03 ޖެނުއަރީ 2025 - 13:58
ރާއްޖެ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން އުދަ އަރައި ފެން ބޮޑުވި ކަމުގެ ރިޕޯޓް ހަ ރަށަކުން ލިބިފައިވާ ކަމަށާއި ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފި އެވެ.
އެ އިދާރާ އިން ބުނިގޮތުގައި އުދައަރައި އެންމެ ބޮޑަށް ގެއްލުންވީ އެ ހަ ރަށުގެ ތެރެއިން ށ. ނަރުދު އަށެވެ. ނަރުދޫގެ އިތުރުން ރ. އިނގުރައިދު އަށް އުދަ އެރި އެވެ. ވާރޭ ވެހިގެން ފެން ބޮޑުވީ ފ. ނިލަންދު އާއި ފ. މަގޫދު އާއި ދ. ކުޑަހުވަދޫ އަދި ދ. މީދޫގައި ކަމަށް އެމްޑީއެމްއޭ އިން ބުންޏެވެ.
"އަދި އެއްވެސް ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި ނުވޭ،" އެމްޑީއެމްއޭ އިން ބުންޏެވެ.
އުދަ އަރައި އެންމެ ބޮޑު ގެއްލުމެއް ވި ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަރުސިދު ވިދާޅުވީ، އޭގެ ސަބަބުން ރަށުގެ ވަރަށް ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައިވާ ކަމަށާއި 12 ވަރަކަށް ގެއަށް ފެން ވަދެފައިވާ ކަމަށެވެ.
ގޭގޭގައި ހުރި ހިފައި ގެންގުޅޭ ތަކެއްޗާއި އެކި ބާވަތްތަކުގެ ގިނަ ގަސްތަކަކަށް ގެންލުންވެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ފަތްކެޔޮ ދަނޑުތައް ވެސް ހިމެނޭ ކަމަށް ނަރުދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ނަރުދު އަށް މި މޫސުމުގައި ކުރިން ވެސް އުދައިގެ އަސަރު ކުރި ނަމަވެސް، އޭގެ ދެ ގުނައަށް މި ފަހަރު އުދަ އުދަ އަރަމުން ދަނީ މުސްތަރުސިދު ވިދާޅުވި ގޮތުގައި، ރަށުގެ އިރުމަތި ފަރާތުގައި އަލަށް ތަރައްގީ ކުރާ ބަނދަރުގެ ބޭރު ތޮށިލާފައި ނުވާތީ އެވެ.
މިދިޔަ ބުދަ ދުވަހު ފެށި 2025 އާ އެކު އިރުވައި މޫސުމުގެ ހަޅަޖަހަން ފަށައި، މި ބަންދު ތެރޭގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ކުރިން ލަފާކޮށް ރައްކާތެރިވާން އިލްތިމާސް ކޮށްފަ އެވެ. އަންނަ އާދިއްތަ ދުވަހާ ހަމައަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށް ބުނެފައި ވަނީ އެއީ އިރުވައި މޫސުމުގެ ހަޅައިގެ އަސަރު ކަމަށެވެ.
މެޓުން މިއަދު ބުނިގޮތުގައި، ރާއްޖެ އަށް އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުރެ މި ފަހަރު އެ މޫސުން ފެށުން ވަނީ ލަސްވެފަ އެވެ. މި އަހަރު އިރުވައި މޫސުން ފެށުނީ އިއްޔެ އެވެ. އަދި ޖެނުއަރީ މަހު މުޅި ރާއްޖެ އަށް އިރުވައި މޫސުން ފަށަ އެވެ.
While each years Northeast Monsoon falls into late December,
— Maldives Meteorology (@MetMaldives) January 3, 2025
The arrival of Northeast Monsoon 2024 took its time, with onset delayed into 2nd January 2025. pic.twitter.com/cKViobatWn
އެކަމަކު އާންމު އުސޫލުން ނަމަ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު ދެވަނަ ނުވަތަ ތިންވަނަ ހަފުތާގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އިރުވައި މޫސުން ފަށާ ކަމަށް އެ އިދާރާ އިން ބުންޏެވެ.
އިރުވައި މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ ވައިގެ މިސްރާބު އިރުމަތިން ހުރުމާއި ގަޑިއަކު 10 މޭލަށް ވުރެ ބާރަށް ވައި ޖެހުން އަދި އެ ކަންކަން ޖެހިޖެހިގެން ދެ ދުވަހަށް ނުވަތަ އެ އަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ދިއުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައްސާޖައްސާ
03 January 2025
ހަ ރަށެއްގައި ފެން ބޮޑުވެގެން ސިފައިން ހަރަކާތްތެރިވަނީތޭ ތިޔާއީ އެހާ ބޮޑު ކަމެއް ނޫނޭ ސިމްޕްލް އެން އީޒީ ދޯ ތިޔާ ހަރަށުގެ އެންމެން އަވަހަށް ހުޅުމާލެ ގެންނަގަ ގެނެސް ސިފައިންގެ ޓާސްކް ފޯސް އެއް ނަގާ ފަރުކޮޅު ފުށީގައި ދަގަނޑު ހޮޅި ޖަހައިގެން ވަގުތީ ހިޔާ ތައް ހަދާ އެތަނަށް އެމެން ބަދަލުކޮށްލާ އަންނަ މަހު 6 ހެކްޓަރު ބިމެއް ހުޅުމާލޭ ހުޅަގުން ހިއްކާލާ އެތަނުގައި 25 ބުރީގެ އިމާރާތް ކޮށް ނިންމާ އެމެން މާރޗް މަހު އެތަނަށް ވެއްދީމާ ހުންނާނީ ރަނގަޅަށޭ
އޮނަރަބްލް އަފީފު ދީދީ
03 January 2025
ފ. މަގޫދު އަދި ދ. ކުޑަހުވަދޫ ފިޔަވާ ދެންހުރި ރަށްރަށަކީ ކުޑަކުދިންނާއި އަދި ބިދޭސިން ހިމަނައިގެން ޖުމްލަ 800 މީހުން (ރަށެއްގައި ދިރިއުޅޭނެކަމަށް ލަފާކުރެވެނީ 500 ވަރަކަށް މީހުން) ހަމަނުވާ ކުދިކުދި ރަށްތައް. މިރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އަދި މިޤައުމަށްވެސް އެއްވެސް ފައިދާއެއް ނުވާގޮތަށް "ކުޑަރަށެއް ބޮޑުރަށެއް އަދި ފަޅުރަށެއްވެސް ނުބަލާ" ދައުލަތުގެ ޙަޒާނާއިން ޙަރަދުކުރުން ހުއްޓާލާފައި ތިކަންކަމަށް ދާއިމީ ހައްލުހޯދަން އެބަޖެހޭ ނޫންތޯ.
ރަފދަދ
03 January 2025
ރަނގަޅުކޮށްލާ އަފީފުބޭ! ފ.ނިލަންދޫ. މަގޫދޫ އެއް ނޫން! މަގޫދޫގެ އާބާދީގައި ވެސް އުޅޭނެ 12 އަށްވުރެ ގިނައިން އަދި ދ.މީދޫ އާބާދީގައި ވެސް އުޅޭނެ 12 އަށް ވުރެ ގިނައިން! ކުޑަހުވަދޫ ގައި ގާތްގަނޑަކަށް 5 ހާސް އަދި ނިލަންދޫގައި 2500 ވަރު މަދުވެގެން!
އޮނަރަބްލް އަފީފު ދީދީ
03 January 2025
މިކަންކަމަށާއި، ރާއްޖެ އެއްފަސްކުރުމަށާއި އަދި ރައީސްގެ 20 އަހަރުގެ ތަރައްޤީގެ ޕްލޭނަށް ބާރުލިބޭގޮތަށް ރާއްޖޭގައި މީހުންދިރިއުޅޭނެ ރަށްތަކަކީ އައްޑޫސިޓީ، ފުވައްމުލައް، ފަރެސްމާތޮޑާ، ވިލިގިލި، ހޯޑެއްދޫ، މަޑަވެލި، ވާދޫ، ކޮލަމާފުށި، ތިނަދޫ، ލ.ގުޅިފައިވާ ރަށްތައް، ތ.ވިލުފުށި، ތިމަރަފުށި، ގުރައިދޫ އަދި އުތުރުން އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ ފަދަ ކަޑައެޅޭ ރަށްތަކެއްކަމުގައި ހަމަޖައްސަންވީ.
އޮނަރަބްލް އަފީފު ދީދީ
03 January 2025
ވެލްތް ޑިސްޓްރިބިއުޓް ކުރުމުގެ ބަދަލުގައި ކ.އަތޮޅު މާލެއަށް ހުރިހާވަސީލަތެއް ޖަމާކޮށް ތުރާކުނުން އައްޑުއަށްހިމެނޭ ރަށްތަކުގެ ރައްޔިތުނަށް މަޖުބޫރުކޮށް ތިރަށަށް ޖަމާކުރުމުގެބަދަލުގައި މަތީގައިދެންނެވި 24 ރަށް ހިއްކެންއޮތް އެންމެބޮޑަށް ހިއްކުމަށްފަހު ކަޑައަޅާ ރަނގަޅު އުސޫލެއްގެތެރެއިން ފުރިހަމަ ބަދަލުލިބޭގޮތަށް އާބާދީގައި 2000 މީހުންހަމަނުވާ ހުރިހާ ރަށްތަކެއްގެމީހުން މިރަށްތަކަށް ބަދަލުކުރުމުގެ މަސައްކަތް ފެއްޓުން ވަރަށް މުހިންމު ކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
03 January 2025
ދައުލަތުގެ ބަޖޭޓްގެ %85 އަދި ދައުލަތްދަރަނިކޮށް ނަގާ ހުރިހާ ލޯނުތަކާއި، އެކުވެރި ދައުލަތްތަކުންނާއި ބައިނަލް އަޤުވާމީ ޖަމާއަތްތަކުން ލިބޭ ހުރިހާއެހީތައް ކ.އަތޮޅު މާލެއަށް ތަޅާ ހުސްކުރުމުގެބަދަލުގައި މަތީގައިދެންނެވި 21 ރަށާއި ކ.މާލެވެސް ހިމެނޭގޮތަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ކަޑައަޅާ 3 ރީނަޖަށް ރާއްޖެ ބަހާލައިގެން މިޤައުމު ތަރައްޤީ ކުރެވިދާނެ.
ހުރާކް
03 January 2025
ކުރިން ފެންބޮޑުނުވާ ރަށްތަކުގައި ފެންބޮޑުވަނީ ބަނދަރުދިމާ އުސްކޮށް އަދި ރަށް
ޖައްސާށޭ
03 January 2025
ރާއްޖެތެރޭގައި އާބާދީ ގައި 10 ހާހުން މަދުން މީހުން އުޅޭނަމަ އެއީ އާބާދީ އެއް ނެތީއޭ އެއަށް ވުރެން ދަށް އާބާދީ ހިމެނޭ ރަށްރަށުގެ މީހުންނަށް އަމާޒު ކޮށްގެން ސައިލެންޓް މައިގްރޭޝަން ޕޮލިސީ އެއްގެ ދަށުން ރާއްޖެތެރޭ މީހުންނަށް ކޮންމެ އަހަރަކު 50 ހާސް ފްލެޓްސް މާލެ ސަރަހައްދުން ދޭން ޗައިނާ އިން 100 ބިލިއަން ޑޮލަރުގެ ލޯން ނަގައިގެން 1 ލައްކަ ފްލެޓް އަޅަންވީ ފުޓް ޕްރިންޓް ގައި 5 ހާސް އަކަފޫޓް ހިމެނޭ ދެން ފްލެޓް ކުއްޔަށް ދޭނީ މަހަކު 5 ހާސް ރުފިޔާއ އަށޭ
ނުޖައްސާށޭ
03 January 2025
މާލޭ ސަރަހައްދު އަހަރެމެން ކައުންޓެއް ނުކުރަމޭ. މާލޭ ނޫން އެހެން ސަރަހައްދެއް ރާއްޖެއަށް ބޭނުންވެއޭ.