ޓެކްސީ ޑްރައިވަރުން މީގެ ކުރިން ކުރި އިހުތިޖާޖެއްގެ ތެރެއިން -- ފޮޓޯ: ފައިލް
10 ޑިސެމްބަރ 2024 - 20:00
މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމުގެ ބޭނުމުގައި ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމަށް ކުރާ މަސައްކަތާ ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކަށް މިހާތަނަށް ހައްލެއް ނުލިބޭތީ، އިހުތިޖާޖަށް ނުކުންނަން ޑްރައިވަރުން ނިންމައިފި އެވެ.
ޑްރައިވާސް އެސޯސިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ހަބީބް ވިދާޅުވީ، ސަރުކާރުގެ ޓެކްސީ ފްލީޓެއް ހެދުމާ އެކު، ކުރިމަތިވާނެ ގޮންޖެހުންތައް ހުށަހަޅަން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާ އެތައް ފަހަރަކު ބައްދަލު ކޮށްފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރަން ސިޓީއަކުން އެދިފައިވާއިރު، އޭގެ ޖަވާބު ވެސް އަދި ނުލިބޭ ކަމަށް އޭނާ ހަބީބް ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރުން ބުނީ ސަރުކާރުން މި ހިދުމަތުގެ ތެރެއަށް ވަނުމުން އޭގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށް ވެސް ކުރާނެ ކަމަށެވެ. ޑްރައިވަރުން މިވަގުތު ތިބީ ޓެކްސީ ފްލީޓާ އެކު، އެ މީހުންގެ މުސްތަގުބަލަށް ވާނެ ގޮތަކާ މެދު ސުވާލު އުފެދިފައި ކަމަށް ޖަމިއްޔާ އިން ބުންޏެވެ.
ޑްރައިވަރުންގެ ޖަމިއްޔާގެ މެންބަރު އާދަމް ސަލީމް ބުނީ، ޓެކްސީ ފްލީޓަށް ސަރުކާރުން 320 ކާރު ގެންނަން ނިންމާފައިވާއިރު، އާންމުން އެތެރެ ކޮށްފައިވާ ގިނަ ކާރުތަކެއް ހުރީ ރަޖިސްޓަރީ ނުކޮށް ކަމަށާއި އެއީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޓެކްސީ ޑްރައިވަރުން ވަނީ ސަރުކާރުގެ ޓެކްސީ ފްލީޓާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އާރްޓީއައި ވެސް ހުށަަހަޅައިފަ އެވެ. އާރްޓީއައިގެ މުއްދަތު މިއަދު ހަމަވިއިރު، އޭގެ ޖަވާބު ނުލިބޭ ކަަމަށާއި ޑްރައިވަރުން ތިބީ ދޫ ދޭ ގޮތަކަށް ނޫން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
"އަޅުގަނޑުމެންނަށް ނިންމީ ސީދާ ހަރަކާތަށް ނުކުތުމަށް، އެކަމަށް ތާރީހެއް ކަނޑައަޅައި ސީދާ ހަރަކާތުން މި ޖަވާބުތައް ހޯދުމަށް،" ޑްރައިވާސް އެސޯސިއޭޝަންގެ ފަރާތުން ބުންޏެވެ.
އެ ޖަމިއްޔާގެ ނައިބު ރައީސް ހަބީބް ވިދާޅުވީ، މިހާތަނަށް މަސައްކަތް ކުރަމުން އައީ ވަރަށް ސުލްހަވެރިކަމާ އެކު ކަމަށާއި މަގުމައްޗަށް ނުކުންނަން ތައްޔާރު ވާން ޖެހުނީ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުމުން ކަމަށެވެ.
އެއްވުން ބާއްވާނެ ދުވަހާއި ގަޑި ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބުންޏެވެ.
ޓެކްސީ ކުރުމުގެ ތެރެއަށް ސަރުކާރުން ވަންނަކަން ރަސްމީކޮށް އިއުލާން ނުކުރިޔަސް ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވައިލި "މާލެ ފެހި" ޕްރޮގްރާމްގައި ސަރުކާރުން ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް "ޓެކްސީ ލައިނެއް" ހެދުމަށް ހިމެނުމާ އެކު، މިދިޔަ ޖުލައި މަހު ޑްރައިވަރުންގެ ޖަމިއްޔާ އިން ވަނީ އެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އެ މައްސަލައާ ގުޅިގެން މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ، އުސޫލުތަކާއި ގާނޫނުތަކެއް ހަދައިގެން ކޮންޓްރޯލް ނަގަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފި ނަމަ ވެހިކަލްތަކުން މާލެ "ބަންޑުންވާ" ހިސާބަށް ދާނެ ކަމަށާއި މިހާރު ވެސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު އަމީން ވިދާޅުވެފައި ވަނީ މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރިޔަސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދި ކިރިޔާ މިސްރާބު ހަމަ މަގަށް
12 December 2024
ޓެކްސީ ޑްރައިވަރުންގެ ތެރެއިން ގިނަ މީހުންނަކީ އަޚްލާގެއް ގޮތެއް ފޮތެއް ހުންނަ ބައެއް ނޫން. ކޮންމެ ސަރުކާރެއް އޮތަސް ތިމީހުންގެ ކަމަކީ ސަރުކާރަށް ދުއްތުރާ ކުރުން. މިހާރު މީގަ އަޑީގައި އެމްޑީޕީ މީހުން ތިބެގެން ސަރުކާރަށް ޖެއްސުންކުރަން ގަންނަ ގަނޑެއްތީ. ސަރުކާރުގެ ސިޔާސަތަކަށް ވާންވީ މިވެރިން ޖައްސާ ޗައްކަރަކަށް ނުބަލައި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން. އެމްޑީޕީގެ ކެނައިންނަށް ސަލާމް. ވެރިކަން ލަލަަލ
ހޯރަފުށީ - ސަމީރު
11 December 2024
ތިގަ އިސްކޮށް ހޯރަފުށީ ސަލީމުގެ ކުރީގެ ކެންޕޭން މެނޭޖަރު އިބްރާހިމް ނިޔާޒު. ތިމީހުންގެ މަގުސަދަކީ ސަރުކާރަށް ކޮންމެވެސް ގޮތަކުން ޖެއްސުންކުރުން. ސަރުކާރުން ނޫޅޭ ތިމީހުންގެ ޓެކްސީ އަގުތަކަށް މިހާރު ކުޅޭކަށް. ތިމީހުން ބޭނުން އަގަކަށް ޓެކްސީކުރޭ! ސަރުކާރުން އެއުޅެނީ ރައްޔިތުންނަަށް ބޭނުންވާ އަސާސީ ހިދުމަތެއްވީނަ ލުއިފަސޭހަ ޖީބައްލުއި ނިޒާމެއް ތައާރަފްކުރަން. އެކަމަށް ހުރަސް ނާޅަ އަނބިދަރިން ބަލަން ކޮންމެވެސް އެހެންވަޒީފާއެއް ހޯދާ! މައްސަލަ ނިމުނީ!
ބާބް
11 December 2024
މިޚަބަރަށް ކޮމަންޓްކޮށްފައި ހުރި އެންމެން ކަހަލަ ގޮތަކަށް ޓެކްސީ ޑްރައިވަރުންގެ ގޯސްވާހަކަ ދައްކާފައި ހުރީ. އަސްލުވެސް ވަރަށް ގޯސް ބައެއް މަގުމަތީގައި. ޓެކްސީއެއްގެ ފަހަތުގައި އަންނަ ސައިކަލްތަކަށް ކުރިޔަށް ނޭރި ޖެއްސުން ކުރުންވެސް ހައްދު ފަހަނަޅާފައި. އެހާ އަޚުލާގެއްނެތް ބައެއް ތިއީ.
ޖޯކް
11 December 2024
މިވެސް ދަހިކަމުން ހައްދުފަހަނަޅާ ގޮއްސަ ތިބި ބައެއް. ކަމެއްކޮށްދިނަސް ފެންނަ ބައެއްނޫން. ސަރުކާރުން އެބަޖެހޭ މިބައިގަޑާ ދެކޮޅަށް ތެދުވަން. މާއަދި ދީނީ ކަމަށް އާޓު ޖައްސާބައެއް، ބަންގިގޮވާފިއްޔާ ކާރެއްނުލިބޭނެ، އެޔަށް އަރައިފިއްޔާ ކޮންމެސް ދަރުހެއް އިންވަންއުޅޭނީ އެކަމު ކިރިޔާ ކަމެއް ބޭނުންނޫން ގޮތަކަށްދާއިރަށް އިހުތިޖާޖެއްކުރަން. ސަރުކާރުން މި ބަލާވެރިކަން ކޮންޓްރޯލް ކުރަންވެއްޖެ.
ނަންނު
11 December 2024
ކަންކަން އިސްލާހު ކުރަންވެސް ބޭނުންވޭ. އެކަމަކު މިހާރު ކަންކަން ހުރި ގޮތްވެސް ބަދަލު ކުރާކަށް ބޭނުމެއް ނޫން. މި އަޖައިބެއް ކަހަލަ ބައެއް. މިއުޅެނީ ތި ޓެކްސީ ތަކަކާ ހެދީ އޮބި ނޯވެގެން ވިއްޔާ. ހެޔޮ ނުވާނެ. ( އޭ/ ބީ/ ސީ ) ރަޖިސްޓްރީގަ ހުރި ހުރިހާ ކާރަކާ ޕިކަޕެއް ނައްތާލަން އެބަ ޖެހޭ. މަދު ނުވާތާ އެތެރެ ކުރާ ވަރު ގިނައީ! ދެން އެއީ އަނެއް ކަންތައް. މީހުން ގެންނަހާ ހުރިހާ ވެހިކަލެއް ރަޖިސްޓްރީ ކުރަންޏާ މީހަކު ހިގާލާނެ ތަންކޮޅެއްވެސް މިތާކު ނޯންނާނެ
އިރުޝާންް
11 December 2024
މި ރާއްޖޭގެ ކަމަކީ ކިރިޔާ ހިންހަމަ ނުޖެހުނީ އެވީ މުޒާހަރާ ކުރަން. ދޭއްޗާ ބައެއް ލައިގެން ވިޔަސް ކޮންމެވެސް އެސޯސިއޭޝަން އެއް ހަދައިން އޭގެ ނާޖާއިސް ފައިދާ މި ނަގަނީ. ޓެކްސީ ޑްރައިވަރުން މީ ދެން ކޮން ބައެއްތަ މި މީހުން ފުއްޕަން. ޓެކްސީ ހިދުމަތް ދޭ ގޮތް ކަމުދަނީކީވެސް ނޫނޭ އަދި. މި ޓެކްސީ ތަކާ ހެދީ މާލޭގެ މަގުތައް ތޮށް ޖެހިފަ. ގެންގުޅެނީ 1985 ގެ ކާރުތައް އަދިވެސް. ޝަކުވާ ކުރަންޏާ އަހަރުންގެ ޝަކުވާ މާ ގިނަ ވާނެ މި މީހުންނާ ދެކޮޅަށް
އަހްމަދު މާހިދް
11 December 2024
މި ޓެކްސީ ޑްރައިވަރުން ވެއްޖެ ވަރަށް ބޮޑު ތަނުން ސައިކު ކުރަން. އެންމެ ރަނގަޅޭ ދޭ ހިދުމަތް ރަނގަޅަށް ދޭ ނަމަ. އެކި އަގުތައް ނަގާ ބޭނުން އެއްޗެއް ހަދަނީ. ބޭރު މީހަކު ވިއްޔާ ކާރަށް އަރުވަނީކީ ނޫން. މިހާލެއްގަ އޮތް ކަމެއް މި ކަމަކީ
އަމަންް
11 December 2024
މި އަޅެ ކޮންމެ ވެރިކަމެއް އަޔަސް މި ބައިގަނޑު މައިތިރިއެއް ނުވޭ ދޯ. ސަހާދެއް މިވެސް ވަރުގަދަ ބައެކޭ
ޒަމީރްް
11 December 2024
1960ގެ ކާރުތަށްވެސް ކަނބަމުން ޓެކްސީކުރުމުގަ. ކަލޭމެން އަޅެ ބޮޑެއް ނުވޭތަ. މި ޒަމާނަށް ނުފެތެންޏާ އެހެންކަމަކާ އުޅޭ. ސަރުކާރުން މިމީހުން ހަމަމަގަށް އަޅުވަންޖެހޭ.
މަރިޔަމް ސަނާ އަޝްރަޤް
11 December 2024
ކުރީ ދުވަހެއްގަ ހޮސްޕިޓަލްއަށް ނުދެވިފަ 45 މިނަޓްވަންދެން އިނީމު. ދަތުރު ނުލިބެނީ އެއީ މާލޭ ތެރޭ ދަތުރެއްވީމަ. ދެން އެންމެފަހުން ހުޅުމާލެދަތުރެއް ހޯދީ. 5 މިނިޓްވެސް ނުވޭ ދަތުރު ލިބިއްޖެ. ވަރަށް އާދޭސްކޮށްގެން އެވަރުންވެސް އޭނަ ހޮސްޕިޓަލްއަށް ގެންގޮސްދިނީ. މިއީ ހަމަ ހަގީގީ ވާހަކައެއް. މިފަދަ އެތަށް ބަޔަކު ޓެކްސީޑްރައިވަރުންނަށް ތިބޭ. ވަރަށް ބޭޑް އެކްސްޕީރިއެންސް.