ޓުޓިކޮރިން ބަނދަރު ސަރަހައްދު: އިންޑިއާ އިން ރާއްޖެއަށް އެތެރެކުރަން އުޅުނު ޑްރަގްސް ވަނީ އަތުލައިގެންފައި.
27 ޖެނުއަރީ 2025 - 09:54
އިންޑިއާ އިން ރާއްޖެއަށް ޔޮޓެއްގައި ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހަކު އެ ގައުމުގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން އަތުލައިގެންފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މީހުންގެ އަތުން 12 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވެ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު ޑީއާރުއައި އިން ވަނީ ޓުޓިކޮރިންގެ ޕޯޓު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ބުދަ ދުވަހު ސައިކަލެއްގައި ދިޔަ ދެ މީހަކު ހުއްޓުވައި އެ މީހުންގެ ދަބަސް ބަލާފާސްކުރިއިރު އެއިން 12 ދަޅުގެ ހަޝިޝް އޮއިލް ފެނިފައިވެ އެވެ.
ހަޝިޝް އޮއިލްގެ މަގުމަތީ އަގަކީ ކިލޯއަކަށް 1.8 މިލިއަން ރުފިޔާ އެވެ. އެހެންވެ، އަތުލައިގަތް ހަޝިޝް އޮއިލްގެ އަގު 21 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެ އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ 34 އަހަރާއި ޓުޓިކޮރިންއަށް ނިސްބަތްވާ 33 އަހަރުގެ ދެ މީހުންނާއި 56 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.
ހައްޔަރުކުރި 56 އަހަރުގެ މީހާއަކީ ޔޮޓެއްގެ ކްރޫއެކެވެ. އަދި 30 އަހަރުގެ މީހާއަކީ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) މީހެކެވެ. އެ މީހުން ރާއްޖެއަށް އެތަކެތި އެތެރެކުރުމަށް ސެކިއުރިޓީ ޗެކްޕޮއިންޓުތަކުން ސަލާމަތްކޮށްދިނުމުގެ ތުހުމަތު ކުރެވެނީ އޭނާއަށެވެ.
އެ މައްސަލާގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ ކޭސްގެ މައުލޫމާތު ހިއްސާކުރުމަށް އިންޑިއާގެ ކަމާ ގުޅޭ އިދާރާތަކަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖަވާބެއް ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރަދުން
28 January 2025
އެއީ އޭގެން ގެއްލުނު ކަޓު ހޯދަން އުތަ...އިންޑިޔާ ނޫޅޭ މޮޔަ ވެގެން މިތާ ތިބޭ ކުކުޅުތައް ކަކާސް ގޮވާ އިރަށް މައުލޫމާތު ހިއްސާ ކޮއްދޭކަށް ...މުޅިން ހައްތާ ވެސް ވަގުން...ދިވެހިްނަށަ ހަލާކު ހުރި!!
ޑރ ވާންޗޯ
27 January 2025
އިންޑިއާއިން ތިޔަމައުލޫމާތު ރާއްޖެއާސެއަރ ކުރާނެތަ؟. އެމީހުންނަށް އެގޭނެ ތިޔަޑްރަގްތަށް ކްލިއަރ ކުރާނީވެސް ރާއްޖޭގެ ފުލްސެކިއުރިޓީ ލިބިގެންކަން.
ސުވާދު
27 January 2025
ދިވެހި ފުލުހުންނަށް ބައެއްފަހަރު ހީވާކަހަލަ އިންވެސްޓިގޭޝަންގައި މާ ގަދަބައެއްކަމަށް. ހަގީގަތަކީ ސަރަހައްދުގައި ހަމަ ސުމެއް. އިންޑިއާއިން ކިތައްފަހަރުތޯ ރާއްޖެއާއި އިންޓެލިޖެންސް ޝެއާކުރީ މިފަދަ ކަންތަކުގައި. ނަމަވެސް ފިޔަވަޅުނާޅާކަން އެމީހުނަަށް އެނގޭ. ދިވެހިފުލުހުންނަކީ އިންޑިއާފަދަ ގައުމުތަކުގައި މިހާރު ބޮޑު ޖޯކަކަށް ވެފައި އޮންނަނީ. މިކަން އެނގޭނެ ރާއްޖޭގެ އެމްބަސީއަށް.
އަހަންމާބެ
27 January 2025
އިރުވައި މޫސުމުގަ ވަރަށް ޔޮޓު އަންނާނެ ކާނާ ހިފައިގެން. އައިސް ދުނިޔެވަށާ ބުރުޖަހާ ބަޔަކަށް ހެދިގެން އުޅޭނީ. ތިކަމެއް ހިނގާތާ އަހަރުތަކެއް ވެއްޖެއޭ މީހުން ރަށުތެރޭ ކިޔާ.
ކަންނެލި ދޯނި
27 January 2025
ކަންނެލި ދޯނިތަކުގައި ސިގިރެޓްވެސް އެތެރެކުރަނީ! އިހަވަންދޫ ބޭރު ކަނޑުން ސިގިރެޓްވެސް ބާނަންދާ ޢޮޑިފަހަރު ގިނަކަމަށް ރަށުތެރޭ އެބް ކިޔާ!
ފަނޑިޔާރު
27 January 2025
މާތްކަލާކޯ އެޔަކީ ޔޮތެއްނޫނެވެ. އެއީ ރާއްޖެއަށް ތަރުކާރީ އެތެރެކުރާ ލަކުޑި ބޯޓެކެވެ. ހަހަހަހަ
ޓޫ އާލީ
27 January 2025
މިހާރު ރާއްޖޭގެ އޭޖެންޓު ފިލާފާނެ
މަންދިރު
27 January 2025
ދިވެހި ފުލުހުންގެ ތަރުޖަމާނު ބަސްމަގު ތަންކޮޅެއް ޑިޕްލޮމެޓިކް ކުރަންއެބަޖެހޭ، އިންޑިޔާގައި ހިނގި ކަމެއް ދިވެހިންގެ އިހްތިސާސް ނުހިނގާ ތަނެއްގައި ހިނގި ހާދިސާއެއްގެ މައުލޫމާތު ހިއްސާކުރުމަށް އިންޑިޔާ ސަރުކާރަށް އެންގުމުގެ ބާރު ދިވެހި ފުލުހުންނަށް ލިބިގެންވޭބާ.
ޚޮލީ
27 January 2025
އާން. ކަލެއަށް މާ އެނގެނީ ކަމަށް ލަފާކުރެވެނީ. ޝުކުރިއްޔާ
ޔޮޓޭ
27 January 2025
ޔޮޓޭ ކިޔާފަ ދެން ފޮޓޯލާއިރު ބާބޯޓުތަކެއްލީމަ ކަމަކުނުދޭ. ތި ފޮޓޯއިން ފެންނަނީ ދަމާކަނޑާ ބޯޓުތަކެއްނު؟
އަބްޑޫޅް +
27 January 2025
"ޓުޓިކޮރިން" އަށް ދިވެހިބަހުން ކިޔަނީ "ސޫދުކުޅި".
އަބްޑޫޅް -
27 January 2025
މާބޮޑަށް އެނގިފައި ތިއޮތީ