ޚަބަރު / ފުލުހުން

ފަޒުލްގެ ގެ ފާސްކުރިއިރު ދަބަހަކުން 1.4 މިލިއަން ރުފިޔާ ފެނުނު

05 ޖެނުއަރީ 2025 - 21:32

55 comments

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު 1.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމާއި އެ ފައިސާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރިއިރު ދަބަހެއްގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަނީ ފެނިފަ އެވެ.

މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި އެ ދަބަހުގައި 1.4 މިލިއަނެއްހާ ރުފިޔާ ހުއްޓެވެ. އެކަމަކު، ފަޒުލްގެ މައްޗަށް މި ތަހުގީގުގައި ކުރަނީ ސީދާ ކޮން ތުހުމަތެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެ ފައިސާއާ ގުޅުވައިގެން ކުރާ ތުހުމަތެއް ވެސް އަދި ނޭނގެ އެވެ.

ފުލުހުން ވެސް އެ ފައިސާގެ މައްސަލާގައި މީޑިއާއާ އަދި ވާހަކައެއް ނުދައްކަ އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ފަޒުލްގެ ގެ ފާސްކޮށް، ތަހުގީގުގެ ބޭނުމަށް ބައެއް ތަކެތި ފުލުހުންގެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށް ފުލުހުން ބުންޏަސް އިތުރު ތަފުސީލެއް މިހާތަނަކަށް އެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

އޭގެ ތެރެއިން ފަޒުލް އަށް އޭރު ކުރި ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ހިމެނެ އެވެ. ޝަރުތު ހަމަނުވާ އިތުރު ބަޔަކަށް ވެސް ބިން ދޫކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

ފުލުހުންނާއި އޭސީސީން މި މައްސަލަ ތަހުގީގުކުރާތީ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.

55 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 8%
icon angry icon angry 24%
icon wow icon wow 16%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިލްމާ ޒާހިރު

07 January 2025

1 ދަބަހުން 1.4 މިލިޔަން ރުފިޔާ. ތިޔަގޭގެ ސޭފް ބެއްލެވިންތޯ؟ އެ ވެސް ހުންނާނީ ސިޓިންގރޫމްގެ ސޯފާ ދަށުގައިވާ ޓައިލްތައް ނެގީމައި ބިމުއަޑީ.

The name is already taken The name is available. Register?

އަޅެ މިއީ ދޮގެއްތަ؟

06 January 2025

މީނަގެ ބޭބެ ހީވަނީ މީނަގެ ކޮއްކޮ ހެންނެވެ. މީނަ ހީވަނީ މީނަގެ ކޮއްކޮގެ ބޭބެ ހެންނެވެ.

The name is already taken The name is available. Register?

ޑރ ވާންޗޯ

06 January 2025

މޮޅެތިވާހަކަ ތިޔަމައްސަލަ ވައިގޮސްގެން ނުހިނދި ސަރީއަތަށްފޮނުވިޔަސް އެއީބޮޑުވަރެއް، އެހިސާބުން ޕީޖީގެ އިގުރާރުގެ އެއްބަސްވުން އޮންނާނީރެޑީގަ. ކޮރަޕްސަނުން ހޯދިއެއްޗެއްގެ %10 ކަޅުދަބަހަކަށް އެޅީމަ ގޭމްނިމުނީ.

The name is already taken The name is available. Register?

ހޮޓްކިންގ

06 January 2025

މި އެނގުނީ މަށަށް ހައްގުވި ވިނަރެސްފްލެޓް މަށަށް ނުދީ އެހެންމީހަކަށް ފަހުން ދިންގޮތް.

The name is already taken The name is available. Register?

މަނީ ލޯންޑަރިން

06 January 2025

މިހާރު ކޮންމެވެސް ރިލެކްސް ފެރީ ކިޔާ އާދަޔާ ޚިލާފް ބަޔަކު ކޭޝްކޮށް ތިޔަފައިސާ ދިންކަމަށް ފަޒުލް ލައްވާ ލޯންޗެއް ބަންނަން. ވަޒީރުން ފެންވަރުގަ އުޅުނީ ލޯންޗް ބަންނަންށޯ. ދެރަކަމަކީ ފުލުހުން ފުރިހަމަ ތަހުގީގެއް ނުކުރާނެކަން. މިހާރު ތިއޮތީ ތިޔަ ރިލެކްސް ފެރީގެ މައްޗައް މަނީ ލޯންދަރިންގެ ތުހުމަތުވެފަ. އެކަމަކު ކާކު ބަލާނީ.

The name is already taken The name is available. Register?

ދުލި

06 January 2025

މިހާވަރަށް ނަގުދު ފައިސާ މި މީހުން ގެންގުޅެނީ ރާއްޖޭގެ ބޭންކިން ނިޒާމަށް އިތުބާރު ނުކުރާތީތޯއެވެ. ޑޮލަރު ގަންނަންވެސް ނަގުދު ފައިސާ ލޯންޗެއް ބަންނަންވެސް ނަގުދު ފައިސާ ގޭގެ އިމާރާތް އަޅަންވެސް ނަގުދު ފައިސާ މެމްބަރުންގެ އެލަވަންސައް ވެރިމީހާގެ ފަރާތުންވެސް ނަގުދު ފައިސާ.

The name is already taken The name is available. Register?

ސަބަބުވެރި އިންސާނާ

06 January 2025

ޑޮލަރު ގަންނަން ގެންގުޅު ރުފިޔާތަކެއްތޯއެވެ. ޑެޕިއުޓީ މޭޔަރަށް ގުޅާލަނިކޮށް ގުނާލަ ދީފާނެއެވެ.

The name is already taken The name is available. Register?

މެހި

06 January 2025

އެގޮތައް ގޭގައިފޮރުވާފަ ބަހައްޓަނީ އާންމުކޮއް އުމްރާއައް ދާން އެއްކުރާލާރި.

The name is already taken The name is available. Register?

ހަސަންރަހާ

06 January 2025

ތިކަން ނިމޭއިރު ބުނާނީ މީހެއްގެ ގޭގަ ނަގުދު ފައިސާ ބެހެއްޓުމަކީ ކުށެއް ކަމަށް ބުނާ އެއްވެސް ގާނޫނެއް ނެތޭ! އޭރުން ދެން ބަޔަކު ނުކުމެ ތިމަންނަނާ މެންގެ އަބުރު ގެއްލުވާލީއޭ ގެއްލުމުގެ ބަދަލު ހޯދާނަމޭ ބުނެ ކޯޓަށް ގޮސް ބަދަލުގެ ގޮތުގައި 2.5 މިލިއަން ހޯދީމާ ހުންނާނީ ރަނގަޅަށް...

The name is already taken The name is available. Register?

ނަނާ241

06 January 2025

މިނިސްޓަރ ފެންވަރުގައި ހުރި މީހެއްވީމާ ކުރާނީވެސް މިނިސްޓަރ ފެންވަރުގެ ވ. ކަންތައް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454