މައްކާ ރޫޓް އިނީޝިއޭޓިވްގެ އިސް ވަފުދެއް ރާއްޖޭގައި މަސައްކަތް ކުރައްވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
23 މެއި 2025 - 14:23
ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާހުކުރުމުގެ ތާރީހީ ޖަލްސާއަށް ސައުދީ އަރަބިއްޔާގެ މަތީ ފެންވަރުގެ ވަފުދުގެ ބޭފުޅުން މިއަދު ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ ގޮތަށް ސައުދީ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގައި މި މަހު ރާއްޖެ ވަނީ ހިމަނައިފަ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ އެ ހިދުމަތް ފަށަން ސައުދީގެ ހައްޖު މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި އިމިގްރޭޝަން ހިމެނޭހެން މަތީފެންވަރުގެ 42 ބޭފުޅަކު ވަޑައިގަންނަވާނެ ކަމަށެވެ.
އެ ވަފުދުގައި އިސްކޮށް ވަޑައިގަންނަވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ފޮރިން މިނިސްޓަރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލް އަޒީޒު އަލްޔަހްޔާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ހިދުމަތް ރާއްޖޭގައި ފަށަން ވަޑައިގެންނެވި އެޑްވާންސް ޓީމުގެ ބޭފުޅުން އިސްލާމިކް މިނިސްޓަރު ޝަހީމާ ވެލާނާ އެއާޕޯޓުގެ ލައުންޖުގައި ބައްދަލުކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މައްކާ ރޫޓް އިނިޝިއޭޓިވް އަންނަ ހޯމަދުވަހު އިފްތިތާހުކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.
"ރަސްގެފާނު ސަލްމާންގެ ހާއްސަ އިރުޝާދުގެ ދަށުން މައްކާ ރޫޓްގައި ރާއްޖެ ހިމެނުއްވީ މިކަމުގައި ގައުމުތަކަށް ކަނޑައަޅާފައި އޮންނަ ހުރިހާ ޝަރުތަކުން ރާއްޖެ އިސްތިސްތިސްނާކޮށް ހާއްސަކަން ދެވިގެން،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މައްކާ ރޫޓް އިފްތިތާހްވުމުން ހައްޖުވެރިން ޖިއްދާ އެއާޕޯޓްގެ އިމިގްރޭޝަންގައި، ޕާސްޕޯޓްގައި ސްޓޭމްޕް ޖެހުމާއި ލަގެޖް ނަގަން މަޑުކުރަން ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭ އިރު، ލަގެޖް ވެސް ލިބޭނީ ހޮޓަލަށެވެ.
ހައްޖުވެރިން ފުރުމުގެ އިންތިޒާމްތަކާއި މައްކާ ރޫޓް ތަންފީޒުކުރުމުގެ ތައްޔާރީތަކަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީއާއި ހައްޖު މިނިސްޓްރީއާއި އިމިގްރޭޝަންގެ މަތީފެންވަރުގެ އެޑްވާންސްޓީމް ރާއްޖެ ވަޑައިގެންފި. #Hajj1446#MVIaffairs#MvHajj1446#Hajjmission1446 pic.twitter.com/dpuW09RClz
— Ministry of Islamic Affairs (@MVIaffairs) May 16, 2025
ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ރަސްމީކޮށް އިސްތިގުބާލުކުރާނެކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ މިއީ ޖިއްދާ އެއާޕޯޓްގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ތާރީހީ ފަސޭހަކަމެއް ކަމަށެވެ.
ސައުދީގެ އިސް ބޭފުޅުން މިއަދު ވަޑައިގަންނަވާއިރު، މި މަހުގެ 16ގައި އެޑްވާންސް ޓީމެއް ވަނީ ރާއްޖެ އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާރިރޫޓް11
24 May 2025
ތިޔަކަހަލަ ބައިވަރު ރޫޓްތައް އެކި އެސްޓެބްލިޝްމަންޓްތަކުން ގެންގުޅޭ. އަދި މީހުންނަށް އެކިގޮތްގޮތުްން ވިއްކާ. ޖެރޫސަލަމް ރޫޓް، ބޮދްގަޔާ ރޫޓް، ކުމްބްމޭލާ ރޫޓް، ސެންޓިއާގޯޑިކޮމްޕޮސްޓެލާ ރޫޓް މިހުރިހާ ރޫޓްތަކުންވެސް ކުރަނީ އެއްކަމެއް. ފައިސާ.
ގަރީނު
24 May 2025
ޝަހީމު އަދި ބުންޏެއްކަމަކު ނޫސްވެރިން ޖެހޭ ތިއީ މަތީ ފަންތީގެ ވަފްދެއްތޯ ކަށަވަރުކުރަން.
ސަކޭމް11
24 May 2025
އެތައް ބަޔަކު ކައިރީގައި ބަލަންތިއްބާ ބަނޑަށްޖެހެމުންދާއިރު ޖެހިގެން ތިބި އަވައްޓެރިން މިއުޅެނީ ގައުމަށް ގިނަ ލާރި ވައްދާނެ ގޮތްތައް ހޯދަން. ދެން ތިބި މީހުން މިއުޅެނީ އަނެއްކޮޅުގެ ގެރެންޓީ ހޯދަންވެގެން ހުރިހާ ލާރިއެއް ޚަރަދުކޮށްލަން. މިވަރުގެ ސްކޭމެއް ދުށިންތަ.
ސަލީމު އިދުރީސް
24 May 2025
ސައުދީ އިމިގުރޭސަން އޮފީސް ހުންނަނީ ރާއްޖޭގަތޯ؟ ރާޖޭގެ އުފެއްދުން ތެރިކަމުން 1000 އަހަރުން ނުލިބޭހާފައިސާ އެމެރިކާއައް ހިލޭދީފަ ދިވެހިން ގުބޯހައްދަނީ! ސަހީމު ބުނީއަރަބިން ކެއްޔާ ދިވެހިން ތިބޭނީ ކައިގެނޭ! އެމަކު ޖެހިގެންއޮތް ފަލަސްތީނުގަ މިހާރު އެދަނީ އެތައަބަކު ބަޑަން މަރުވަމުން! ސަހީމުމެންގެ ތިބާވަތުގެ ދަޅަދެއްކުމައް ހެއްލޭނީ ސަރުކާރައް ވޯޓުދިން މީހުން
މަ ބުނީ
24 May 2025
ވަފުދުގައި ޕްރިންސެއް ވަޑައިގެންނެވިނަމަ އަޅުގަނޑުގެ ސަލާމް ދަންނަވާލަދެންވަވާ ޕްލީޒް.