އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތްތައް އަތޮޅު ތެރޭގައި ފެށުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވަނީ.
16 ނޮވެމްބަރ 2024 - 13:17
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް އެ ހިދުމަތްތައް އަތޮޅު ތެރޭގައި ފެށުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ވަނީ ގްރޭޓާ މާލޭ ސަރަހައްދާއި ބައެއް ރަށްރަށުގައި މިހާރު ފަށާފައިވާކަން އިއުލާންކޮށްފަ އެވެ.
މާލޭ ފިޔަވައި މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބޭ ތަންތަނުގެ ތެރޭގައި ހިމެނެނީ ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއްގެ އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫ އެވެ. އަދި އައިޑީކާޑުގެ ހިދުމަތް ފަށާފައި ވަނީ ހުޅުމާލޭގެ ފޭސް އެކަކާއި ދޭއްގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގަ އެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ބައެއް ރަށްރަށުގައި ފަށައި، އެތަންތަނުން މީހުން ހިދުމަތް ހޯދަމުންދާ މަންޒަރު ދައްކާލަނީ.
އަންނަ އަހަރު އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރަން ސަރުކާރުން އަމާޒު ހިފާފައި ހުރިއިރު އެ ރަސްމިއްޔާތުގައި ވަނީ އަތޮޅު ތެރޭގައި އެ ހިދުމަތްތައް ފަށާނެ ގޮތުގެ މަގު ޗާޓެއް ވެސް ދައްކާލައިފަ އެވެ.
- ހއ. އިހަވަންދޫގައި އޮގަސްޓް 2025 ގައި ޕާސްޕޯޓު ހިދުމަތް އަދި އައިޑީކާޑު ހިދުމަތް މެއި މަހު ފަށާނެ.
- ހދ. މަކުނުދޫގައި ޕާސްޕޯޓު ހިދުމަތް ސެޕްޓެމްބަރުގައި އަދި އައިޑީކާޑު ހިދުމަތް ފެބްރުއަރީގައި ފަށާނެ.
- ށ. ފުނަދޫ ޑިސެމްބަރުގައި އަދި ށ. މިލަންދޫގައި ޖުލައި މަހުގެ ޕާސްޕޯޓު ހިދުމަތް ފަށާނެ. އަދި ޖޫން މަހު އައިޑީކާޑު ހިދުމަތް ފަށާނެ.
- ނ. އަތޮޅުގައި ޖުލައި މަހުގެ ޕާސްޕޯޓާއި އައިޑީކާޑު ހިދުމަތް ފަށާނެ.
- ރ. އަތޮޅުގައި މެއި މަހު ޕާސްޕޯޓާއި އައިޑީކާޑު ހިދުމަތް ފަށާނެ.
- ބ. އަތޮޅުގައި ޕާސްޕޯޓު ހިދުމަތް ޑިސެމްބަރުގައި އަދި އައިޑީކާޑު ހިދުމަތް އޮގަސްޓުގައި ފަށާނެ.
- ޅ. އަތޮޅުގައި ޕާސްޕޯޓު ހިދުމަތް އޭޕްރީލްގައި އަދި އައިޑިކާޑުގެ ހިދުމަތް ސެޕްޓެމްބަރުގައި ފަށާނެ.
- އއ އަތޮޅުގައި ޕާސްޕޯޓު ސެޕްޓެމްބަރުގައި އަދި އައިޑީކާޑު އޮކްޓޫބަރުގައި ދޫކުރާނެ.
- އދ. އަތޮޅުގައި މާޗު މަހު ޕާސްޕޯޓު އަދި އައިޑީކާޑު އޮގަސްޓުގައި ދޫކުރާނެ.
- ވ. އަތޮޅުގައި ޕާސްޕޯޓު ޑިސެމްބަރުގައި އަދި އައިޑީކާޑު ނޮވެމްބަރުގައި ދޫކުރާނެ.
- މ އަތޮޅުގައި ޕާސްޕޯޓު ހިދުމަތް އޮގަސްޓުގައި އަދި އައިޑީކާޑު އޮކްޓޫބަރުގައި.
- ފ. އަތޮޅުގައި ޕާސްޕޯޓު ހިދުމަތް ޖޫން މަހު އަދި އައިޑީކާޑު ސެޕްޓެމްބަރުގައި.
- ތ. އަތޮޅުގައި ޕާސްޕޯޓު ފެބްރުއަރީގައި އަދި އައިޑީކާޑު ޖުލައި މަހުގެ ތެރޭގައި.
- ގއ. ގައި ޕާސްޕޯޓު ހިދުމަތް ޖެނުއަރީގައި
- ސ. ހުޅުމީދޫގައި ޕާސްޕޯޓު ހިދުމަތް ނޮވެމްބަރުގައި އަދި އައިޑީކާޑު ހިދުމަތް އޭޕްރީލްގައި.
އޭގެ ތެރެއިން ބައެއް އަތޮޅުތަކުގެ އެހެން ރަށްތަކުގައި ވެސް ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް މިހާރު ވެސް ދެމުންދެ އެެވެ.
އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިއަދަކީ ތާރީހީ ދުވަހަކަށް ވަނީ ރައްޔިތުން ތިބި ހިސާބަކުން އެ ރައްޔިތުންނަށް ހިދުމަތްތައް ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައި އެ ހިދުމަތް ބައެއް ހިސާބުތަކުގައި ފެށިގެންދާ ދުވަހަށްވާތީ ކަމަށެވެ.
"ރައީސްގެ ރިޔާސީ ވައުދުފުޅެއް އެއީ ރައްޔިތުންނާ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ޕްރިންޓް ކުރެވި ދޫކުރެވި އަދި އޭގެ އިތުރުން ޕާސްޕޯޓު ދޫކުރެވޭނެ ހިދުމަތް ފެށިގެން ދިއުމަކީ،"
އިހުސާން ވިދާޅުވީ އައިޑީކާޑަކީ ރައްޔިތުންގެ މުހިއްމު މައުލޫމާތުތަކެއް ހިމެނޭ އަދި އެ ޑޭޓާބޭސްއަކީ ވަރަށް ސެކިއުއާކޮށް ބެލެހެއްޓިގެންދާ ނިޒާމެއް ކަމަށެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތްތައް އަތޮޅު ތެރޭގައި ފެށުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ.
މުޅި ރާއްޖެއިން އެ ހިދުމަތް ދޭން ފަށާއިރު މައުލޫމާތުގެ ރައްކާތެރިކަމާއި އައިޑީކާޑާއި ޕާސްޕޯޓު ފަދަ ސެކިއުއާ ޑޮކިއުމަންޓްތަކެއް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ސަރުކާރުތަކަށް ވެސް އެކަން ނުކުރެވި އޮތީ އެފަދަ ގޮންޖެހުންތަކާ އެކު ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު ރައީސްގެ ދުރުވިސްނުންފުޅާ އެކު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް ވުޒާރާ އެކުލަވާލާފައި އޮތުމުން އެ މަގު ފަހިވެފައިވާ ކަަމަށް އިހުސާން ވިދާޅުވި އެވެ.
"މިގޮތުން އަޅުގަނޑުމެންގެ އައިޑީކާޑު ހަދަން ހަވާލުވެފައިވާ ޑިޕާޓްމަންޓުން، ނޭޝަނަލް ރަޖިސްޓްރޭޝަނުން ރާއްޖޭގެ އެއްވެސް ކަންކޮޅަކުން އެޕްލިކޭޝަނެއް އައިމަ އެ އެޕްލިކޭޝަން ޕްރޮސެސްކޮށްފައި ޕްރިންޓާ ހަމައަށް ދިޔައިމަ ހަމައެކަނި ޕްރިންޓް އޮޕްޝަން ދީފައި އޮތަރައިޒް ކުރެވޭ އައިޑީކާޑުތައް ޕްރިންޓް ކުރެވޭ ގޮތަށް އެ އަތޮޅުތަކަށް ފުރުސަތު ދީފައި އޮންނާނީ." އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި އެގޮތަށް ހަދާފައި ވަނީ މައުލޫމާތު ރައްކާތެރިކުރުމަށް ކަމަށެވެ. އޭގެ ސަބަބުން އިތުރު ކާޑު ޕްރިންޓް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި މިކަމަކީ ޒަމާނީ ޓެކްނޮލޮޖީއާ އެކު ހިދުމަތް ދެއްވުމަށް ރައީސް ގެންގުޅުއްވާ ވިސްނުންފުޅުގެ ޔަގީންކަމާއި އޭގެ ފައިދާ ކަމަށް އިހުސާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީދީ
17 November 2024
ހެޔޮނިޔަތުގަ ކުރާނަމަ ފުރަތަމަވެސް ފަށާނީ މާލެއާއިދުރު ހިސާބުން ހުޅުމާލެ ފޭސް1،2 އާއި ވިލިމާލެ މީހުންނަށް 15 މިނެޓުން މާލެ ދެވުނަސް ދުރުހިސާބު މީހިން ޖެހެނީ ހަރަދުތަކެއްކޮށްފަ މާލެދާން. ލުއި ލިބިފަތިބި ބަޔަކަށްވުރެ ތަކުލީފު ބޮޑުމީހުންނަށް އިސްކަންދޭނަމަދޯ.
އެކްސިް
16 November 2024
ރައީސް މީގެ ދެ ތިން ހަފްޔާ ކުރިން އިއުލާނު ކުރި ޑިޖިޓަލް އިކޮނޮމީގަ ފަހަތަށް މިދަނީ
އާސިރު
16 November 2024
އަނގާއި އަތާއި ދިމާނުވާ އިރު ތިޔަ ކާޑުން އަހަރުމެން ކީއްކުރާނީ؟ އިތުރަށް ސަރުކާރުން ފައިސާހޯދަން ހިންގާ ހަރަކާތަކަށް ނޫނީ މިކަން ނުވާނެއެވެ. ރައްޔިތުންގެ ޖީބުގައި އެކައްޗެއްވެސް އޮވެގެން މިމީހުންގެ ލޮލަށް ނިދި ނާންނާނެއެވެ.
އަރުޝަދް
17 November 2024
މިފަދައިން ވާހަކަދައްކާމީހަކަށް އެއްކަމެއްވެސް ރަނގަޅެއްނުވާނެ. ބަލަ ކިތަށް ބަލިމީހުން އާސަންދައިން ދަތުރުކުރަންޖެހޭ.
ބޭކާރު
16 November 2024
ފޮނި ވާހަކަތައް ނުދައްކާ ފްލެޓް ލިސްޓު ނެރެން އުޅޭ
ޝިނާނު
16 November 2024
އައްޑޫ ސިޓީ ކައުންސިލް އަކަށް ނޭގޭނެ ތިޔަ ތައްޔާރުކުރާކަށް. އެމީހުން ހަދާ ޕާސްޕޯޓު ހިފައިގެން ފުރަންދިޔައިމަ އެނގޭނީ.
ނިލިސް
16 November 2024
އާކަމެއް ކޮށްބަލަ. ކުރީ ސަރުކާރުތަކުން ވަނީ ބައެއް އަތޮޅުތަކަށް ތަޢާރަފުކޮށްފަ
އެޗް އެމް
16 November 2024
ކިހާ ދުރުމިނެއް ބަލައިގެންތަ އައިޑީކާާއި ޒާތީ މައުލޫމާތު ރައްކުރަން ތިއުޅެނީ. ކެވެނީވެސް، ބޮޑުކަމު ދެވެނީވެސް އައިޑީކާޑު ނަމްބަރ ދީގެން. ބުލުލްބުލް ކައިރީ އަހުމަދު ސަމަރު ކޮބައިހޭ އަހާއިރަށް ނޭވާލީ ވަރާއި ކައިއުޅޭތަިކެތިން ފެށިގެން ކުރިހިޔާލުތަކަށް ދާނދެކަށް އެބަ ބުނެދޭނެ. މީހުން ހޭނެމުން ދަނީވީސް އެގޮތަށް. ރައީސް އޮފީހުގެ ދުރުމީ އާކުރަން ލަފާދެން. ތިއިން ތިފެންނަނީ މީގެ 50 އަކަށް އަހަރު ކުރީ މަންޒަރުތަށް.
ހަމްދާ
16 November 2024
މިޖަލްސާ ކުރިޔަށް ދިޔައީ މެންދުރުނަމާދު ވަގުތުގައެވެ
ހަމްދާމެން
16 November 2024
މެންދުރު ނަމާދުގެ ވަގުތަކީ އިރު މެދު ޖެހުނީއްސުރެ، އެއެއްޗެއްގެ ހިޔަނި އެއެއްޗަކާއި އެއްވަރު ވުމާ ހަމަޔަށް... ގާތްގަނޑަކަށް 3 ގަޑިއިރު ލިބޭނެ. ކޮންމެވެސް ވަރަކަށް ފިޤުހު އިލްމު ވެސް އެނގެން އެބަޖޭދޯ؟
ވިނަރެސް
16 November 2024
ތި ވައުދަކާ ހެދި ވިނަރެސް ގެ ޓަވަރަކު ދަންވަރިވެސް ތޮރުފާ ނަގަނީ. ދިރި އުޅެން އުނދަގޫ ވާވަރު އެބަ ކުރޭ.
ގައުމު ހަލާކުކުރި ސަރުކާރު
16 November 2024
އައިޑީކާޑު ހެދުނަސް ކީއްކުރާނީ. 30 ހާސް އެސްއޯއީ މުވައްޒަފުންނާ އެމީހުންގެ އަނބިދަރިން އާސަންދަ ކަނޑާލާ މަގުމަތި ކޮއްލައިފި މި ސަރުކާރުން. ހުރިހާ އެސްއޯއީތަކުން ނަގާފަހުރީ ޕާޝަލް ކަވަރޭޖް ޕޮލިސީ. އާސަންދަ ލިބުނަސް ނުލިބުނަސް އިންޝުރަންސް ކަވަރ ކުރާނީ، 325ރ. ޕޮލިސީ ނެގުމުގަ މުވައްޒަފުންގެ ކޮންޓްރޯލެއް ނޯވޭ. ކުރިން އަތުން 35ރ، މިހާރު އަތުން 350ރ. މިވަރު ނޭނގި ތަނެއްދޮރެއް ނުބަލާ ސަރުކާރުން ކަންކަން ބަދަލުކުރުމުގެ ނަތީޖާ. ސިފައިން ފުލުހުންނަށް ޙިލޭ.