ޚަބަރު / ޕީޖީ އޮފީސް

ޖަލަށް ޑްރަގާއި ފޯނު ވައްދާ ނެޓްވޯކުގެ ފަސް އޮފިސަރެއްގެ މައްޗަށް ދައުވާ ކޮށްފި

މާފުށީ ޖަލަށް މަނާ ތަކެތި ވައްދާ ކަމަށް ތުހުމަތުވާ އޮފިސަރުންގެ ތެރެއިން ފުލުހުން ވަނަވަރު އާއްމުކުރި މީހުން: މީގެ ތެރެއިން ދައުވާ ކޮށްފައިވަނީ ފަސް މީހުންގެ މައްޗަށް-- ފޮޓޯ | ޕޮލިސް

މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާ ކަމުގެ ތުހުމަތު ކުރެވޭ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި އޮފިސަރުން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 28ގަ އެވެ. ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ކުރާ ތުހުމަތާ ގުޅިގެން ބެލިއިރު، މި އޮފިސަރުންގެ މައްޗަށް ތުހުމަތުވާ ހެކިތައް ހުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މީގެ ތެރެއިން 13 މީހެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، މި މައްސަލާގައި ހިމެނޭ ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ދައުވާކުރި މީހުން:

1. ޖިނާޙް އަބްދުއްރަޙީމް، ރ. އުނގޫފާރު، އައިވަރީހައުސް

2. އަލީ ހިޝާމް، ކ. މާފުށި، ބީޗްހައުސް،

3. އަލީ ނާޒިމް، ހދ. ނޭކުރެންދޫ، ތަރާނާގެ

4. މުހައްމަދު ފަތޫހު ފަތުހުﷲ، ގއ. ވިލިނގިލި، ކުއްޅަވައްގެ

5. އަލީ އަސްފާގް، ނ. ލަންދޫ، ކާމިނީގެ

މީގެ ތެރެއިން ޖިނާޙް އަބްދުއްރަހީމާއި އަލީ ހިޝާމްގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފަ އެވެ. އެއީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާ އުފުލާފައިވާ ދެން ތިބި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މިވަގުތަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި، މައްސަލާގެ ތަހުގީގު އަދިވެސް ފުލުހުން ކުރިއަށް ގެންދާތީ އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

މި އޮޕަރޭޝަނަށް ފަހު ފުލުހުން ބުނެފައިވާ ގޮތުގައި، އެ ކުށް ކުރުމުގައި ޖަލު އޮފިސަރުންގެ 18 މީހަކު ބައިވެރިވި އެވެ. އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.

އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

12 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 8%
icon inlove icon inlove 54%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިލޮށިފަތި

25 August 2024

ފެއިލްޑް ސްޓޭޓް ގެ ކޮމެންޓަށް: ދުވާލަކަށް އެވެރިން ހޯދާ /-50،000.

The name is already taken The name is available. Register?

ޙެހެހ

24 August 2024

ވެއްދި މީހާ ކުށްވެރި. ޥެއްދެވިމީހާ އޯކޭ.

The name is already taken The name is available. Register?

ގޭންގޭ

24 August 2024

ކޮބާތަ ގޭންގުތައް؟

The name is already taken The name is available. Register?

ހޯޕް ލެސް

23 August 2024

18 މީހުންގެ އެކައުންޓަށް 73.6މިލިއަން ވީމާ އެއީ އެވަރެޖްކޮށް ކޮންމެ މީހަކަށް 4 މިލިއަން ރުފިޔާ. އަހަރެންގެ މުސާރައަކީ 15،000 ގޭ ކުއްޔަކީ 18،000. އަހަރެންވެސް މި ގަސްތުކުރަނީ މިޤައުމުގައި އުޅެންވީ އަސްލު ގޮތަށް އުޅެން. ދެން ކަންކަން އިސްލާހުކުރާ ވާހަކަ ދެއްކުން ނިމުނީ.

The name is already taken The name is available. Register?

ތީ މިހާރުވެސް ކުރާކަމެއް

24 August 2024

ތީ ބޭޅާ ކުރިންވެސް އުޅެމުން އައިގޮތް. އަލަށް ފަށަން އުޅޭ ގޮތެއް ނޫން. އެހެންނޫނީ 15 ހާސް މުސާރަ ލިބޭ މީހަކު 18 ހާސް ރުފިޔާގެ އެޕާޓްމަންޓް ކުއްޔަށް ހިފައިގެން އުލޭނެތަ؟ ކޮބާ އަދި އެހެން ޚަރަދު؟ އެހެންވީމަ މީގެ ކުރިންވެސް އެފައިސާ ހޯދަމުން ތި ދިޔައީ.

The name is already taken The name is available. Register?

ވަގަށްނުގޮވާ ހިސާބު ދަސްކުރޭ

24 August 2024

އަހަރެން ނޫނަސް ބައިވަރު އާއިލާ އުޅޭނެކަން ޔަގީން، ދެމަފިރިން ކުރެ އެކެއްގެ މަހު މުސާރައިން ގޭގެކުލި ހަމަނުވާ.

The name is already taken The name is available. Register?

29ޢަހަމަދު

23 August 2024

މިއަދު ޕީޖީ އިން ހެކި ނެތް ކަމަށް ބުނެ ތި 5 މީހުން ނޫން އެންމެން ދޫކޮށްލައިފި.

The name is already taken The name is available. Register?

ޖާދޫ

23 August 2024

ތި މީހުން ޖަލުގައި ބައިތިއްބަން ޖެހޭނީ ތިމީހުން މަނާތަކެތި ހޯދަން ބުނި މީހުން ތިބި ގޮޅިތަކުގައި

The name is already taken The name is available. Register?

މަމެން1

23 August 2024

މި ޖީލުވެސް ހަލާކުގެ ތެރޭގަ ދޯ؟ މުޅީންވެސް ނޫސްތަކުން ފެންނަނީ 20 ގެ އަހަރުތަކުގައި އުޅޭ ކުށްކުރާ ޒުވާނުން. ހިތާމަ ކުރަން. ދެން ކޮން ޤައުމެއްތޯ؟ އެއް ޖީލަކަށް ފަހު އަނެއް ޖީލެއް ހަލާކު ވެ ހިގައްޖެ.

The name is already taken The name is available. Register?

ފެއިލްޑް ސްޓޭޓް

23 August 2024

އަހަންނަކީ 26 އަހަރުގެ ހަލާލު މައްސަކަތުން ފައިސާ ހޯދާ ޒުވާނެއް. ވަޒީފާއަށް ބަރާބަރަށް ދަން. އިތުރުވަގުތު ފްރީލާންސް މަސައްކަތް ކޮށްގެން ފައިސާ ހޯދަން. ސިގެރޭޓް ޑްރަގްސް ބޭނުމެއް ނުކުރުން. މިހާ ބުރަކޮށް އުޅެގެންވެސް އަހަންނަށް ގެޔަށް ގެނެވެނީ މަހަކު /-25،000ރ. މަގުމަތީ ހަކުރުވިއްކާ މިހާ އެބަ ޖައްސާ މަހަކަށް /-50،000. ދެން ބުނެބަލަ. ގޯހީ ޒުވާނުންތަ ނޫނީ މި "ސިސްޓަމް"ތަ؟ ގުދޯ ނުގޮވާ!

The name is already taken The name is available. Register?

މުޑަހަންޖާ

23 August 2024

18 މީހުން ބައިވެރިވިކަމަށް ފާޅުގަ ނޫސްތަކުގަ ފޮޓޯޖަހާފަ މިހާރު އެބުނަނީ ހެއްކެއްއޮތީ 5 މީހުންގެއޭ، އެހެންވީމާ ހެއްކެއްވެސްނެތި ބާކީމީހުން އެތިބީ އަބުރުކަތިލާފަނޫންތޯ. ދިވެހި ރައްޔިތުންގެ އަބުރާއި ކަރާމަތަށްނުބަލާ މިކަހަލަ ކަންކަން ކުރުމާއި އަހަރެމެން ދެކޮޅު.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

23 August 2024

ޝަމީމު އެހުރީ ދުރުކޮށްފާ. ދެން ރަނގަޅުވާންޖެހޭނެތާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454