ޚަބަރު / ހުސައިން ޝަމީމް (ޕީޖީ)

ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާ ދެއްވައިފި

ޕީޖީ ޝަމީމް: މަގާމުން އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގައި މިރޭ ކުރިއަށް ގެންދަނިކޮށް.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމުން ހުސައިން ޝަމީމް އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގައި މިރޭ ވޯޓަށް އަހަން ޖަލްސާ ކުރިއަށް ގެންދަނިކޮށެވެ.

ޖަލްސާ ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ޝަމީމް ވަނީ އިސްތިއުފާ ދެއްވުމަށްފަހު، އޮފީހުން ނުކުމެވަޑައިގެންފަ އެވެ. އޮފީހުން ނުކުމެވަޑައިގެންނެވިއިރު، ޕީޖީ އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުން ރަތް ދޫލައިގެ އަލްވަދާއު އެއް ޝަމީމަށް ކިޔާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފަ އެވެ.

ޝަމީމް ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން އާންމުކޮށް އިއުލާނު ކުރުމަށްފަހު އެ ކަންކަމަށް އޭނާ ޖަވާބުދޭން ބޭއްވި ކޮމެޓީ އާންމުންނަށް ސިއްރު ކުރުމަކީ އަދުލު އިންސާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.

"މިކަންކަމާ އިހުތިޖާޖުކުރުމުގެ ގޮތުން، ގާނޫނުއަސާސީގެ 226 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" މީޑިއާއަށް ޝަމީމް ހިއްސާ ކުރެއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީސް ވަގުތީ ގޮތުން ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވީ ޑެޕިއުޓީ ޕީޖީ މަހްމޫދު ސަލީމް ކަމަށެވެ.

ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ޖުޑިޝަރީ ކޮމިޓީއަށް ޝަމީމް ހާޒިރުކުރި އެވެ. ބައްދަލުވުން ސިއްރު ނުކުރަން އެދި ޝަމީމް ސިޓީއެއް ފޮނުއްވި އެވެ. ނަމަވެސް، ޝަމީމަށް ޖަވާބުދާރީވާން ފުރުސަތު ދިނީ ސިއްރުކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމަށް ފަހު ޝަމީމް ވަކިކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ފާސްކޮށް، މައްސަލަ ތަޅުމަށް ފޮނުވި އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލާގައި ފާހަގަކޮށްފައިހުރި ތުހުމަތުތަކަށް ޝަމީމް ވަނީ އިންކާރު ކުރައްވައިފަ އެވެ. ޝަމީމް ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫން ކަމަށާއި އެއީ މީގެ ކުރިން ޖަވާބުދީ ބާވެފައި ހުރި މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ޕީޖީ އޮފީހުން މީގެ ކުރިން ނެރެފައިވާ ރިޕޯޓުތަކާއި ލިޔުންތަކާއި މަޒުމޫނުތައް މެންބަރުން ވިދާޅުވެ ދިރާސާކޮށްލި ނަމަ މިފަދަ ތުހުމަތުތައް ކޮށް މަޖިލީހުގެ ވަގުތު ނަގާލަން ނުޖެހޭނެ އެވެ.

"އަޅުގަނޑުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ މަގާމުން ވަކި ކުރަން ބޭނުންވެގެން ކޮށްފައިވާ ތުހުމަތުތަކެއް. އެއީ މީގެ އެތައް މަހެއް ކުރިން ޖަވާބުދީފައި ހުރި ފެން ނުހިފޭ ތުހުމަތުތަކެއް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެ ތުހުމަތުތައް ކުރުމުގެ ބަދަލުގައި މަގާމުން ވަކި ކުރަން ބޭނުން ވެގެން އެ ވާހަކަ ވިދާޅުވި ނަމަ ވެސް އެކަން ކުރެއްވީހެވެ.

"ތުހުމަތުތަކަކީ ރަނގަޅު ނިޔަތެއް އޮވެގެން ކުރައްވާފައިވާ ތުހުމަތުތަކެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ ޒާތުގެ ހަގީގަތާ ހިލާފު ތުހުމަތު ނުކުރައްވައި، އަޅުގަނޑު ގާތު މަގާމުން އިސްތިއުފާދޭން ވިދާޅުވި ނަމަ އަޅުގަނޑު މިހުރީ އިސްތިއުފާދޭން ވެސް ތައްޔާރަށް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ސަރުކާރު ބަދަލުވުމުން ބައެއް މިނިސްޓަރުންނާ ބައްދަލުވުމުން އޭނާގެ މަސައްކަތާ ބެހޭ ޝަކުވާއެއް އޮތްތޯ ކުރިން ބައްލަވާފައިވާ ކަމަށެވެ. އެގޮތަށް ބައްދަލު ކުރެއްވި ހަތް މިނިސްޓަރަކާއި އެ ފެންވަރުގެ އެހެން ބޭފުޅުން ވެސް ޝަމީމް މަގާމުގައި ދެމި ހުރުމަށް ލަފާ ދެއްވާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭގެ އިތުރުން އެންމެ ފަހުން ބޭއްވި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވެސް އެއްވެސް މެންބަރަކު އެފަދަ ތުހުމަތެއް ކުރައްވާފައި ނުވާ ކަމަށާއި އެފަދަ ޝަކުވާއެއް ވެސް ފާހަގަކޮށްފައި ނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. ޕީޖީއަށް ތުހުމަތު ކޮށްފައިވާ މައްސަލަތައް:

- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން.

- މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން.

- ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީ އާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން.

- ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން.

- ޝަމީމް ވަނީ ބަނގުރާ އާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން.

- އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން.

- ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން.

- ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.

6 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 56%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 44%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަންދަލޫސިޔާ

23 August 2024

ސަރުކާރުން ބޮލާފޮށާއެޅޭނެތީ ކޮމިޓީ ސިއްރުކުރީ!

The name is already taken The name is available. Register?

ގޯޅި ކެފޭ

22 August 2024

ވަރަށް އުފާވެރި ހަބަރެއް. މަހަމޫދު ސަލީމް ވެސް ވަކިކުރޭ. އެއީ ޕީޖީ އޮފީހުގެ ހަލާކު

The name is already taken The name is available. Register?

ޢަލްޓިކޯ

22 August 2024

ތިހެން ވާންޖެހޭނެ ކިޔަވާގެން ތިބި ޖީލެއް މީ ތުހުމަތު ކުރީމަ ދުރަށް ދާންވީ އެހެން ބޭފުޅަކަށް ފުރުސަތު ދޭންވީ

The name is already taken The name is available. Register?

އަށްކޮ

22 August 2024

މިގައުގައި މަދި އިޚްލާސްތެރިން، އީމާނެއްގެ މަތީ ހުރި މިފަދަފޭފުޅަކު އިސްތިއުފާ ދިނުމަށް މަޖުބޫރުވުމީ ނިކަމެތިކަމެއް. ޝުކުރިއްޔާ ކޮއްދެއްވި މަސައްކަތައް. މާތްރަސްކަލާންގެ ރަހުމަތް ލަވާޝި.

The name is already taken The name is available. Register?

ސުވާލެއް!!!

22 August 2024

ކީއްވެތަ ޕީޖީގެ މޫނު އެހާ ކްލޯސްއަޕް ފޮޓޯލަނީ. ދެތިން ހަބަރުން ފެނުނީމަ އަހާލީ. މިނޫނީ މީހެއްގެ މިހެން ފޮޓޯ ލާތަން ނުފެންނާތީ ހަމަ އަހާލީ. އޮނެސްޓް ރިޕްލައިޒްް ޕްލީޒް.

The name is already taken The name is available. Register?

އަ ބިގް ފޭން.

22 August 2024

އަލުން ޓުވިޓަރގެ ދުނިޔެ އިން އަޅުގަނޑުމެން ނާ ބައްދަލު ކޮށްލައްވާނެ ކަމަށް އުއްމީދު ކުރަން. ޝުކްރިއްޔާ ސެމްބެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454