މި ފަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުގެ އޮފީސްތަކުގައި ހާއްސަ އެސެމްބްލީއެއް ބާއްވައި ދޭން ދިވެހި ބަހުގެ އެކަޑަމީ އިން އެދިއްޖެ އެވެ.
ދިވެހި ބަހުގެ ދުވަހަކީ މި މަހުގެ 14 ނުވަތަ އަންނަ އާދިއްތަ ދުވަހެވެ.
އެކަޑަމީ އިން ސަރުކާރު އޮފީސްތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ، މި ރޯދަމަހުގެ ފަހު 10 ގެ ބަންދަށް ފަހު އެ އޮފީސްތައް ހުޅުވާއިރު، ހުރިހާ މުވައްޒަފުން ހިމަނައިގެން އަންނަ ހޯމަ ދުވަހު ހާއްސަ އެސެމްބްލީއެއް ބާއްވައިދޭން އެދޭ ކަމަށެވެ.
އެސެމްބްލީ ބާއްވާނީ ދިވެހި ބަހުގެ އެކަޑެމީން ބުނިގޮތުގައި، އެ ދުވަހުގެ ހެނދުނު 10:00 އިން 10:30އާ ދެމެދުގެ ވަގުތެއްގަ އެވެ. އެއީ އެ އޮފީހެއްގެ މަސައްކަތަށް ބުރޫނާރާނެ ގޮތަކަށް ކަމަށް ވެސް ބުންޏެވެ.
އެސެމްބްލީގައި ހަމަޖެއްސިދާނެ ކަންކަމުގެ ތެރޭގައި:
1. ގުރުއާން ކިޔެވުން (އޮފީސް މުވައްޒަފެއް)
2. ބަހުގެ ދުވަހުގެ ހާއްސަ މެސެޖް ދިނުން (އޮފީހުގެ އިސްވެރިއެއް)
3. ޝަރަފުވެރި މެހެމާނުގެ ވާހަކަ ދެއްކެވުން (ޝަރަފުވެރިއެއް)
4. މުވައްޒަފުންގެ ޝުއޫރު ފާޅުކުރުން (ބޭނުން މުވައްޒަފުއް)
5. އޮފީހުގެ މެސެޖް (އެންމެ އިސް ވެރިއެއް/ ވަޒީރެއް/ ރައީސް)