ޚަބަރު / ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ

މައްސަލަ ބޮޑުވެ، ވޭމަންޑޫގައި އުޅޭ ކުދިންތައް ގެންދަން 24 ގަޑިއިރު!

ތ.ވޭމަންޑޫގައި މުޒާހަރާ ކުރަމުންދާ ރައްޔިތުން.--

ތ. ވޭމަންޑޫގައި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބަލަހައްޓަމުން އަންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު (އެފްސީއެސްސީ) ހުރި އަންހެން ކުއްޖަކު، އެ ތަނުގައި މަސައްކަތް ކުރާ އެ ރަށުގެ މުވައްޒަފަކަށް ހަމަލާދިން މައްސަލަ ހޫނުވެ، އެ ކުދިން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި އެވެ.

މައްސަލަ ބޮޑުވެފައިވާ އުމުރުން 16 ވަރަކަށް އަހަރުގެ އެ އަންހެން ކުއްޖާއަކީ މީގެ ނުވަ މަސް ކުރިން އެ ރަށަށް ގެންދިޔަ ކުއްޖެކެވެ. އެހެން ކުދިންނަށް އަނިޔާ ކުރުން ފަދަ ކަންކަމުގައި މީގެ ކުރިން ވެސް ކަމާ ބެހޭ އިދާރާތަކަށް ރަށު ރައްޔިތުންގެ ފަރާތުން އެ ކުއްޖާގެ މައްސަލަ ހުށަހެޅި އެވެ.

އެކަމަކު ސްކޫލުގައި ކިޔަވާ ކުދިންގެ ކަރުގައި ހިފައި މާރާމާރީ ހިންގުން ފަދަ މައްސަލަތަކެއް ވެސް ހޫނުވެފައިވަނިކޮށް، މި ފަހުން ކުއްޖާ ވަނީ އެފްސީއެސްސީގައި މަސައްކަތްކުރާ މުވައްޒަފަކަށް ވެސް ހަމަލާދީފަ އެވެ.

އެހެންވެ، އިއްޔެ އާއި މިއަދު ވެސް ވޭމަންޑޫގެ ރައްޔިތުން ނުކުމެ ކުއްޖާ ރަށުން ބޭލުމަށް ގޮވާލައި މުޒާހަރާ ކުރި އެވެ. މިއަދު އެ ރަށަށް ވަނީ ފެމިލީ މިނިސްޓްރީގެ މުވައްޒަފުން ވެސް ގޮސް، މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފަ އެވެ.

ވޭމަންޑޫން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ މިނިސްޓްރީން އެދިފައި ވަނީ ކުދިން ގެންދިއުމަށް ވަކި މުއްދަތެއް ދިނުމަށް ކަމަށެވެ. އެހެންވެ ރަށު ކައުންސިލުން 24 ގަޑިއިރުގެ މުއްދަތެއް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިރޭ 10:30 އިން މާދަމާ ރޭ 10:30 އަށް. މިނިސްޓްރީން ނިންމީ ހުރިހާ ކުދިން ރަށުން ގެންދަން މާދަމާ ރޭ 10:30 ގެ ކުރިން،" އޭނާ ބުންޏެވެ.

އެ ރަށު ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި ފަސް ކުދިން ތިބެ އެވެ. އެކަމަކު މިނިސްޓްރީން މި ކުދިން ބަދަލުކުރަނީ ކޮން ތަނަކަށް ކަމެއް ސާފެއް ނުވެ އެވެ.

ވޭމަންޑޫގައި މިރޭ ކުރި މުޒާހަރާ ހޫނުވެ ފުލުހުން ނިކުމެ ވަނީ ޓިއާ ގޭސް ވެސް ޖަހައިފަ އެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތްކުރަނިކޮށް ބައެއް މީހުންނަށް އަނިޔާވެސް ވި އެވެ.

27 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 17%
icon angry icon angry 56%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

raajje

18 October 2024

އެއްވެސްރަށަކީ ވަކިބައެއްގެ ނުވަތަ ވަކިމީހެއްގެތަނެއްނޫންދޯ، އެހީތެރިކަންބޭނުންވާކުދިން ރަށުންބާލަންގޮވާލާ ރައްޔިތުންއެއްވުމަކީ އަޅުގަނޑު ސަޕޯޓުކުރާކަމެއްނޫން، އިސްލާހުކުރެވޭނެ ނަމަވެސް އެކަންވާނީ އެކަށީގެންވާ ހަރުދަނާ މެކޭނިޒަމެއްއޮވެގެން އެކަންރަނގަޅަށް އިންތިޒާމުކޮށް ތަންފީޒުކޮށްގެން، މައްސަލައުފެދުނީ ވައިފައި ކަނޑާލައިގެންކަމަށްވޭ، ވައިފައި އޮޓޯއިންވަކިގަޑިއެއްގައި ކެނޑޭގޮތަށްހުރިނަމަ ތިމައްސަލަނޫފެދޭނެ، މެނުއަލްކޮށް ކަނޑާތީތިހެންތިވީ

The name is already taken The name is available. Register?

ނޮޓް އަ ބޭބީ

18 October 2024

16 އަހަރު ވީމަ އެއީ ޔަންގް އެޑަލްޓެކޭ. ކޮން ކުޑަ ކުއްޖެކޭތަ މިކިޔަނީ؟ އެކުއްޖާ ވެސް ނައްޓާނެ ދޯ އޭނަ ބޭބީ އަކަށް ހަދައިގެން އުޅެންޏާ.

The name is already taken The name is available. Register?

އިސްމާލު2.0

18 October 2024

ރަށުގައި ވަޒީފާއެއް އޮތީމާ ކުރިމަތީލީއެވެ. މި ކުރިމަތިލެވެނީ ކިހާވަރެއްގެ ކަމަކާއި މެދު ނުވިސްނައެވެ. ކިހާވަރަކަށް މީހާ އެއްޗެހި އުނގެނި ދަސްކުރަންޖެހޭވަރު ވަޒީފާއެއްކަމެއް ނޭނގެއެވެ. މިކަމުގައި ހުރި ރިސްކުތަކެއްވެސް ނޭނގެއެވެ. އިމޯޝަނަލީ އަދި އިންޓަލެކްޗުއަލީ ތިމާއަށް ކުރެވޭނެވަރު ވަޒީފާއަކަށް ނޫނީ ނުނިކުންކަނަމާ ހެއްޔެވެ؟ މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގެވެސް ހާލަކީ ރަށު މިހާން ނުރުހޭކަމަށްވަންޏާ ކުޑަކުދިންވެސް ރަށުން ބޭރުކޮށްލަންވިއްޔޭ.

The name is already taken The name is available. Register?

ރާއްޖެ

18 October 2024

18އަހަރު ނުވާނަމަ ޒިންމާއެއް ނެތް ޚާއްޞަ ހައްގުތަކެއް އެވަނީ ދީފައި. ސްކޫލުގައި އެހެން ކުދިންނަށއ ބޮޑެތި އަނިޔާދީ ގޭންގު ހެދިގެން އުޅޭ ކުދިންގެ ފަރާތުން އަނިޔާލިބޭ ކުދިންގެ މައިންބަފައިންގެ ހިތަށް އަސަރުތަކެއް ކުރާނެދޯ massala ހައްލު ނުވަންޏާ..ތިމާގެ ދަރިއަކަށް ގެއްލުމެއް ލިބޭކަން ޚުދު ތިމާވެސް ނުރުހޭނެ އަބަދަކު...

The name is already taken The name is available. Register?

ޭއެކަމަކު ދޯ

18 October 2024

ތަންދޮރު އިނގި ކުރިމަތިލިޔަސް މަރުގެ އެތިފަހަރު އައިސް މުޅިތަން ސުންނާފަތިކޮށް ބިއްލޫރިތައް ތަޅާ، މީހުން ފަހަތުން ގާބުރި ހިފައިން ދުވެ ސްކޫލަށް ފޮނުވީމަ ކިޔަވާ އެހެން ކުދިން ކަރުގަ ހިފާ އަނިޔާކޮށް، ރަށު ކުޅެން ނިކުމެ އުޅޭ ކުޑަކުދިންނަށް ފާޑު ފާޑުގެ މަަންޒަރު ދައްކަމުން ދަންޔާ ރައްޔިތުން ނިކުންނާނެ. ވާނުވާ ނޭންގި އެއްޗިސް ކީޔަކަސް ކަމަކު ނުދާނެ. ހައްލެއް ނުލިބި ގިނަ ދުވަސްވެ ކަންތައް އިތުރަށް ގޯސް ވީމަ މުޒާހަރާ ކުރަން ޖެހުނީ.

The name is already taken The name is available. Register?

ޓައްޕު

18 October 2024

ވަކި މީހެއްގެ ރަށެއްތަ ވޭމަންޑޫ އަކީ. ތިޔަ ރަށަށް ވެސް ހުރިހާ ދިވެހިންނަށް އެރެންޖެހޭ. މި މާލެއަށް ބަލާލަބަލަ، އެކި އެކި ކުށްކުރާ މީހުން އެކި ރަށްރަށުގެ. ދެން ކުށްކުރާ މާލޭ މީހުން ނޫން އެހެންމީހުން ބާލަން 24 ގަޑިއިރު ދިނީމަ ވާނެ ފިތުނަ އެނގޭދޯ؟

The name is already taken The name is available. Register?

ކިޔު

18 October 2024

ތި މާމައްޗަށް ތި ގެންދިޔައީ.

The name is already taken The name is available. Register?

ކައްޕިން

18 October 2024

ކުދިން ގޯސް، ޑުރަގު އޯކޭ ވޭމަންޑޫ

The name is already taken The name is available. Register?

އިހްސާސް

18 October 2024

ތިޔައީ ވަރަށް ނާތަހުޒީބު އަމަލެއް. އެކުދިންނަށް ލޯތްބާއި އޯގާތެރިކަން ބޭނުންވާނެ. ނަމެއްގަ ކުދިން ތިޔަތަންތާ ގެންގުޅުނަކަސް ނުވާނެ.

The name is already taken The name is available. Register?

3443

18 October 2024

އެކުދިންނަށްވެސް މުޖުތަމައުތަކުން ފުރުސަތު ލިބިގެން އެކުދިންނަށް ރަނގަޅު މުސްތަގްބަލެއް ލިބޭނީ.

The name is already taken The name is available. Register?

ދުމްމ

18 October 2024

ވޭމަންޑޫ މީހުންނަކީ ހަމަޔާ އިންސާފު ދަންނަބައެކޭ ބުނެވޭކަށް ނެތް. ރަށުން ބޭރުކުރާނަމަ ބޭރުކުރަންވީ ތިބުނާ ކުއްޖާ އެކަނި. އެތަނުގަ ބާކީތިބި ކުދިންގެ މައްސަލައަކީ ކޮބާ؟ ރަަށުތެރޭގަ ޑްރަގްސް ވިއްކާމީހުންގެ އޭގެ ބޭނުންކުރާ މީހުންގެ މައްސަލަ ވޭމަންޑޫ މީހުންނަށް ބޮޑުނުވީ ކީއްވެ؟

The name is already taken The name is available. Register?

ޑުމްމ

18 October 2024

ވާނުވާ ބަލާފަ ކޮމެންޓް ކުރުން ރަނގަޅު ވާނެ.

The name is already taken The name is available. Register?

ލައިޓް

18 October 2024

16 އަހަރަކީ އެމެރިކާގައިވެސް ޤާނޫނީ އަދަބުލިބޭ އުމުރެއް! މައިތިރި ކުރެވޭނެ! ޤާނޫނު ނޭނގެނީ!

The name is already taken The name is available. Register?

ހުސެން ކަލޭގެ އަލީ

18 October 2024

ވަރަށް ނާތަހުޒީބު އަމަލެއް ރައްޔިތުންގެ ތެރޭން ތި ފެނުނީ. 5 ކުޑަކުދިންނާ ދެކޮޅަށް ރަށެއްގެ ރައްޔިތުން ނުކުމެ މުޒާހަރާކޮށް ޓިއަރގޭސްޖަހާހިސާބަށް ގެންދިޔުމަކީ ލަދުވެތި އަމަލެއް.

The name is already taken The name is available. Register?

ހަލާކު

18 October 2024

ކަމުގެ ހަޤީގަތް ނޭނގެންޏާ ބަހެއް ނުކިޔުން ބުއްދިވެރި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454