22 ފެބުރުއަރީ 2024 - 09:20
މާލޭގައި ޕިކަޕެއްގެ ތެރޭގައި އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި ފިރިހެނަކާ ގުޅޭ މައުލޫމާތު އެނގޭ ނަމަ އެކަން ހިއްސާކޮށްދިނުމަށް ފުލުހުން މިއަދު އެދިއްޖެ އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޕިކަޕެއްގެ ތެރޭގައި ހުރެ، އާއްމުންނަށް ފެންނާނެ ގޮތަށް އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރު ޖެއްސި މީހާ ދަނެގަތުމުގެ މަސައްކަތް ފަށައި، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅައި އެކަން ހިއްސާކޮށްދިނުމަށް ފުލުހުން އެދުނެވެ.
އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.
— Maldives Police (@PoliceMv) February 22, 2024
2/2
ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ވީޑިއޯ އިން ފެންނަނީ ދުވާލުގެ ވަގުތެއްގައި ފިރިހެނަކު، ހަޑިހުތުރު ވައްތަރުތަކެއް ޖައްސާ ތަނެވެ.
އެ ޕިކަޕްގެ ތެރޭގައި އިތުރު ފިރިހެނަކު ހުރިއިރު އެކަން ހުއްޓުވަން އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނެ އެވެ.
އެ ވީޑިއޯއިން ވެސް ޕިކަޕްގެ ނަމްބަރު ސާފުކޮށް ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަހާ
22 February 2024
ކޮބާ ސަފާރީތެރޭގަ ވައްތަރުޖެއްސި މީހުން،
ފޮނިފޮނިޓައްޕު ކުމާރު
22 February 2024
މަށަށް ޔަގީން ދެން ތިގޮލާ ވާނީ ބޯގަޅި ގޮލައަކަށްކަން.
މިސްޓަރ ޓިނޭ
22 February 2024
މިދެން ހަމަ ބޭކާރު ކަމެއް ، ފުލުހުންނަށް އިގޭނެ އެއި ކާކުކަން، މުޅިމާލޭފަ ކެމެރާ!!! އެކަމު ގޯނިބެއަށްވިރެން ހާލުދެރަ މީހަކުހޯދަންވިއްޔާ
ޖުމާ
22 February 2024
އޭނަ އެޖެއްސީ ނޯރާ ފާތިހްގެ ޑާންސެއްނޫންތަ.
މުއާޖާ
22 February 2024
ކޮން ޤާނޫނެއްގަތޯ އޮތީ ޕިކަޕް ތެރޭގަ ހުތުރު ވައްތަރު ޖެއްސީމަ ބަލަން ޖެހޭނެއޭ! އެހެންޏާ ފަހެ ލާންޗްތެރޭގަ ހުތުރު ވައްތަރު ޖެއްސުން އޯކޯތޯ؟
ހުތުރު
22 February 2024
ނިމިދިޔަ 5 އަހަރު ޖާބެ އުޅުނީ އެހެން. އޭނާގެ ވާހަކަ އަހާލަން ވެސް ނުކެރުނު އިބޫއާ ދިމާލައް ނުގޮވާ ހުތުރު އެއްޗެއް ނެތް
ވާނުވާހޭ
22 February 2024
ތީ އާދަިއގެ މީހެއް ވީމާ ތި މީހާ ހޯދަން ވެސް ޖެހޭ. ޖާބިރު ހަމަ އެކަނި ހުތުރު ވައްތަރެއް ނޫން ޖެއްސީ. އަވަގުރާނަ ވެސް ގޮވީ. މުދަލަށް ގެއްލުން ވެސް ދިނީ. އެކަމް ފުލުހުން ކަހާތަން ހިރުވާ ވެސް ނުލާ
އޮތް
22 February 2024
ޖާބެ އަލައް ކުރިކަމެއް ނޫން ނިމިދިޔަ 5 އަހަރު އިބޫއާ ދިމާކައް ނުގޮވާ ހުތުރު އެއްޗެއް އޮތްތޯ ބަލާބަލަ
ހެހެހެެ
22 February 2024
ޖާބެ ހުރި ގޮތެއް އެއްވެސް މީހަކު ބަލާލިންތަ ؟
ފއފއ
22 February 2024
އޭނަ އެދިޔަ ޕިކަޕް ނަންބަރު އެހުރީ ފެނަން، ޕްލިހަށް އެވަރުން ޓްރޭސް ނުކުރެވޭތޯ<
މަރުމޯލުބެ
22 February 2024
ވައްތަރު ޖެއްސީ ޑްރައިވަރުތަ؟ ބޯ ކޮބާތަ؟ އެމީހާ ދަތުރު ނިމުނީމަ ފައިބައިގެން ދާނީނު؟ ޕިކަޕަށް އެނގޭތަ އެއީ ކާކުކަމެއް؟
ބޮޑުން
22 February 2024
ޖާބިރު ހުތުރު ވައްތަރު ޖެއްސު ވީޑިއޯވެސް އެބަހުރި ދޯ. އޭނަ ކީއްވެއޯ ހައްޔަރު ނުކޮށް އާދައިގެ މީހާ ހައްޔަރު ކުރަނީ؟؟؟؟؟!
އައު
22 February 2024
ޖާބެ އައް ނުކެރުނު ކުރިން ސަރުކާރައް ވެސް ކަމެއް ކުރާކައް އިބޫއާ ދިމާލައް ނުގޮވާ އައުގުރާނައެއް ނެތް
ލަތީފު
22 February 2024
ހޯދޭނެ އެތަންފެންނަހިސާބުގަ ފުލުހުންވެސްއުޅޭނެ އަވަސްކުރޭ ތިކަހަލަ ކަންތައްތަކެއް ވެގެންނުވާނެ.