ކާފަ ދަރިއާ ބެހުނު ކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ތ. ވޭމަންޑޫގައި ކާފަ ދަރިފުޅާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު އޭނާ ދޫކޮށްލީ އެ ރަށު ކޯޓުންނެވެ. އެ މައްސަލާގެ ޝަރީއަތް އެ ކޯޓުގައި ދަނީ ކުރިއަށެވެ.
އެ މީހާ މިދިޔަ ހަފުތާގައި ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް ނިންމިކަން އަދި ސާފެއް ނުވެ އެވެ.
އެ ކުއްޖާއަށް އެ މީހާ އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.
ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވޭ އެހެން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދު ކުރަން ހައި ކޯޓުން ދާދިފަހުން އަމުރުކުރި އެވެ.