްޕެއިނަށް ބޭނުންކުރާ ގޮތް މީ. ދެން ދައުރެއްގަ ވެރިކަމަށް އާދެވިއްޖެޔާ ދައްކަންވެސް ނުޖެހޭނެ،، ޑީއާރުޕީން ނެގި ރަށްޔިތުންގެ ފައިސާ އަށް ޒިންމާވާނެ މީހަކު ނެތް ކަމަށް އެޔޮތީ ނިމިފަ