ހިރިމަރަދޫގެ ހޮޅުއަށްޓެއްގައި މީހަކު އިށީނދެލައިގެން: އެ ރަށުގެ ރައްޔިތުން ވަނީ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަން ސަރުކާރަށް އަންގާފައި. - ފޮޓޯ: ލޫކަސް ޖަލީލް
22 އޮކްޓޯބަރ 2024 - 10:40
ހދ. ހިރިމަރަދޫ މީހުން އެ ރަށުން ބަދަލުކޮށްދިނުން އަވަސްކޮށްދޭން އެދިއްޖެ އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހިރިމަރަދޫގެ ނެރު ތިލަވުމުގެ ސަބަބުން އެ ރަށާއި ރަށަށް ދަތުރުކުރާ މީހުންނަށް ވަރަށް ގިނަ ތަކުލީފުތައް އުފުލަން ޖެހިފައިވާ މައްސަލަ، ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
އެހެންވެ، ނެރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ގުޅުން ހުރި ފަރާތްތަކާ އެކު މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާއެކު، ހިރިމަރަދޫން މީހުން ބަދަލުކުރުމުގެ މައްސަލަ އަވަސްކޮށްދިނުމަށް ކައުންސިލުން އެދިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ހިރިމަރަދޫ ކައުންސިލާއެކު ލޯކަލް ގަވަމެންޓް މިނިސްޓްރީން މިދިޔަ މަހު ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ ރަށު މީހުން ކ. ތުލުސްދުއަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެ ނިންމުމަށް ތުލުސްދޫ ކައުންސިލުން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.
Ehen rashakah hijura kurumah rayyithunge gina bayaku beynunvaa Hirimaradhoo ge neru thilavumuge sababun varah gina thakuleefuthah rayyithunnaai e rashah dhathurukuraa faraaiythakah kurimathilaan jehifaivaa massala Council ge Raees Mohamed Waheed vanee mirey dhanvaru @MoCLPmv ge… pic.twitter.com/gW4BgUY7QK
— Adam Shareef Umar (@Adamshareefz) October 21, 2024
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިދިޔަ މަހު ވިދާޅުވީ ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް، އެއީ ކުރެވިދާނެ ކަމެއްތޯ ބަލަމުން އަންނަ ކަމަށާއި ރާއްޖޭގެ ތަރައްގީގެ 20 އަހަރުގެ މާސްޓަޕްލޭން އެއް އަހަރުގެ ތެރޭގައި ނިންމާއިރު، އެކަންކަމަށް ރިއާޔަތްކުރާނެ ކަމަށް ހީނާ ވިދާޅުވި އެވެ.
ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ.
ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުން އަވަސްކޮށްދިނުމަށް އެދުނުއިރު، މ. ރަތްމަންދޫގެ ގިނަ ބަޔަކު ވެސް ވަނީ އެ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސިޔަތު.
22 October 2024
ރައްޖޭގައި ހުރި ކުދިރަށްރަށުގައި މީހުން ދިރިއުޅެގެން ދުވަހަކުވެސް ރައްޖެ ކުރިނާރާނެ. ކުދިރަށްރަށަށް ސަރުކާރުން ކުރާ ޙަރަދު ކުރުން ހުއްޓާލާފައި އެރަށްރަށުގެ ރައްޔިތުން އެހެން ކޮންމެވެސް ބިން ބޮޑު ރަށަކަށް ބަދަލު ކުރުން ރަނގަޅު. މަށަށް ހީވަނީ އެފަދަ ހުރިހާ ރަށެއްގެ މީހުން ލ.އަތޮޅަށާއި ހަނމާދޫ އަށް ބަދަލު ކުރެވިދާނެހެން.
އޮނަރަބްލް އަފީފު ދީދީ
22 October 2024
މިގޮތުން ޑރ ރައީސް ޑރ މުއިއްޒުގެ 20 އަހަރުގެ ތަރައްޤީގެ ޤައުމީޕްލޭން އެކުލަވާލަންވީ ރާއްޖޭގައި މީހުންދިރިއުޅޭނެ ރަށްރަށަކީ: ދުކުނުން އައްޑޫސިޓީ އިން ފަށައިގެން ހުވަދޫ އަތޮޅު ފަރެސްމާތޮޑާއާއި، ވިލިގިލި، ހޯޑެއްދޫ، މަޑަވެލި، ވާދޫ، ކޮލަމާފުށި، ތިނަދޫ، ލ.ގުޅިފައިވާ ރަށްތައް، ތ.ވިލުފުށި، ތިމަރަފުށި، ގުރައިދޫ، ކ.އަތޮޅު މާލެ، ވިލިގިލި، ހުޅުމާލެ، ތުލުސްދޫ، ކާށިދޫ، އަދި އުތުރުން ހަނިމާދޫ، ފިއްލަދޫ، ކެލާ، ވަށަފަރު، ހޯރަފުށި، މޮޅަދޫ އާއި އުލިގަމުގައި ކަމަށް.
ރަސްމު
22 October 2024
އާބާދީ އެއްފަސް ކުރުމަކީ ކުރެވޭނެކަމެއް އެކަން ކޮށްގެން ދައުލަތަށް އެތައް ހަރަދެއް ލުއިވެގެންދާނެކަމެއް. މައުމޫނު ވިސްނާފަހުރީ ހަމައެކަނި ހިދުމަތްހޯދަން މީހުން މާލެ ދާންޖެހޭގޮތަށް. ޑިމޮކްރަސީ އައިސް ލާމަރުކަޒީ ނިޒާމު އައެއްކަމަކު އަދިވެސް ބަލިވާއިރާށް ނޫނީ ރަނގަޅު ތައުލީމެއް ހޯދަން ދާންމިޖެހެނީ މާލެއަށް. ހިދުމަތްތަކުގަ ތަފާތުކުރުން ބޮޑުކޮށް ފެންނަނީ.
އޮނަރަބްލް އަފީފު ދީދީ
22 October 2024
އިބްރާހިމް ސަރުކާރުގައި ތިބި ވަޒީރުންގެ ބަސް ޤަބޫލުކޮށްގެން "ކުޑަރަށެއް ބޮޑުރަށެއް ފަޅުރަށެއް ނުބަލާ" ތަރައްޤީއޭ ކިޔާފައި އެބޭޅާގެސަރުކާރުން ކުރި އިސްރާފްގެ ގެއްލުންތަކުން އަރައިގަތުމަށްޓަކާ ކުރަަންޖެހޭމަސައްކަތް އަވަސްކޮށް މުޢިއްޒުގެ ވައުދާއިއެއްގޮތަށް ކަޑައަޅާ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްރޮޤްރާމްތަކަށް ބޭނުންވާ ޤާނޫނުހަދާ ދައުލަތުގެ ބަޖޭޓްވެސް އެކަމަށްބޭނުންވާގޮތަށް ފާސްކޮށް މިކަންކަމަށް ބޭނުންވާ ލޯނާއި އެހީހޯދަން މަސައްކަތް ފައްޓަންޖެހޭ.
ގާދިރު
22 October 2024
މަށާ މަގެ ރަށު މީހުންވެސް އެހެން ރަށަކަށް ބާދަލަުވާ ބޭނުން ، ބަދަުލުވާން އެދޭ ރަށަކީ ކ.މާލެ ، ގޯތި ދޭންވާނީ ސަލްޓަންޕާކުންނާއި ، ޖުމްހޫރީ މައިދާނުން އަދި ، މާފަންނު ސްޓޭޑިއަމް އިން. ، ހުޅުމާލެ އިން މާލެ މީހުނޭ ކިޔާފަ ބައިގަޑަކަށް ބިންބެހި ގާނޫނުގެ ދަށުން.
ޙާމިދު.
22 October 2024
މާޓް ވެގެންވާ މުޤައްދަސް ރަށްކޮޅުގެ ބިމާއި ފުލެޓް ތަކަކީ 4 ކަށިމަތި ކ.މާލޭ މީހުންގެ ތަރިކަ މުދާ ތަކެއް. ތިހެން ބުނެލާއިރަށް ރާއްޖެތެރޭ ކުޅަނދު ހަމަނުވާ މީހުންނަކަށް މާލެއިން ބިމެއް ފުލެޓެއް ނުދެވޭނެ.
އޮނަރަބްލް އަފީފު ދީދީ
22 October 2024
މިގޮތުން ޑރ ރައީސް ޑރ މުއިއްޒުގެ 20 އަހަރުގެ ތަރައްޤީގެ ޤައުމީޕްލޭން އެކުލަވާލަންވީ ރާއްޖޭގައި މީހުންދިރިއުޅޭނެ ރަށްރަށަކީ: ދުކުނުން އައްޑޫސިޓީ އިން ފަށައިގެން ހުވަދޫ އަތޮޅު ފަރެސްމާތޮޑާއާއި، ވިލިގިލި، ހޯޑެއްދޫ، މަޑަވެލި، ވާދޫ، ކޮލަމާފުށި، ތިނަދޫ، ލ.ގުޅިފައިވާ ރަށްތައް، ތ.ވިލުފުށި، ތިމަރަފުށި، ގުރައިދޫ، ކ.އަތޮޅު މާލެ، ވިލިގިލި، ހުޅުމާލެ، ތުލުސްދޫ، ކާށިދޫ، އަދި އުތުރުން ހަނިމާދޫ، ފިއްލަދޫ، ކެލާ، ވަށަފަރު، ހޯރަފުށި، މޮޅަދޫ އާއި އުލިގަމުގައި ކަމަށް.
ޝުޢައިބު.
22 October 2024
ދީދީ މިއޮތީ އަނެއްކާވެސް ލިސްޓެއް ނެރެފައި. ލިސްޓު މުޅިއަކުން ގޯހެއްނޫން. އެކަމަކު ހުވަދު އަތޮޅުގައި ރަށްތައް މާގިނަހެން މަށަށް ހީވޭ. އަހަރެން ޤަބޫލު ކުރާ ގޮތުން ހުވަދޫއަތޮޅުގެ އެންމެނަށް 4 ރަށެއްގައި ދިރިއުލެވދާނެ.
އޮނަރަބްލް އަފީފު ދީދީ
22 October 2024
މަތީގައި ދެންނެވިގޮތަށް National Development Plan އެކުލަވާލާ 200 ރަށުގައި މީހުން ދިރިއުޅުމުގެބަދަލުގައި ސަރަޙައްދީ 25 އާބަން ސިޓީ ތަރައްޤީކުރުމަށް ކަޑައަޅާ ދައުލަތުގެ ބަޖޭޓްގެ ބޮޑުބައެއް މިދެންނެވިރަށްތައް ތަރައްޤީކުރަން ހޭދަކޮށް، ދައުލަތުގެފަރާތުން ނަގާ ލޯނުތަކާއި ދިވެހިދައުލަތަށް އެކުވެރި ދައުލަތްތަކުންނާއި ބޭރުގެޖަމީއްޔާތަކުން ދޭ ފައިސާއާއި އެހީތައްވެސް މިކަމަށް އިސްކަންދީ ބޭނުންކޮށް ރާއްޖޭގެ އާބާދީ އެއްފަސް ކޮށްގެން ނޫނީ ރާއްޖެ ކުރިނާރާނެ.
އޮނަރަބްލް އަފީފު ދީދީ
22 October 2024
އެހެންކަމުން "ކ.އަތޮޅުގެ ކަނޑު ފަޅު ހިއްކާފައި، އެތައްމިލިޔަން ރުފިޔާގެ ބިމާއިގޯތި ކ.މާލޭމީހުނަށް ހިލޭ ބެހުމުގެ ބަދަލުގައި" އާބާދީގައި 1000 މީހުންހަމަނުވާ ހުރިހާ ރަށެއްގެ ރައްޔިތުން މަތީގައިދެންނެވި ރަށްރަށުގެތެރެއިން ބިންބޮޑުރަށްރަށަށް ބަދަލުކުރުމުގެ ޕްރޮޤްރާމް ފައްޓާ މިކަމަށްބޭނުންވާ މާލީ ފަންނީއެހީތެރިކަމަށް ރާއްޖެއަށް އެހީދޭ ފަރާތްތަކަށް އެހީދިނުމަށް އެދި ގޮވާލަން ޖެހޭ. އަދި ބަޖޭޓްވެސް މިގޮތަށް ފާސްކުރަން މަޖިލީހުން އިސްކަން ދޭން އެބަޖެހޭ.
ހުސްނޫނު.
22 October 2024
ތިކަންކަން ކުރުމަށްވުރެން މާލޭ ސަރުކާރަށް މުހިންމު ވެފައިވަނީ އެރަށު މީހުންނަށް އަތުން ފައިން މަސައްކަތެއްނުކޮށް ލާރިލިބޭނެ ގޮތް ހެދުމަށްޓަކާ ކ.އަތޮޅު ފަޅުތައް ހިއްކާފައި މާލޭ މީހުންނަށް ބިމާއި ފުލެޓް ދީފައި އެތަންތަން ކުއްޔަށް ހިފާނެ ކުލީ އަޅުން މާލެއަށް ޖަމާކުރުން. އަފީފު ދީދީ އަށް މިވަރު ނޭގޭތީ އަޖާއިބު ވެއްޖެ.
ހަރާމްކޯ
22 October 2024
ތި މީހުންކޮޅު ހުޅުމާލެ ފޭސް 2 އިން ފްލެޓް ހަދާ އާބަދުކޮށްލުން ރަނގަޅު، ދިވެހިންގެ ބިންތައް އެމްޑީޕީ އިން ވަކި ބަޔަކަށް ނުދެވޭނެ ދޯ؟
ލަދުޙަޔާތް
22 October 2024
"މަގޭ ގޯތި ކޮބާހޭ" ކިޔައިން މަގުމަތީ ނުކުމެ މުޒާހަރާކުރަން އެމް.ޑީ.ޕީ މީހުން ލަދު ނުގަންނަކަން. ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތީއޭ.
ބަދަލުވޭ
22 October 2024
ތުލުސްދޫ ނޫން ރަށެއް ނެތްތަ ބަދަލުވާން ފޫހި ރަށެއް ތުލުސްދޫ އަކީ މީހުންވެސް ހޮޔޮރަށެއްނޫން އަނގާންބުނާ މީހަކު ނޫޅޭނެ ޖެހި ވެއްޓިގެން ދިޔަޔަސް އެމީހުނައް އެމީހުން ފެނިފަ ތިބޭނި