ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

އިންޑިއާގެ ޔޫޕީއައި ޕޭމެންޓް ހިދުމަތް ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދައިފި

ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: ރާއްޖެއަށް ރުޕޭ ކާޑު ތައާރަފްކޮށް، ފުރަތަމަ ޓްރާންސެކްޝަން ހެދި މަންޒަރު މިއަދުގެ ރަސްމިއްޔާތުގައި ވަނީ ދައްކާލާފައި. -- ފޮޓޯ | ރައީސް އޮފީސް

އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރޫޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ރޫޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެ ގައުމުގެ ރަސްމީ މަޝްވަރާތަކަށް ފަހު ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުކުރެއްވުމަށް ފަހު، ދެ ބޭފުޅުން އެކުގައި ދެއްވި މީޑިއާ ސްޓޭޓްމަންޓް ފެއްޓެވުމުގެ ކުރިން ވަނީ ރާއްޖޭގައި، ރުޕޭ ކާޑުގެ ފުރަތަމަ ޓްރާންސެކްޝަން ހެދި މަންޒަރު ލައިވްކޮށް ދައްކާލައިފަ އެވެ. ރާއްޖޭގައި، އެ ޓްރާންސެކްޝަން ހެދީ އޮތެންޓިކް މޯލްޑިވްސް ފިހާރައެއްގަ އެވެ.

މި ހިދުމަތް ރާއްޖޭގައި ފެށިއިރު، މީގެ ކުރިން ސިންގަޕޫރާއި ޔޫއޭއީ ފަދަ ގައުމުތަކާ އެކު ޖުމްލަ 185 ގައުމެއްގައި ބޭނުން ކުރެ އެވެ.

ޔުޕީއައި ޕޭމެންޓް އިންޑިއާގައި ތައާރަފްކުރީ 2016 ވަނަ އަހަރެވެ. އެއީ މޯބައިލް ފޯނު މެދުވެރިކޮށް އިންޓަ ބޭންކް މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންޕީސީއައި އިން އުފައްދާފައިވާ ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމެކެވެ.

ރާއްޖޭގައި ރޫޕޭ ކާޑު ބޭނުންކުރަން ފެށުން ވެގެންދާނީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތް ކުރުމަށް ލިބިގެންދާނެ ބޮޑު ފަސޭހައަކަށެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ވެސް އިންޑިއާގައި ދިރިއުޅެމުން އަންނައިރު ރޫޕޭ ކާޑު ބޭނުންކޮށްގެން ދެ ގައުމުގައި ވެސް ވިޔަފާރިކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ރާއްޖެއަށް ރޫޕޭ ކާޑު ތައާރަފްކުރުމަކީ އެ ގައުމުން އަންނަ ޓޫރިސްޓުންނަށް ވެސް ފައިސާގެ މުއާމަލާތް ކުރުމުގައި ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

ރާއްޖޭގައި ރޫޕޭ ކާޑު މިހާރު ބޭނުންކުރެވޭނެ: މިއީ ފައިސާގެ މުއާމަލާތްތައް ކުރުމުގައި ދެ ގައުމުގެ ރައްޔިތުންނަށް ވެސް ލިބުނު ވަރަށް ބޮޑު ލުއި ފަސޭހަކަމެއް.

އިކޮނޮމިކް މިނިސްޓްރީން ބުނީ އިންޑިއާގެ ޓޫރިސްޓުންނަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިއްމު ދައުރެއް އަދާކުރާ ބައަކަށް ވާތީ ރާއްޖޭގައި ފަސޭހަކަމާ އެކު މުއާމަލާތްތައް ހިންގަން އެ ކާޑު ބޭނުން ކުރެވޭނެ ކަަމަށެވެ.

"އިންޑިއާ އަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ މުހިއްމު ބައިވެރިއަކަށް ވެފައި ރޫޕޭ ކާޑުގެ ހިދުމަތުގެ ސަބަބުން ދެ ގައުމުގެ ދެމެދު ކުރެވޭ މާލީ މުއާމަލާތްތައް ފަސޭހަކުރެވި ވިޔަފާރި އިތުރަށް ފުޅާކުރަން މަގުފަހިވެ ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އިންޑިއާއާ އެކު ވިޔަފާރި ކުރުމުގައި ލުއިތަކެއް ލިބޭނެ ކަން ފާހަގަކުރަމެވެ،" މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

ރާއްޖޭގައި ރޫޕޭ ކާޑުގެ ހިދުމަތް ފަށާފައި މިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސޮއި ކުރި އެމްއޯޔޫއެއްގެ ދަށުންނެވެ. މިއީ، އިކޮނޮމިކް މިނިސްޓްރީ އާއި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އާ އެކު ސޮއި ކުރި އެމްއޯޔޫއެކެވެ.

ޖައިޝަންކަރު ވެސް ވިދާޅުވެފައި ވަނީ އެ އެމްއޯޔޫގެ ސަބަބުން ޓޫރިޒަމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.

އެމްއޯޔޫގައި ސޮއިކޮށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޔޫޕީއައި ޕޭމަންޓް ހިދުމަތާ އެކު އީ ކޮމާސްގެ ދާއިރާ އިތުރަށް ތަރައްގީކޮށް، މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

ރޫޕޭގެ ހިދުމަތް ފެށުމުގެ އިތުރުން އެ ރަސްމިއްޔާތުގައި ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިފްތިތާހުކުރުމުގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިންޑިއާ އިން ހަދާފައިވާ 700 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި ހަވާލުކޮށްފަ އެވެ.

39 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 37%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަރީފް

08 October 2024

ދެން ރުފިޔާ އުވާލާފަ އިންޑިޔާ ފައިސާޔަށް ބަދަލްކޮއްލަންވީނު.

The name is already taken The name is available. Register?

ބަބްސް

08 October 2024

މިގެ ފުރިހަމަ ފައިދާލިބޭނީ އޮންލައިން ޕޭމަންޓްތަށްވެސް ސަޕޯޓްކޮއްގެން.

The name is already taken The name is available. Register?

މާހިދް

08 October 2024

އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ހެދުމަށްޓަކައި އަދުގެ ރައީސް މި ކުރާ މަސައްކަތްތަކަށް ޝުކުރު ހައްގު

The name is already taken The name is available. Register?

އިންޑިއާރުޕޭ

08 October 2024

އިންޑިއާ އާއި އެކީ ރުޕޭ މި ލަފުޒު ބޭނުންކޮށްފައި އޮތުމުން އަބަދުވެސް މިކިޔެނީ، އޮޓޯއިން ކިޔެނީ، ފިލި އިސްފަސް ކޮށްގެން.

The name is already taken The name is available. Register?

ތަނެއް

08 October 2024

ތަނެއް ދޮރެއް ނޭގޭ މީހުން ތިބެ ކޮމެންޓް ކުރަނީ. މި ކަމަކީ ފައިދާ ހުރި ކަމއެއް 02 ޤައުމަށްވެސް

The name is already taken The name is available. Register?

ބޮޑުބެއްޔާގެ ބެއްޔާ

07 October 2024

ކޮޗިންއަށް ޓުއަރިސްޓްވިސާގައި ދާ ދިވެހިންނަށް ސިމްކާޑެއްވެސް ނުދޭ ގައުމެއް އިންޑިއާ އަކީ.

The name is already taken The name is available. Register?

ފަސޭހަގޮތްް

08 October 2024

ޢެއަރ އާލޯ ކިޔާ އީސިމް އެއީ ހައްލު. 20 ވަރަކަށް ޑޮލަރަށް ލިބޭނެ

The name is already taken The name is available. Register?

ވާމޮޅު

07 October 2024

މި މުއިއްޒު އަކީ ގަދަ ރައީސެއް! ޑިޕްލޮމެސީ ދަސްކިރަންވީ ދެންތިބި ސިޔާސީމީހުން ޗައިނާ އާއިވެސް އެހެން ގައުމުތަކާއިވެސް ގުޅުން ބާއްވަމުން އިންޑިއާއި ވެސް އެކުގައި އުޅެވިދާނެކަން ދައްކާދީފި.

The name is already taken The name is available. Register?

ޟަެުނޑ1

07 October 2024

ކިޔާހުވާ ތޭރާ ވާދާ؟

The name is already taken The name is available. Register?

ވަފާތެރި ކެހިވެރިޔާ

07 October 2024

ތިކަމުގަކުރަންވީ އުފާކަމެ ހިތާމަކަމެ ނޭގިގެންމިއުޅެނީ..ރުޕޭކާޑުން އަހަރެމެންނަ ލިބެނީ ކޮންހިދުމަތެއް...ޗާލާބާޒާރުން ވިޔަފާރިކޮއްލއވޭނެތަ އިންޑިޔާގެ ހޮސްޕިޓަލުގެ ބިލުއަދާކޮއްލެވޭނެތަ އާއްމުރައްޔިތުންނަ ތީގެބޭނުން ނުކުރެވެންޏާ ސަރުކާރުގެ މުސާރަވެރިން ޑާންސްކުރިޔަސް ރައްޔިތުންނަ އުފަލެއްނެތް...

The name is already taken The name is available. Register?

ހުދުމާވަހަރު

07 October 2024

މީކީ ދިވެހިންނަށް ލިބޭކާޑެއްނޫން.. އިންޑިޔާމީހުން މިތަނަށް އައިސް އެމީހުންގެ ރުޕޭ ކާޑުން ލާރިދައްކާނީ އެމީހުންގެ ހަރަދުތަކަށް ޕީއޯއެސް މެށިންތަކުން ނުވަތަ އޭޓިއެމްއިން އެމީހުންނަށް ބޭނުންވާ ދިވެހިފައިސާ ލިބޭނީ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

08 October 2024

ގަމާރުވިޔަސް ފުކެއް ބޮޑުވަރު މިކާޑް ދިވެހިންނަށްވެސް ލިބޭނެ! ގަމާރުކަން ކަނޑުވާލަން ކިޔަވަންދޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454