ޕީޕީއެމްގެ އޮފީހުގެ ގޮތުގައި ކުރިން ބޭނުންކުރި ތަނުގައި ހުރި ބައެއް ތަކެތި މިދިޔަ އޮކްޓޯބަރު މަހު ނަގަނީ. އެތަނުގައި ނަގާފައިވާ ދިދަ ބާލަން ވަނީ އަންގާފައި-- ފޮޓޯ: ސޯޝަލް މީޑިއާ
11 މާޗް 2017 - 13:20
ހޯމް މިނިސްޓްރީން މިދިޔަ ހަފުތާގައި އާންމުކުރި، ގައުމީ ދިދަ ބޭނުންކުުރުމުގެ އުސޫލަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
މި އުސޫލަށް އަމަލުކުރަން ފެށުމާ އެކު، ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގާ ހ. ތެމާގައި ހުރި ގައުމީ ދިދަ ބޭލުމަށް ފުލުހުން ވަނީ އަންގައިފަ އެވެ.
ތެމާގައި ކުރިން ޕީޕީއެމް އޮފީސް ހިންގި ނަމަވެސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު މައްސަލަތަކަށް ފަހު ޕާޓީން މައުމޫން އެކަހެރިކޮށް ޕާޓީގެ އޮފީސް މިހާރު ހިންގަނީ އެހެން ތަނެއްގަ އެވެ.
ދިދަ ބޭނުންކުރުމުގެ އުސޫލުގައި ބުނާ ގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނުގައި ސިޔާސީ ޕާޓީއެއްގެ އޮފީސް ކަމުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަނެއްގައި އާންމު ގޮތެއްގައި ގައުމީ ދިދަ ނަގާފައި ބެހެއްޓޭނީ ހޯމް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.
ދިދަ ނެގުމުގެ އުސޫލާ ގުޅިގެން މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި، ދިވެހި ގައުމީ ދިދަ އަކީ ދިވެހިވަންތަ ކަމުގެ ފަހުރުވެރި ރަމްޒު ކަމަށާއި އިހްތިރާމާ އެކު ގައުމީ ދިދަ ބޭނުންކުރުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ހައްގެއް ކަމަށް ވިދާޅުވެފައިވެ އެވެ. އަދި މިއަދު ކުރެއްވި ޓްވީޓެއްގައި "ވަކި ފަރާތަކަށް އަމާޒުކޮށްގެން ގާނޫނާ ގަވައިދަށް ބަދަލު ގެނައުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން" ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލުގައި، ދިދަ ނަގާފައި ހުންނަން ޖެހޭނެ ތަންތަން ކަނޑައަޅާފައި ވިޔަސް އެ އުސޫލުގައި ބުނާ ގޮތުން ގައުމީ ޝުއޫރު ފާޅުކުރުމުގެ ގޮތުން ކޮންމެ ތަނެއްގައި ވެސް ގައުމީ ދިދަ ނެގުމަކީ ހުއްދަ ކަމެކެވެ.
ރައީސްގެ ހާއްސަ ދިދަކޮޅާ ވައްތަރު ދިދަ ބޭނުންކުރުން ވެސް އާ އުސޫލުގައި މަނާކޮށްފައި ވާތީ، ޖުމްހޫރީ ޕާޓީގެ ދިދަ ވެސް ބޭނުންކުރެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންވަރު
12 March 2017
އޭ މައުމޫނޫ މައްސަލަ ނުޖައްސާ. ކަލޭމެން ފެށި ކަންކަން މިއީ!
ތުއިތަނޑި
12 March 2017
މަނިފާނުގެ ދިގުތިރީސްއަހަރު ގާނުނުތަކާ ގަވައިދުތައް ހެއްދެވީ ހަމަ މަނިކުފާނައް ހެޔޮވަރުކޮއް ދެންމަނިކުފާނެއް ކަމަކުމިހާރު މާޑިމޮކުރަސީވެގެން ނޫޅުއްވާ ރަތްޔިތުން އެކަމެއްބަލައެް ނުގަންނާނެ ދޮހޮއްކޮބޭ ލަވައިގަވެސް އޮވެއްނޫންތޯ:ނޭންގުނޭ ތިޔަވިދާޅި ބަހުގެމާނައެއް
މުޙައްމަދު.
12 March 2017
ތިވީގޮތުންދެން ޤައުމީ ޝުޢޫރުވެސް ފާޅުކުރެވޭނީ ވަކިބަޔަަކަށް!.... ވަރަށް ދެރަވެއްޖެ.
އަލިބެ
12 March 2017
ނޫނޭ ޤައުމީ ޝުއޫރު ފާޅުކުރެވޭނެ އެކަމަކު ދެން ޖެހޭނީ ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަން، ހަހާ
ބޯލަބޭ
12 March 2017
ޤައުމީ ދިދަ ބޭނުން ކޮންމެމީހަކު ބޭނުންކޮންމެގޮތަކަށް ބޭނުންކުރަން ދޫކޮށްލާފައި އޮތީމަ މަގުމަތީގައި ހިނގާމީހުންގެ ފައިދަށުގަޔާ ދުއްވާ އުޅަނދުތަކުގެ ފުރޮޅުދަށުގައި މަގުތައްމަތީގައި ދިދަހުރި ދުވަސްވަރުވެސް ހިނގައްޖެ. މައުމޫން ވެރިކަމުގެ ފަހުކޮޅުގައިވެސް ކަންހުރީ އެގޮތަށް. އޭރު މިކަހަލަ ވާހަކަ ނުދައްކާ މިހާރު ދައްކާތީ ހިނިއާދޭ. ޤަވާޢިދާ ޤާނޫނު އަބަދުވެސް ހަދަނީ އެއިރަކު ތިބޭބަޔަކު ބޭނުންވާގޮތަށް.
ޒަމާނީ މީހާ
12 March 2017
ގައުމިތްޔަތު ބިނާ ނުކުރެވޭނެ ގައުމިތްޔަތު ރަމްޒު ކޮށްދޭ ގައުމީދިދަ ފުލުހުން ފޮނުވައިގެން އުފުރާއި ނަގައި ހަދަންޔާމަކުން ގައުމިތްޔަތެއް ބިނާނުކުރެވޭނެ
އައްޔޫބް
12 March 2017
ޢަހަރެންގެ ބައްޕަ މައުމޫން ބައިވެރިވި ޖަލްސާއަކަށް ދިޔައިރު ބައްޕަގެ ކޯޓް ގެ ޖީބުގައި ކުޑަކުޑަ ދިދައެއްހުރެގެން އޭތި ނަގަން މައުމޫންގެ ފާރަވެރިން ބުނި. އެހެންވީމަ މައުމޫން ތިދައްކާ ވާހަކަ އެއް ދިމައެއްނުވޭ
ނޫނޭ
12 March 2017
މައުމޫނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޤައުމީ ދިދަ ސަރުކާރުގެ ތަނެއްގައި ނޫނީ ބޭނުމެއް ނުކުރެވޭ. މައުމޫނުގެ ވަރިކަމުގައި ޢާންމުކޮށް އެކި ބެނުންތަކުގައި އަމިއްލަ މީމީހުންނަށް ޤައުމީ ދިދަ ބެނުން ކުރެވެންފެށީ. އައްޔޫބުގެ ބައްޕަ ތިޔަ ކުރެއްވިކަމެއް ކުރެއްވީ މައުމޫނު އެކަމަށް ބަދަލެއް ގެނައުމުގެ ކުރިންނެއްނޫންބާ.
އަންނި
12 March 2017
މަނިކުފާނުންގެ 30 އަހަރުގައި ގާނޫނުތަށް ހެދީ ވަކިމީހަކަށް . ސީދާ ތިޔަމަނިކުފާނަށް ހުރިހާކަމެއް ފަހިވާގޮތަށް. މަޖިލީހުގެ ރައީސްކަމުގައި އެއްބަފާ މީހަކު ބަހައްޓާގެން. އޭރު ރަންގަޅު. މިހާރު ކަމުނުދަނީދޯ؟
ބިލީޖީން
11 March 2017
ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލާ ގުޅިގެން މައުމޫން ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއޭ. އޯ އެއީ ރަނގަޅު ޚަބަރެއް ދޯ މަމެންނަށް އަޑުއިވިގެން ދާން. އޭގެއިން އެގިގެން މިދާ އެއްޗަކީ ދެން މަމެން ޕިންކީންގެ ބާރު ގަދަ ވަނީއޭ ދޯ. ތޭންކިއު ތޭންކިއު ތޭންކިއު. ދެން ހިނގާ މިކަމުގެ އުފަލުގައި ނަށާލާ ލަވައެއް ކިޔާލަމާ ދޯ. މަމެން ޕިންކީން ނަކީ އެއީ މިރާއްޖެ ލިޓިލް ސިންގަޕޯރ އަށް ހަދާ ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް ކާމިޔާބު ކުރާނެ ހަމައެކަނި ބަޔަކީ. ހެހޭހޭ ހެހޭހޭ ހެހޭހޭ އެމެން ނަކީ އެއީ މިއަދު މަމެންގެ ބިލީޖީން މެންނޭ އަދި ބިލީޖީން މެންނަކީ އެއީ މަމެންގެ ތެރޭން ވާ ބަޔެއް ނޫނޭ. ބިލީޖީން އިޒް ނޮޓް އަވަރސް. ދޯ.
ޤައުމު
13 March 2017
މަމެން ޕިންކީން ދޭބަލަ ފަރަށް...މިއީ ދިވެހީންގެ ގައުމު..ޕިންކީން ލައިގެން ކަށިވެލިން ތެލިދޮންނަންވީނު...
ރަދުން
11 March 2017
ތި ދިދަ ވެއްޖެއެއްނު ބަޑި ގުދަނަށްލާފަ ބާއްވަން. އޭރުން ދޭތެރެއަކުން ކޮންމެވެސް މީހަކު ވަގައްނަގައިގެން އުޅޭނެ އެކަކު އަނެކަކަށް ފޮރުވާ ކުޅެން
ނިންމާ
11 March 2017
ގައުމީ ދިދަ ބޭނުން ކުރާ އުސޫލެއް ރައީސް މައުމޫނުގެ ވެރިކަމުގައި ނެހެދުން އެއީ މަމެންނާއި ބެހޭ ކަމެއް ނޫނެވެ. އެކަމަކު މިހާރު މަމެން ޕިންކީންގެ ވެރިކަމުގައި އެވަނީ އެކަން ކޮށްފައެވެ. ދެން އެގޮތަށް ޖެހޭނީ ހުރިހާ މީހުން ބޯލަނބަން އެވެ. މީގައި ނޯންނާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް. މިމަގުން މިކަން ހިނގަން ޖެހޭނެއެވެ. އެނިމުނީ އެވެ.
ބޯހަލާކު
11 March 2017
ޕިންކީމެން މިގައުމު ސަޓަޔެއް އޮޅާހެން އޮޅާލައިގެން ކިހިލިޖަހައިގެން ގެންދެބަލަ! މީ ތަމެން އެކަނި ގައުމެއް.
ކަލޯ
12 March 2017
ތިމާ ހިތުހުރިހައި އެއްޗެއް ގޮވިޔަސް ކަމަކު ނުދާނެއެވެ. މައުމޫން ވަނީ ދިވެހިދިދައާބެހޭ ވަރަށް ފުރިހަމަ ގަވާއިދެއް ހަދާފައެވެ. ބަލާބަލާށެވެ. http://www.presidencymaldives.gov.mv/Index.aspx?lid=85&dcid=10793