އޭޕްރީލް 20، 2024 - މާލެ: މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގެ ކެމްޕެއިން ނިންމަށް ޕީއެންސީން ބޭއްވި ހިނގާލުމުގައި ބައިވެތިވި ސަޕޯޓަރުން އާޓިފިޝަލް ބީޗަށް ޖަމާވެފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
14 ޖެނުއަރީ 2025 - 11:33
ސަރުކާރު ހިންގާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެ، އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ވަގު ފޯމުތަކެއްގެ މައްސަލައިގައި ޕީއެންސީއަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮ އެދޭ ގިނަ ބަޔަކު ބައިވެރިވެގެން އެތައް ހާސް ފޯމެއް ހުށަހެޅިއިރު "މަދުން ނަމަވެސް ސައްހަ ނޫން ފޯމު ހުށަހެޅިފައިވާ ކަން އެ ޕާޓީއަށް ފާހަގަވެފައި"ވާ ކަމަށެވެ.
ޕީއެންސީން ބުނީ، ޕާޓީއަށް ވަނުމަށް އެދި ލިބުނު ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލްކަން އެ ޕާޓީއަށް ލިބިފައިނުވާ ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، ފޯމުގެ ސައްހަކަމާ މެދު ސުވާލު އުފެދެނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހު މަރުހަލާގައި ކަމަށާއި މިއީ ހަމައެކަނި އެ ޕާޓީއަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ސައްހަ ނޫން ފޯމުތަކެއް ޕާޓީގެ ހުށަހަޅާފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައި ވާތީ އެ ތަހުގީގަށް ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ޕީއެންސީން ވަނީ ދީފަ އެވެ.
"މިހާތަނަށް އެކި ފަރާތްތަކުން، ސައްހަ ނޫން ފޯމްތަކެއް މި ޕާޓީގެ ނަމުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތަށް ލޮގް ކުރައްވާފައި ވާތީ، އެ ދެ މުއައްސަސާއިން ވެސް ވަނީ އެ މައްސަލަތައް ބައްލަވަމުން ގެންދަވާކަން މި ޕާޓީއަށް އަންގައިފަ އެވެ." ބަޔާނުގައިވެ އެވެ.
އެހެންވެ ޕާޓީން ވެސް މިކަން ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
މިފަދަ ކަންކަމަކީ އެ ޕާޓީން ތާއީދުކޮށް ހިތްވަރު ދޭ ކަންކަން ނޫން ކަމަށާއި ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް، ނޭނގި އެ ޕާޓީއަށް ވައްދާފައިވާ ނަމަ ޕާޓީއަށް މެއިލް ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލައެއް ވޭތުވެދިޔަ ހަ މަސް ދުވަހު ތެރޭގައި ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ. މި މައްސަލަ މިފަހުން ގޯސްވެފައިވަނީ އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި ޕާޓީ ބަދަލުކުރި މައްސަލަ ފެންމަތިވުމާއެކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރު
14 January 2025
ފުރަތަމަ ކަމަކަށް ޑީއެންއާރު ގެ ޑޭޓާބޭސް އެއްލައްކަ މީހުން ހަމަކުރަން އުޅުނު މީހުންނަށް ލިބުނު ގޮތްބަލަން ވެއްޖެނުން! ގައިމު ކުރެވިދާނެ ކަމެއް ސައްހަ ނޫން ފޯމުތަކުގައި، ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައި ތިބި މީހުންނާ ދޭތެރޭގައި ތަހުގީގު ހިންގުން! މި ވަރުކޮށްލަން ކެރުނަސް ރަނގަޅު!
އަލިތަކުރު
14 January 2025
އީމެއިލް ކުރާށޭ ބުނެފަ އީމެއިލް އެޑްރެސް ނުކިޔާދިނީމަ، ތިބުނިވާހަކަޔާ ދޭތެރޭ ޟައްކު.
ކުއްވެރިވާނެތަ
14 January 2025
މިކަމުގައި ރިހާކުރާއި މުރަގަފަތާއި ކޮފީ ނުހިމެނޭތީ އެއްވެސް ކުށަކަށް މިކަންނުވާނެ. އެންމެ ބޮޑުވަރަކަށްވެސް ޕީޖީ އާއި އެކު ފެންތައްޓެއްބޯލުމުން މައްސަލަ ނިމުނީ.
ހަސަނު
14 January 2025
ޕީއެންސީގެ ފަފްތަރު އެއްކޮށް އުވާލާ އަލުން އެންމެން ސައްހަ ކަމާއެކު ރަޖިސްޓްރީ ކުރަންފެނޭ...
ޙަނދު1
14 January 2025
މަށަށް އެއްރޭ ދަންވަރު އިލެކްޝަންސް އިން މެސެޖެއް އައި ޕާޓީ އަކަށް ވައްދަން ފޯމެއް ލިބިފަ އޮތް ވާހަކަ ބުނަން. އަދި ލިންކެއް އިން ފޯމެއް ނުފުރަންޏާ ޝަކުވާ ހުށައަޅަން. ލިންކަށް ވަނީމަ އިނީ އެހެން ނަމެއްގަ އިން ފޯމެއްގެ ވާހަކަ. މަގޭ ފޯނު ނަންބަރު ޖަހާފަ އެހެން މީހެއްގެ ފޯމެއް ލާފަ ކަމަށް ބެލެވެނީ
އޮޅުވާލި އާދަނު
14 January 2025
އަޅެ ދެން މިމީހުނަށް ދޮގުހެދުމާއި އޮޅުވާލުމާއި މަކަރުހެދުންނޫންކަމެއް ނެތީތަ؟
ޙާސީ
14 January 2025
ސަރުކާރުން ޕާޓީއަށް ދޭ ފައިސާގެ ދަހިވެތިކަމުގައި ހުރިހާ ޕާޓީއަކުން ވެސް ކުރާ ކަމެއް މި. - ޕާޓީގަ ތިބޭ މެންބަރުންގެ ޖީބުން އަހަރު އެއްފަހަރު ޕާޓީ ހިންގަން ފައިސާ ދޭން ޖެހޭ ނަމަ މިކަން ހައްލުވެ ބަޖެޓަށް ލުއި ވާނެ.
ޢެޑްމުންޑޯ
14 January 2025
ފުރިހަމަރޭވުންތެރިކަމާއި އެކު ތިޔަޕާރޓީގެ ތިބަޔާންނެރޭ މީހުންގެ އެއްބާރުލުމާއި އެކު ކޮއްފައި އޮތް ވައްކަމެއް ، އޮޅުވާލުމެއް ، އެމްޑީޕީ އަކޭ ތިޔަ ޕާރޓީއެކޭ ނެތް ތަފާތެއް ، އެމްޑީޕީގެ ވެރިކަމުގައި އެމީހުން ބޯގިނަކުރީ ތިގޮތަށް ، ފާޑުފާޑުގެ ބަޔާންނެރެ މާރަގަޅުވާން އުޅޭނެ ކަމެއްނެތް
ޑރ ވާންޗޯ
14 January 2025
ވެރިކަންކުރާ ޕާޓީގެ ހާލަތު، މިވަރުގެ ބަޔަކު ގައުމުން ކޮރަޕްސަނާ ވައްކަމާ ހުއްޓުވަން އުޅެގެން އިތުރަށް އާލާދޯވާނީ!!.
މޮޑީް
14 January 2025
ޕަކާސް. މިއީދޯ އަބްދުއްރަހީމް އެބުނާ އެއްލައްކަ މީހުން ހަމަކުރާ ގޮތަކީ. ދިވެހި ހުރިހާ ރައްޔިތުން އޮޓޯއިން ތިޕާޓީ އަށް ވަދެވޭގޮތް ހަދާލާ. ބުނަން ތަގްވާވެރި ވެރިއެއް ދިވެހިންނަށް ލިބިފަ މިހިރީ.