ތ. ތިމަރަފުށި: އެ ރަށުގައި މާރާމާރީ ހިންގި މައްސަލަ ފުލުހުން އަންނަނީ ބަލަމުން.
28 ޑިސެމްބަރ 2024 - 16:22
ތ. ތިމަރަފުށީގައި ގްރޫޕަކުން ގެއަކަށް ވަދެ މާރަމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ތިމަރަފުށީގެ ގެއަކަށް ފަސް މީހުން ވަދެ މާރަމާރީ ހިންގި މައްސަލައެއް މިއަދު 1:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެކަމަކު މާރާމާރީ ހިންގި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެ ހާދިސާގައި އެ ގްރޫޕުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.
އެ މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންބެސް
28 December 2024
މަނިކޭ