އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ: މިނިސްޓްރީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިމާމުން ތަމްރީން ކުރުން. -- ފޮޓޯ: މިހާރު
13 ފެބުރުއަރީ 2024 - 10:11
އިމާމުން ތަމްރީންކުރަން އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު އިއުލާންކުރި ގައުމީ މަޝްރޫއުގެ ފުރަތަމަ ބުރުގައި އިމާމުންނާއި ހަތީބުންގެ 20 މީހަކު މައްކާއަށް ފޮނުވަން ނިންމައިފި އެވެ.
ދީނިީ އިލްމުގެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކަށް ފޮނުވައިގެން އިމާމުން ތަމްރީންކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ އިރު އޭގެ ތެރޭގައި އަރަބި އިސްލާމީ ގައުމުތަކާއި އެ ނޫން ވެސް އިސްލާމީ ބޮޑެތި ޔުނިވަސިޓީތަކަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ އިމާމުންނާއި ހަތީބުން ތަމްރީނު ކުރުމުގެ ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިވުމަށް 20 މީހުން އަންނަ ހުކުރު ދުވަހު ފުރާނެ ކަމަށެވެ. ދެވަނަ ޕްރޮގްރާމުގައި ބައިވެރިވުމަށް ބައެއް އިމާމުން އަންނަ އެޕްރީލް މަހު ފުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްތަކުގައި ބައިވެރިވާން މި އަހަރުގެ ތެރޭގައި މިސްރާއި މެލޭޝިއާ އާއި ބުރޫނާއީގެ އިތުރުން އިންޑޮނީޝިއާ ވެސް ފުރާނެ ކަމަށެވެ.
މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ މިސްކިތްތަކުގައި ތިބި އިމާމުންނަކީ އިލްމީގޮތުން ފުދުންތެރި، ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ | މިހާރު
ރާއްޖޭގައި ތިބި ހުރިހާ އިމާމުންނާއި ހަތީބުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއުގައި ގއ. ގެމަނަފުށީގައި ވެސް އިއްޔެ ވަނީ ތަމްރީން ޕްރޮގްރާމެއް ފަށައިފަ އެވެ. އެ ޕްރޮގްރާމްގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވެ އެވެ.
މި އަހަރު ނިމޭއިރުގައި ރާއްޖޭގައި މިހާރު ތިބި ހުރިހާ އިމާމުން ވެސް އެ ޕްރޮގްރާމް ނިންމާފައި ތިބި ބައެއްގެ ގޮތުގައި ހެދުމަކީ މިނިސްޓްރީގެ އަމާޒެކެވެ.
އޭގެ އިތުރުން ޑިގްރީ ހަދާފައި ތިބި އިމާމުންނަށް މާސްޓާސް ހަދަން ސްކޮލަޝިޕްގެ ފުރުސަތު އަދި މަސްޓާސް ނިންމަވާފައި ވާނަމަ ޕީއެޗްޑީއަށް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދެއްވައި އިމާމުންގެ މުސާރައަށް ވެސް ރަނގަޅު ބަދަލެއް ގެންނަން މަސައްކަތްކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާހިޒް
15 February 2024
އިމާމްކަން ކުރަން ބޭނުންވެފަ ތިބި ޒުވާން ކުދިންނަށް ލިބުނު ރަނުގެ ފުރުސަތެއް މީ
މަނީހް
15 February 2024
ދީނަށް ލޯބި ޖެއްސުމަށް ކުރަމުންދާ މަސައްކަތަށް އައްސަރިބަހާ ސާބަސް.
މުއިއްޒު
13 February 2024
ކޮބާ އަހަރެނެން ބެންކޮކަށް ފޮނުވާނަމޭ ކިޔާފަ ކިހިނެއް ތިހެދީ. ތިވީގޮތުން މަ ދިއުން ހުއްޓާލައިފިން.
ވުޟޫ66
13 February 2024
ވުޟޫ ކުރާނެ ގޮތުގެ ޓްރެއިނިންގ ހަދަން ފޮނުވަންވީނު.
އިސްރާފު
13 February 2024
އަޖައިބު ހީވޭ. މިހާރުވެސް އިމާމްވެ ނަމާދު ކުރާމީހަކު، ނަމާދު ދަސްކޮށް ޓްރެއިނިންއަށް މައްކާއަށް ފޮނުވަންޖެހޭ ސަބަބެއްނެތް. މިރާއްޖޭ އިމާމުން ނުދަންނަ މޮޅޮގޮތްތަކަކަށް މައްކާގައި ނަމާދު ކުރަނީތަ؟ ނަމާދަކީ ﷲ އަށް ޓަކައި ކުރާ އަޅުކަމެއް، އޭގެ ރުކުންތަކާއި ވާޖިބުތައް ރަނގަޅަށް އަދާކުރެވުނީމައިއެ ނިމުނީ. ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ހުނަރު ކޯޗުންގެ ގާތުން ހޯދާ ބީދައިން ކުރާކަމެއްނޫން
އިބްރ
13 February 2024
އެމްދީޕީން ފޮނުވީ އިންޑިއާއަށްތޯ
އޒ ޒާހިރު
13 February 2024
ތި 20 މީހުންގެ ތެރޭގަ މުގައްދަސް ރަށްފުޅުގެ ކިތައްމީހުންތޯއާ ރަށްފުށުގެ ކިތައްމީހުންތޯ ސާފުކޮށްލަން ބޭނުން. އަދި ތި 20 މީހުން ނިމިގެން އަންނައިރު ކޮން ލެވެލްއަކަށްތޯ ތަމްރީނުވެފަ ތިބޭނީ؟ ވެދުމާއި ސަލާމް
ތިހާމް އަލީ
13 February 2024
މިއީ ދީނީ ކަންކަން ކުރިއަރުވަން ވަރަށް މަސައްކަތް ކުރާ ސަރުކާރެއްކަން އެބަފެނޭ.
މުހައްމަދު އިނާޔަތު
13 February 2024
މިއީ ސަތޭކައިގެ ސަރުކާރެއް. ޝުކުރިއްޔާ
އެޑަމް
13 February 2024
ތިޔަތަނައްފޮނުވާމީހުން ކިހާއަވަހަކައް ކޯސްނިންމާނެބާ?