ްކުރީގެ ރައީސް މުހައްމަދު ނަޝީދު: .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 އޮކްޓޯބަރ 2024 - 20:44
ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި ލަފާ ދޭން ދިވެހި ސަރުކާރުން ކަނޑައެޅި އެމެރިކާގެ އިންޑިޕެންޑެންޓް އިންވެސްޓްމެންޓް ބޭންކިން ފާމް، ސެންޓަވިއު ޕާޓްނާސް އާ އެކު ކުރިއަށް ނުދާން ނިންމި ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ނަޝީދު މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރަންޏާ ގުޅޭ ގޮތުން ލަފާ ދިނުމަށް ބޮޑު އަގު ދީފައި ކަނޑައެޅި ބޭރުގެ އެޑްވައިޒަރަކާއެކު ކުރިއަށް ނުދާން ނިންމި ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ މިފަދަ ބޭރުގެ އެޑްވައިޒަރުން ގައުމުތަކުގެ މާލީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގަމުން އަންނަ ކަމަށެވެ.
"މިފަދަ ޑެޓް އެޑްވައިޒަރުން އަޅުގަނޑުމެންގެ ގައުމުތަކުން ނަގަމުން ދަނީ އިންތިހާއަށް ނާޖާއިޒު ފައިދާ،" ނަޝީދު ވިދާޅުވި އެވެ.
ސެންޓަވިއު ޕާޓްނާސް ފާމް އާއެކު ކުރިއަށް ނުދާން ސަރުކާރުން ނިންމީ ރާއްޖޭގެ ދަރަނި މެނޭޖުކުރުން ނުވަތަ ދަރަނި ދެއްކުން ލަސްކުރުމާ ގުޅޭ ކަންކަމުގައި ސީދާ ރައީސް މުއިއްޒު ބޭރު ގައުމުތަކަށް ކުރެއްވި އެކިއެކި ދަތުރުފުޅުތަކުގައި ކުރިއެރުންތަކެއް ލިބިފައިވާތީ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
އޭގެ ބަދަލުގައި އޭނާ ވިދާޅުވި ގޮތުގައި، ބޭރުގެ ބަޔަކަށް ފައިސާ ދިނުމުގެ ބަދަލުގައި ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އާއި މީރާ އަދި ފޮރިން މިނިސްޓްރީ ގުޅިގެން ދަރަނި މެނޭޖުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ދަރަނި މެނޭޖުކުރުމުގެ ލަފާ ހޯދަން ދިވެހި ސަރުކާރުން ކުރިން ނިންމި ސެންޓަވިއު ޕާޓްނާސް އުފެއްދީ 2006 ވަނަ އަހަރު އެވެ. އެ ފާމުން އަންނަނީ ދުނިޔޭގެ އެކި ކުންފުނިތަކާއި ގައުމުތަކަށް މާލީ ކަންކަމުގައި ލަފާ ދެމުންނެވެ. އެ ފާމުގައި 60 ޕާޓްނަރުންނާއި 400 އަށް ވުރެ ގިނަ ތަޖުރިބާކާރުން މަސައްކަތް ކުރެ އެވެ.
ރާއްޖޭގެ ދަރަނި މެނޭޖު ކުރުމަށް ސަރުކާރުން ރިފޯމް އެޖެންޑާއެއް އިއުލާން ކޮށްފައިވާއިރު، ރިފޯމު އަވަސް ކުރަން މާލީ އިދާރާތަކުން ވަނީ ލަފާދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަތީފާ
22 October 2024
އެއްކަލަ ވިލާތު ބެއްޔަ! ފަލަސްތީނުގަ މައުސޫމް ތުއްތުކުދީން މަރަމުންދާއިރު މީނަގެ ވެރިން ނުރުހިދާނެތީ ހައްޕު! ވަރަށް ދެފުއްކެހެރި މީހެއް.
ޢަލީ ކުރުސީ
22 October 2024
ތިޔެއްނޫނޭ! ކޮބައިތަ މަނިކުފާނުންގެ ފްލޯޓިންގ ސިޓީ ޕްރޮޖެކްޓް؟ ޢެމް.ޑީ.ޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އެ ޕްރޮޖެކްޓް ހިނގައިގަނެ، ފަޅުތައް ވިއްކާފަ ދަނީ! މިފަހަރު ބައިސަން ކުންފުންޏަށް ދީގެން ބާދަގަނޑުން ބަނދެފައޮތް އެއްޗެއް ރައްޔިތުންނަށް ދައްކަން އުޅެފަ ކެންސަލްވީ! ކްލައިމެޓް ޕްރޮޖެކްޓް ތަކުގެ ފަންޑިންގ ވެސް މަނިކުފާނުގެ އެން.ޖީ.އޯ އަކަށް އަންނަ ގޮތް ހަދާފައޭވެސް ކިޔާ!
ނޯ އިދިކޮޅު
22 October 2024
މިހާރު ނަޝީދުވެސް ނެތޭ ރައްޔިތުންނާއެކު.
އަފްނާންް
22 October 2024
އަންނި ކަލޭ މަރުހަބާ ނުކިޔަސް ޑރ.މުއިއްޒު ކަން ކުރައްވާނީ އެންމެ ރަނގަޅަށް. އެކަން ވަރަށް ސާފު ވާނެ ދިވެހި ރައްޔިތުންނަށް
ސަސި.
22 October 2024
ހާދަ ކަމުދާ ކަންކަމޭ މި ކުރަނީދޯ
އަންވަރު މޫސާ
22 October 2024
މުހައްމަދު ނަޝީދަކަސް ރަނގަޅު ވާހަކައެއް ވާނީ ރަނގަޅު ވާހަކައަކަށް
ޔަޫހާން
22 October 2024
އަހަރުންގެ އަންނި މީ ވަރަށް ވިސްނޭ މީހެއް. ހައްގަށް ވާހަކަ ދައްކާ ބޭފުޅެއް
ޑރ ވާންޗޯ
22 October 2024
ވެރިކަމުގެ ސްޕެލިންގވެސް ނޭގުނުމީހަކު ގައުމު ހިންދާލާފަ އަދި އެވަރުންވެސް ނުވެގެން އެއަރޕޯޓުވިއްކާލާފަ ސިވިލްސަރވަންޓުންގެ މުސާރައިން ބާރަޕަސެންޓުކަނޑާ، ކަންމަތީފިހާރަ އިނދަޖައްސާލާފަ ފައިބައިގެން ދުވެފިލިމީހަކު ހައްޕުކިޔައިގެން މައިތިރިވެހުރެބަލަ.
ހައްސު
22 October 2024
ކަލޯ އަދިވެސް ހިތުގަ ޖެހިފަ ދޯ ވެރިކަން ނުލިބުނީމަ؟ ކިތަންމެ ވާހަކައެއް ދެއްކިޔަސް ރުޅިއަޔަސް ސޯލިހު ވެރިކަން ކުރިވަރަށްވުރެ މާ މޮޅަށް ނަޝީދު ވެރިކަން ކުރި. އަދިވެސް ޖަޒުބާތުގަ ޖެހިފަ ހުރިހެން ހީވަނީ 2023 ގަ ލިބުނު ތަރަ ލަޑުން
ތަމެންދޯ
22 October 2024
މިހާރު މިހިނގަނީ އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް މިސަރުކާރު ހިންގަނީ މުއިއްޒު ކެނެރީގެ ނަޝީދު ބުނާ ގޮތަށް ކަމަށް އޭނާ އަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ރައްޔިތުން އެއްބަސްވާ ކަމަށް މަމެން ދެކެމޭ ދެން މުއިއްޒު ވެރިކަން ކުރަން އެހެންވީއިރުން ކެނެރީގެ ނަޝީދާއި ހަވާލު ކުރެގަ އެއިރުން މާ ރަނގަޅުވާނެ ނޫންތޭ ކަންނުވެ ނަންވާން ތިބުމަށް ވުރެން ދޯ...