ޚަބަރު / ރައްޔިތުންގެ މަޖިލިސް

އާ ޕީޖީއަކު އައްޔަންކުރަން ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

މަޖިލީހުގެ ރިޔާސަތު މިރޭ ބެލެހެއްޓެވި ނާޒިމް: އާ ޕީޖީއަކު އައްޔަންކުރަން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައި

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މިރޭ ބޭއްވިއިރު، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން އެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް އާ ބޭފުޅަކު 30 ދުވަހުގެ ތެރޭގައި އައްޔަން ކުރަން ޖެހޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ނަން ފޮނުއްވަން ޖެހެނީ ރައިސުލްޖުމްހޫރިއްޔާ އެވެ. އެ ނަމާ މެދު މަޖިލީހުގެ ކޮމިޓީން ގޮތެއް ނިންމުމަށް ފަހު ޕްރޮސިކިއުޓާ ޖެނެރަލެއް އައްޔަން ކުރެވޭނީ މަޖިލީހުގެ ތަޅުމުން ވަކި ގޮތެއް ފާސްކޮށްގެންނެވެ.

މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އާ ޕްރޮސިކިއުޓާ ޖެނެރަލް އައްޔަން ކުރުމުގެ އިޖުރާއަތް ހިންގަން ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވުމުން އެ ނަން މަޖިލިހަށް އިއްވުމަށާއި ކޮމިޓީން ނިންމާ ގޮތަކާ މެދު ވޯޓަށް އެހުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދެ ޖަލްސާ ބާއްވާނެ ވަކި ތާރީހެއް ނާޒިމް ވިދާޅެއް ނުވެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރަން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދެވެ. އެ މައްސަލާގައި އެކި ކަންކަމާ ގުޅޭ ގޮތުން ޝަމީމަށް ވަނީ ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

ޝަމީމް ވަނީ އެ ތުހުމަތުތައް އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިދިޔަ ހަތަރު އަހަރާއި 8 މަސްދުވަހު މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތައައްސުބުން އެއްކިބާވެ ހުރެ މިނިވަންކަމާއެކު، އެއްވެސް ފަރާތަކަށް ޖެހިލުން ވުމެއް ނެތި، ވަކި ފަރާތަކަށް މަންފާއެއް ވެސް ހޯދައިދިނުމެއް ނެތި ކަމަށެވެ.

ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރިއިރު، އޭނާ ވަނީ އިސްތިއުފާ ދެއްވިކަން މީޑިއާއާ މިރޭ ހިއްސާ ކުރައްވައިފަ އެވެ. ނަމަވެސް، މަޖިލިހުގެ މިރޭގެ ޖަލްސާގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ވޯޓާ ހަމައަށް ދިޔައިރު ޝަމީމްގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް އަދި މަޖިލީހަށް ވެސް ލިބިފައި ނެތް ކަމަށެވެ. އެހެންވެ، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރަން މަޖިލިހުން ފާސްކުރީ އެވެ.

15 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖާދޫ

23 August 2024

އަޅުގަނޑު ރައީސްއަށް ދަންނަވާލަން އޮތީ ކޮންމެހެންވެސް މަޖްލިސް ރައީސްއާ އާއިލީ ގުޅުން އެއްވެސްގޮތަކަށް އޮތް ފަރާތެއް ޕީޖީ އަކަށް ނުގެންނަވައްޗޭ، އެހެންނޫނީ މަނިކުފާނު ބާކީ ވެދާނޭ

The name is already taken The name is available. Register?

ކަނބިލި

23 August 2024

ކޮންމެ އާ ސަރުކާރެއް އަންނައިރު މިނިވަން މުއައްސަސާތަކުގައި ތިބި އެންމެންނަށް ބަދަލުގެނައުން ހެޔޮ ވެރިކަމަކަށް ނުވޭ. ކޮންމެ ސަރުކާރަކުން ވެސް މިކަންކުރަން ޖެހޭ ސަބަބުތަކެއް ވެސް ހުރެދާނެ. ސިޔާސީ ވިސްނުމުގައި މިނިވަން މުއައްސަސާތުތަކަށް މީހުން ޢައްޔަންކުރުން. ޝަމީމަކީ މިގޮތުން ވަރަށް ސިޔާސީ ބޭފުޅެއް. ވަކި ވިސްނުމެއްގެ.

The name is already taken The name is available. Register?

ކުރިއަށް

23 August 2024

ދެން އެ މަގާމަށް މީހަކު ނެގުން ކުރިއަށް އެއޮތީ ހަމަ އެއްވެސް ސިޔާސީ ވިސްނުމެއް ނެތިތަ

The name is already taken The name is available. Register?

1181

23 August 2024

ސަރުކާރަށް ޖެއްސުުންކުރާ މީހުން ބައިތިއްބައިގެން ސަރުކާރެއް ނުހިނގާނެ

The name is already taken The name is available. Register?

ތެދެއްމިބުނީ

23 August 2024

މުހުތާޒް އަށް ޕީޖީ މަގާމްދޭން އުޅޭތާ ދުވަސްކޮޅެއްވެއްޖެ

The name is already taken The name is available. Register?

ކުއްސި

24 August 2024

އޭނާ އަނެއްކާ މުއިއްޒު ހައްޔަރުކުރަން ވަގު ކޯޓު އަމުރެއް ނުނެރޭނެބާ. އެކަނުގެ ޓްރެކް ރެކޯޑްއޮތް މީހެއް އެއީ. އަދީބުގެ ބްރޯ.

The name is already taken The name is available. Register?

ގައުމު ހަލާކު ނުކޮށް މައިތިރިވޭ

23 August 2024

ތި ހިންގީ ވަރަށް މުޑުދާރު އަމަލެއް!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 August 2024

ދައުލަތުގެ ޕްރިސިކިއުޓަރ ގެ ޙައިސިއްޔަތުން އުސްތާޒް ޝަމީމް ކުރިކަންކަމާއި ނުކޮށް ދޫކޮށްލިކަންކަމުގެ ވާހަކަ ބަހައްޓާފައި 3 ބާރު ވަކިވެފައިވާ ދިވެހި ޖުމްހޫރިއްޔާގެ ސްޕްރިމްކޯޓް ފިޔަވާ ދެވަނައަށް އެންމެ ޙާއްސަ ބާރުކަމުގައިވާ ސަރުކާރު ޒިންމާދާރުކޮށް ޤާނޫނުހެދުމުގެ ބާރުން މިހާރު (ވަރަށް ގިނަފަހަރަށް މަޖިލީހުގެކަންކަން ހުރީ މިގޮތަށް) އަމަލު ކުރަމުންދާގޮތާއިމެދު ވިސްނާލުމުން "މަޖިލީހުގެބާރު ރައްޔިތުންގެއަތުން ބީވެގެން ހިގައްޖެ" ކަމުގެ އިޙްސާސް ކުރެވޭތޯ؟

The name is already taken The name is available. Register?

ހުސްނުހީނާގެ

23 August 2024

19ވަނަ މަޖިލީހުން ކަންކަން ކުރިގޮތް ހަދާން ނެތުނީތާ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 August 2024

ސުޕްރިމްކޯޓާއި، ރައްޔިތުންގެ މަޖިލިހާއި، ރައީސުލް ޖުމްހޫރިއްޔާ ހިމެނޭގޮތަށް 3 ބާރުގެމައްޗަށް ހިންގާންޖެހޭ ދައުލަތުގެ ސިފަ 17 ނޮވެމްބަރ 2023 ގެ ވެރިކަމާއިއެކު ފެންނަމުންދަނީ ވަރަށް ނުސިޔާރު ގޮތަކަށްކަން އިގެނީ ޤާނޫނުއަސާސީން ލާޒިމްކޮށް އުފައްދާފައިވާ "ދައުލަތުގެ މަޤާމްތަކުގައި ތިއްބެވި ބޭފުޅުންނާއި މެދުގައި" ޑރ މުއިއްޒުގެ ސަރުކާރުން އަމަލު ކުރައްވަމުން ގެންދަވާގޮތުންނާއި އެބޭޅާގެ ޕާޓީގެ އަތްދަށުގައިއޮތް މަޖިލީހުގެ ސްޕަމެލޯރިޓީގެ އަމަލު ހުރިގޮތުން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 August 2024

މަލްޓިޕާޓީ ޑެމޮކްރަޓިކް ނިޒާމަކަށް ހިންގާންޖެހޭ ދައުލަތެއްގެ 3 ބާރުންކުރެ ވެރިކަން ހިންގާ ބާރުގެ ވެރިޔާ "ރައްޔިތުންގެ ވޯޓުން" އިންތިޙާބު ކުރުމަކީ އަދި މިދެންނެވި ވެރިޔާ ބައިވެރިވެވަޑައިގަންނަވާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ އެއްވެސް ޙާލެއްގައި "ހިތަކަށް" ވެރިމީހާއަށް ދައުލަތް މިލްކު ކޮށްދިނުން ކަމަށް ހީކޮށް ޤާނޫނުއަސާސީއާއި ދައުލަތުގެ ޙާއްސަ ބާރުތަކުގެ މައްޗަށް އެބޭޅާގެ ނުފޫޒު މަތިކުރާން ރައްޔިތުން ޖާގަދިނީކަމަށް ހީކޮށްގެން ނުވާނެ އިގޭތޯ.

The name is already taken The name is available. Register?

ޕަކަޅޯ

23 August 2024

ޢިލްމީ، ޤާބިލު މީހުން ދުރުކޮށް ވަކި ޤަބީލާއަކަށް ވީތީ މީހަކު ލުމުން ލިބޭ ނަތީޖާ އަދި ފެންނާނެ، މިކަހަލަ މަޤާމުތަކަށް. ޤާބިލުކަން އެނގޭނީ ވަރުގަދަ ކޮޅިގަނޑެއް ލައިގަތުމުން. އެގޮތަށް ޓެސްޓު ކުރެވި ފާސްވެފަ ހުރި މީހަކު އެ ދިޔައީ، ބޭ އިންސާފުގެ ކުރިމަތީ އިސްތިއުފާ ދީގެން.

The name is already taken The name is available. Register?

ޕީޖީ

23 August 2024

މުހުތާޒު އައްޔަންކުރަނީބާ

The name is already taken The name is available. Register?

ޢަލީބެ

23 August 2024

ނުކިޔަވާ ތިބި މީހުން ގިނަ މަޖިލީހަކުން މިފަދަ ނިންމުން ނިންމީމާ ވަރަށް ހިނި އާދޭ. ގައުމުގެ އެންމެ އިލްމީ ދާއިރާތަކުގެ ފަހު ބަސް އިންވަން ޑިގްރީ ސެޓްފިކެޓެއްވެސް ނެތް މީހުން ގިނަ ކުޅޭ ކުޅޭ މަޖިލިސް. ޜައްޔިތުން ހޭލަން ނުވޭތޯ؟ މަޖިލީހަށް ހޮވަންވީ ކިޔަވައިގެންތިބި ކަންކަމަށް އޮށްޓަރުހުރި ވާހަކަ ދައްކަން އެގޭ މެންބަރުން. އެއްވެސް ޕާޓީއަކަށް ބަލާނެ ކަމެއްނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454