ބައްސާމް: އޭނާ ވަނީ ޖަލުގެ ގޮޅިން ނުކުންނަން ދެކޮޅު ހަދާފައި
16 ނޮވެމްބަރ 2025 - 10:09
އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލައި އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ، ބައްސާމް އަދީލް ޖަލީލު ޖަލުގެ ގޮޅިން ނުކުންނަން ދެކޮޅު ހަދަމުން އެބަދެ އެވެ.
އެކަމަކު އެއީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ނޭނގެ އެވެ.
އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން އެ ތަނުގެ ކުރީގެ ރައީސް ބައްސާމް ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 8:15 އަށް ތާވަލުކޮށްފައިވެ އެވެ.
ނަމަވެސް، މިހާތަނަށް ވެސް އެ އަޑުއެހުން ފެށޭ ގޮތް ވަނީ ނުވެފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ބައްސާމްގެ ޝަރީއަތުގެ އަޑުއެހުން ނުފެށި ލަސްވަނީ ޖަލުގެ ގޮޅިން އޭނާ ނުކުންނަން ދެކޮޅު ހަދަމުންދާތީ ކަމަށެވެ. އޭނާ ގޮޅިން ނެރުމުގެ މަސައްކަތް ކަރެކްޝަން ސާވިސްއިން ކުރަމުން އަންނައިރު، އަޑުއެހުން އަދި ކެންސަލް ނުކުރާ ކަމަށް ކޯޓުން ބުންޏެވެ.
އެފްއޭމްއެމް އަށް ފީފާއިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ދައުލަތުން ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ބުނެފައިވަނީ ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ.
އެ ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވަކީލުން ފާހަގަކުރި އެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.
ނަމަވެސް ގާޒީ ނިންމެވީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު، އެ މައްސަލާގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެެވެ.
އެ މައްސަލާގައި ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓް ހައުސްއެއް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަށީދު
17 November 2025
މޮޅުމީހާއަށް މޮޅުގޮތް. ދެރަމީހާއަށް ދެރަގޮތް. ދެއްތޯ!
ސަލާމަތެއްނެތް
16 November 2025
ގޮޅިއަށް ވަދެއްޖެއެންނުން ބާއްވާ!
ބަޑިތަކުރު
16 November 2025
އެތަނުން ނުކުންނަށް ބޭނުންނަވަންޏާ ޣައިރު ހާޒިރުގައި އުމުރަށް ޖަލަށް ހުކުމްކޮށްލަންވީނު. އޭރުން އޭނާ ހުންނަން އެހާ ބޭނުންވާ ތާނގައި ހުރެވޭނެ. ބޮޑާހާކާލައިގެން ބޭނުންހާގޮތެއްވާކަން އެނގޭތީ އެހެން އެވަނީ.
މިންނާ
16 November 2025
އަޅެ އެފައިސާ ދިނީ ބައްސާމް އަމިއްލަ ކަންތައްތައް ކުރަން ބާ؟؟ ގަންނާނެ ގަނޑެއްގަނެ ލާރިގަނޑު ކައިފަ ދެން ކޮން ކުޅިވަރެއް މީ ؟
1181
16 November 2025
މައިބަދައިގެ ޑިސްކެއް ގުޑީތަ؟
ާއުދުހޭ
16 November 2025
ޑިސްކް ގިނަވަނީކަންނޭންގެއެއްނުން
ވޯލް
16 November 2025
ދައުލަތުގެ ފައިސާތައް ކާގެން އަދިވެސް މީނަތަ ބޮޑާ ހާކަންވީ. ގޮޅިން ނުނިކުންނާންޔާ ގޮޅިއަށް ޑިވައިސްއެއް ވައްދާފަ ޝިރީއަތް ކުރިޔަތް ގެންދިޔައީމަވީ. ނޫނީ ހަތަރެސްފައި އަށްސާގެން ގެންދިޔައީމަވީ.
ޗަޕް
16 November 2025
ދިވެހިން ލިޔަން ދަސްކޮށްބަލަ ވޯލާ!
ވޮޗްމޭން
16 November 2025
މިހާރު ހުންނާނީ އެއްޗެއް ވިސްނިފައި ކަމަށް މި ބަލަނީ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ލިބެންޖެހޭ އަދަބު އަޅަންޖެހޭ ފިޔަވަޅު އަޅާނަމަ މި ގައުމުން ކޮރަޕްޝަން ނައްތާލެވޭނެ
ޟަޒްނާ
16 November 2025
ގޭމް ކުޅެން އެފެށީ. ދެން ނަފްސާނީ މައްސަލަ ހުރިކަމަށް ރިިޕޯޓް ހަދައިގެން މިކަލޭގެ މިނިވަން ވާނެ.
ޚަރުބް
16 November 2025
ގޮޅިއަށް މިރުސްދުން އަޅާލަނިކޮށްް ނިކުމެދާނެ. ވައްކަންކޮށްފަ ފިލާއޮތަ ދީގެންނުވާނެ!
ސަސި
16 November 2025
މިހުންނަނީ ކަންހިނގާގޮތް. އިއްޔެ ބައްސާމާއެކު ރުފިޔާތަަށް ގުނަންތިބި މީހުން، ވީތަން ނުވެސް އިނގޭ