ދުންޔާ މައުމޫން ޕީޕީއެމް ދިދަ އެއް ހިފައިގެން ޕްރައިމަރީގެ ކެމްޕެއިންގައި: އަމިއްލަ ގޮތުން ވާދަކުރަން ވަނީ ނިންމައިފައި
14 ފެބުރުއަރީ 2024 - 12:23
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތުން އިންތިހާބު ވާދަކުރުމަށް ފޯމު ހުށަހަޅުއްވައިފި އެވެ.
މަޖިލިސް އިންތިހާބަށް އެންމެ ބޮޑު ޕްރައިމަރީއެއް ބޭއްވީ ޕީޕީއެމް/ޕީއެންސީ އިންނެވެ. އެ ދެ ޕާޓީން އެކުގައި ބޭއްވި ޕްރައިމަރީ އަށް 73 ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރި އެވެ. އިންތިހާބުން ކާމިޔާބުވި ކެންޑިޑޭޓުންގެ ފަހަތަށް ގިނަ ކެންޑިޑޭޓުން އެރި ނަމަވެސް، ބައެއް ކެންޑިޑޭޓުން ވަނީ ޕީޕީއެމް/ޕީއެންސީ އިން ވަކިވެ، އަމިއްލަ ގޮތުން ވާދަކުރަން ނިންމަވައިފަ އެވެ.
ހުރާ ދާއިރާ އަށް ވާދަކުރެއްވި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމަށް ވެސް ޕްރައިމަރީ ކާމިޔާބެއް ނުކުރެއްވުނެވެ. ނަމަވެސް، އޭނާ ވަނީ ދާއިރާގެ ގިނަ މީހުންގެ އެދުމުގެ މަތިން ކަމަށް ވިދާޅުވެ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވައިފަ އެވެ. އެގޮތަށް ނިންމެވިކަން އޭނާ އިއުލާން ކުރެއްވީ ދާއިރާގެ ރަށެއް ކަމަށްވާ ހިންމަފުއްޓަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން މީހުން އެއްވެފައިވާ ތަން ފެންނަ ވީޑިއޯއަކާ އެކު އެވެ.
Huraa Dhaaira
— Dr. Anara Naeem (@AnaraNaeem) February 12, 2024
Himmafushi
Minivan candidate egge gothuga majilis 2024 ah kurimathilumah gina rayyithun vanee edhifai. pic.twitter.com/bw3rn0U6zG
އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އިއްޔެ އަނާރާ ފޯމު ހުށަހަޅުއްވާފައިވާއިރު، ޕްރައިމަރީގައި ނާކާމިޔާބުވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް މިއަދު ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފަ އެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ދުންޔާ ވާދަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ދަރިކަނބަލުން ދުންޔާއާ ވާދަކުރައްވައި، ހުޅުމާލެ ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރު ކުރެއްވީ ޝަނީޒް ހާޝިމް (ޝާންކޮ) އެވެ. އޭނާ އަށް 240 ވޯޓު ލިބުނު އިރު، ދުންޔާ އަށް ހޯއްދެވުނީ އެންމެ 70 ވޯޓެވެ.
"ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން އަޅުގަނޑު މިނިވަން ކެންޑިޑޭޓެއްގެ ގޮތުން މަޖިލިސް2024 ގައި ވާދަކުރަން ފޯމް ހުށަހަޅައިފިން. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސާބިތުވެ ހުންނާނަން،" ދުންޔާ ވިދާޅުވި އެވެ.
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ #hulhumaledhekunu dhaaira ge gina raiyyithunge ge edhumuge mathin alhugandu minivan candidate eh ge gothun Majlis2024 gai vaadha kurumah formu husha halhaifin! Raiyyithunnah khidhmaiy kurumugaai saabithuve hunnaanan Insha Allah! pic.twitter.com/NCRXVgYuzH
— Dunya Maumoon (@dunyamaumoon) February 14, 2024
މީގެ އިތުރުން މިލަންދޫ ދައިރާގެ ޕްރައިމަރީގައި ވާދަކުރި ޕީޕީއެމްގެ މަގުމަތީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުނު ނަބީލް ޒަމީރު ވެސް ވަނީ އަމިއްލަ ގޮތުން ވާދަކުރަން ނިންމައިފަ އެވެ. އަމިއްލަ ގޮތުން ވާދަ ކުރި ނަމަވެސް، ނަބީލް އިންތިހާބަށް ނުކުންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާ އެކު ކަމަށް ވަނީ އެނގިފަ އެވެ.
މިލަންދޫ ދާއިރާގެ ޕީޕީއެެމް/ޕީއެންސީ ޓިކެޓް ކަށަވަރުކުރީ އެ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ.
ދަތުރު މިފެށީ
— Hassan Athif (@athi_haze) February 1, 2024
"ސަރުކާާރަށް ގޮނޑި - ދާއިރާާއަށް ތަރައްޤީ"#VoteHasana#MilandhooDhaairaa#Majilis2024#DhiveheengeRaajje@Hasa_Naa @Nabyl_xamyl_ pic.twitter.com/TuFRV7oXRH
ފީޕީއެެމް/ޕީއެންސީ ޓިކެޓްގައި ފުނަދޫ ދާއިރާ އިން މުހައްމަދު މަމްދޫހު ވާދަކުރާއިރު، އޭނާއާ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި އަހުމަދު އިބްރާހިމް ފުޅު ވެސް ވަނީ އަމިއްލަ ގޮތުން ވާދަކުރަން ނިންމައިފަ އެވެ. އޭނާ ވެސް ވާދަކުރަނީ ކުރީގެ ރައީސް ޔާމީންގެ ތާއިދާ އެކު ކަމަށް އެނގިފައިވެ އެވެ.
ޔާމީންގެ ތާއިދު އޮތް 59 ކެންޑިޑޭޓަކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުމެ އެވެ. މަޖިލީހުގެ 93 ދާއިރާއެއް މި ފަހަރު އޮތް އިރު، ޕީޕީއެމް/ޕީއެންސީ އިން ހަތަރު ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރެ އެވެ. އެ ޕާޓީގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެންމެ މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީން 40 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވިއިރު އިންތިހާބުން ނާކާމިޔާބުވި ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރާ ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. ނަމަވެސް، އެ ޕާޓީން ޓިކެޓް ކާމިޔާބު ކުރި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޓިކެޓް ބާތިލް ކުރުމުން އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވެ އެވެ. އެމްޑީޕީން ވާދަކުރަނީ 82 ދާއިރާއަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމްސިއްޔާ
16 February 2024
"ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން" ގިނަ އަކީ ކޮބައިތޯ؟؟ ގިނަވާނީ %50 އަށް ވުރެން މަތިވީމަދޯ. 70 ވޯޓް ލިބުނުމީހަކު ތިހެން ބުނީމަ ލަދުވެތިދޯ.
އަހުސަން
14 February 2024
ގޯސްހެދީ ޕާޓީން· ފައިސާކޮޅަކާއިއެކު އޮޑީގެ އެތެރެއަށް ކުއްލިއަކަށްއެރިމީހުން ވަގުވޯޓްވެސްއެޅީ.
އދ
14 February 2024
ޑިމޮކްރަސީގެ ރިވެތި އުސޫލު ފުނޑު ފުނޑުކޮށްލައި އެއިގެ ރޫޙާ ޚިލާފަށް, ޕާޓީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އާނދޮގޭ ކިޔާފައި އަނެއްކާވެސް އެހެން ޕާޓީއެއްގެ ނަމުގައި ނުވަތަ އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރުމަކީ ވަރަށް ފިނޑި ނާތަހުޒީބުކަމެއް.
ޗޮކުން
14 February 2024
މިމީހުންނަށް ނުލިބުން އެދެން. ކޮންއަމިއްލައެއްތަ. ފެއިލްވިބަޔަކަށ ވޯޓުދޭނެ ކަމެއް ނެތް
ދާއިރާ
14 February 2024
މަޖިލީހުގެ ގިނަ މަސައްކަތްކުރަނީ އައުޓްސޯސްކޮށްގެން. ވީއިރު އެހައި ބޮޑު މުސާރަލިބޭ ވަޒީފާއަށް ހަމައެކަނި ތަނަވަސް މީހުނަށް ފަހިވާގޮތަށް އޮތުމަކީ ކަމުދާކަމެއްނޫނެވެ. ރާއްޖޭގެ އެންމެންގެ މެދުގައި ގުރުލައިގެން ބަޔަކު ހޮވުން ކިހިނެތްތޯ؟ އެންމެ އިންސާފްވެރިވެފައި ޚަރަދު ބޮޑުތަނުން ކުޑަވާނެކަން ކަށަވަރެވެ.
ޕޫރުބެ
14 February 2024
ވެރިކަމުގަ ތިބި މީހުންގެ ޕްރައިމަރީގަ ވަރަށް ބޮޑަށް މަކާރާއި އޮޅުވާލުން ހިނގި! ފަހުވަގުތު ގޮތްނޭންގޭ އެތައް ބަޔަކަށް ވޯޓްލެވޭގޮތްވި! ވެރިކަމުގެ ފަރާތުން ވަކި ބަޔަކަށް ކެމްޕޭނު ކުރި! ޝަރުތަކަށް ނުބަލާ އެންމެފަހުން ސޭލް އަޅުވާލި! އަނާރާއަކީ ވެރިކަމުގެ ސަޕޯޓާއެކު ނުކުމެ ބަލިވި ބޭކަނބަލެއް! މަހޖަނެއްވީީމާ މީހުންކޮޅެއް އެއްކޮށްލާ ސަޕޯޓް އޮތްކަން ދައްކާލެވިދާނެ. ވެރިކަމުގަ ތިބިމީހުންގެ ގުޅުންތެރިކަން ވަރަށް ދައް! ލަފާކުރެވެނީ މަޖުލީހުން މިމީހުންނަށް 25
ފަގުޑި
14 February 2024
މިފަހަރު މުއިއްޒުއައް ވަރައް ތާހިރު ފިލާވަޅެއް ލިބޭނެ. ބަލައްތިބޭ!
عتال
14 February 2024
ތާނަ ލިޔާއިރު އޮންނަނީ ހަމައެކަނި އަލިފު ސުކުންތަ؟ ފުރަތަމަ ސުކުންތަކާއި ސުކުން ކުރެވޭ ގޮތްތައް ދަސްކޮށްފައި، އޭގެފަހުން ކޮމެންޓް ކުރަން ފެށުން ރަނގަޅުވާނީ.
އަލީ މަނިކު
14 February 2024
އިންސާނީ ތަބީއަތް އެއީ ބައެއް މީހުންނަށް ބަލި ގަބޫލުކުރަން އުނދަގޫ ވުމަކީ! ހިނގާ ބަލަމާ! ރީތި ބައްޔަކުން ބަލި ކުރާނަން!
ޢެޑްމުންޑޯ
14 February 2024
އެމްޑީޕީ އަށް ފުރުސަތު ބޮޑުވާނެ ، ޕީޕީއެމް ޕީއެންސީ އަދި ޔާމީނު ، މިއީ ޚިޔާލު ތަފާތުވިއަސް ހަމަ އެއްބަޔެއް ، އެމްޑިޕީ އޮންނާނީ ހަމަ އެއޮތއގޮތަށް ، ބައި އަޅަން މިޖެހެނީ މިބައި ،
ސާބަސްމި
14 February 2024
އަނާރާ އަމިއްލަ ގޮތުން ވާދަކުރަނީ ކީއްކުރަން ފިރިމީހާއަށް އެއޮތީ އެހެން ދާއިރާއަކުން ޓިކެޓު ލިބިފަ. މިހެން ޕާޓީ ރޫހާ ދެކޮޅަށް އާއިލީ މީހުން މަސައްކަތްކުރާ ނަމަ ރަގަޅުވާނީ ޓިކެޓު އަތުލިއްޔާ އޭރު ދެމަފިރިން އަމިއްލައަށް ވާދަކުރާނެއެއްްނު ބޭނުން ދާއިރާއަކަށް.