މާލެ-ހުޅުމާލެ ހައިވޭގެ އެއްފަރާތުގައި ހުރި ސޯލާ ޕެނަލްތައް: މިތަނުގައި މަސައްކަތްކުރާތީ ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މިއަދު ވަނީ މީހަކު މަރުވެފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
01 ފެބުރުއަރީ 2025 - 09:52
ސިނަމާލޭ ބްރިޖް ހައިވޭގައި ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މިއަދު މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ހެނދުނު 8:19 ހާއިރު އެކްސިޑެންޓް ހިނގީ، ހައިވޭގެ އެއްފަރާތުގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތަކުގެ މަސައްކަތެއް ކުރާތީ، އެކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނުތަކުގެ ތެރެއިން ކޯނެއްގައި ސައިކަލެއް ޖެހިގެންނެވެ.
އެކްސިޑެންޓުވީ ބަންގްލާދޭޝް ފިރިހެނެއް ކަމަށާއި، އޭނާ މަރުވީ އެކްސިޑެންޓުވުމުން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެނިކޮށް 9:05 ގާއިރު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ހައިވޭގައި ބަހައްޓާފައި ހުރި ސޯލާ ޕެނަލްތަކުގެ ބައެއް މަސައްކަތްތައް ކުރާއިރު މަގުމަތީ ކޯނު ބެހެއްޓުމަކީ އާންމު ކަމެކެވެ. އަދި ބައެއް ފަހަރު، ވެހިކަލްތަކުގައި އަންނަ މީހުންނަށް ކޯނުތައް ހުރިކަން އަންގަން މީހުން ވެސް ތިބެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންބޭ..
03 February 2025
ހައްލަކީ ތިމާ މީހާ ދުއްވާފައި ދަނިކޮށް ކަމެއް ދިމާވެއްޖެނަމަ, އެމީހަކު ދުއްވާ އުޅަނދު ކޮންޓްރޯލް ކުރެވޭ ވަރަށް ދިއުން.. ކޯނެއް ފުލުހެއް އެހެން އެއްޗެއް ކިޔާނެ ކަމެއް ނެތް.. ފަރުދީ ޒިންމާ އެއް އޮތީ
ކުދިންނޭ
02 February 2025
ބްންގްލަދޭޝް މީހަކަށްވިއަސް އެމީހާގެ ނަން ހޯދާލާފަ ލިއެލިނަމަ. މިގައުމުގަ ގިނަ ދުވަހު އުޅެފަ ތިބޭ ބައެއް މީހުން ދިވެހިންވެސް ދަންނާނެ. ބަންގްލަދޭޝް މީހެއްވިއަސް އެމީހާގެ ފުރާނައަށް ހެޔޮ ދުޢާކޮށްލަން ފަސޭހަވާނީ ނަމެއްވެސް އެނގިގެން. ކޯންގަ ޖެހިގެން މަރުވި މީހާއޭ ކިޔަން ތަންކޮޅެއް އުނދަގޫ.
މޭނާބޭ
01 February 2025
ގަވާއިދާ ޚިލާފަށް ވައަތްފަރާތުން އޯވަޓޭކްކުރުން އާންމުވެ އެއީ ޤަވާއިދު ހުއްދަކުރާ ކަމެއްހެން ހީވާހާ އާންމުވެއްޖެ. މިކަމަކު ޓެކްސީއެއް، އަމިއްލަ ކާރެއް، ސަރުކާރުގެ އުޅަންދެއް، ސަލާމަތީ ޚިދުމަތްތަކުގެ އުޅަނދެއް އިސްތިސްނާއެއް ނުވޭ! ހައިވޭ މިހާރަށްވުރެ ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް.
ރާއްޖެ
01 February 2025
ވަކިވަރަކަށް ވުރެ ސްޕީޑް މަތިކޮށް ދުއްވާ އުޅަނޑު ވަގުތުން ސްޕީޑް ރީޑްކޮށް ފައިން ކޮއްލުން އެއީ މިޒަމާނުގަ މާ އުނދަގޫ ކަމެއް ނޫން. ނިކަން ބާރަށް ދުއްވާ މީހުން ފައިން ކޮއްބަލަ ހެޔޮވަރު އަދަކުން.
ދެރަ
01 February 2025
ތި ކޯންތައް ހުންނަނީ ފަށޭހައިން ފެންނަ ގޮތަކަށް ނޫން، އަދި މަހިތައްއަރާ ކޮންއިރަކުންބާއޭ މަގުމައްޗައް ހަރާފައިއޮންނަ ވެޔޮބޮޑި މުޅިން ނަގާނިމޭނީ
ދޮހޮއްތުބެ
01 February 2025
ހައިވޭގަ ދަމާފަ ހުރި ރޮނގުތައްވެސް ކުލަވެއްޓި އެޔެއް މިއެއް ނޭނގެ.. ކޮންބައެއް ބަލަހައްޓާ މަގެއްބާ އެއީ
ޑރ ހައިވޭ
01 February 2025
އެމަގު ބަލަހައްޓަނީ އަހަރެން އެކަމަކު މިދުވަސްކޮޅު ހައިވެގެން ނިދިފަމިއޮތީ.
ޙަސު8
02 February 2025
ތިތަނުގަ އެބައޮތްތަ ހައިވޭއެކޭ ކިޔައިންގެން ހުރިވަރު ދައްކާފަ ދުއްވާވަރު ތަނެއް. ކޯނާއެއްޗެހިނުފެންނަ ވަރައް ދުއްވޭތީ އެކްސިޑެންޓު ވަނީ. ޤަވާއިދުން ދުއްވަން އިންނަ ސްޕީޑުގަ ދާމީހުން މީހުން ވަރަށް އެކްސިޑެންޓުނުވޭ. ވިއަސްވަނީ ނުގަވާއިދުން ދާމީހެއްގެ ސަބަބުން.
ދޮންމަނިކުބޭގެ ކަޅުޗީ
01 February 2025
ރާއްޖޭގެ މަގަކަށް ހައިވޭއެކޭ އަގައިން ކިޔޭތި ކިޔައިއުޅުނަކަސް ހައިވޭއަކަށް ވާމަގެއް މިރާއްޖެއަކުނެތްއް. މާލެ ހުޅުމާލެ ދެމެދަށް ވާމަގަކާއި އައްޑުއާއި ލާމުގައި ވާމަގުތަކުގައިވެސް ކަޑައެޅޭ ބާރުމިނަށް ވުރެން ސްޕީޑް ނަގާމީހުން އަދި އަވަސް އަރުވާލައިގެން ގަވާއިދު މުގުރާލާފަ ދާމީހުން ހިފާހައްޔަރުކޮށް އަދަބު ދެވިގެން ނުނީ އަމާނެްކަމެއްނެތް.
ސްޕީޑް ރޭސަރ
01 February 2025
އެކަމު މާމަޑުން ދުއްވުމަކީވެސް ހަމަ އެހާ ނުރައްކާތެރިކަމެއް. ބައެއް މީހުން އެންމެ ބާރުބޮޑު ގަޑީގަވެސް ހައިވޭގަ މަގުމެދުން 20 ކިލޯމީޓަރުގަ އެބަ ދުއްވާ. އެމީހުން ހީކުރަނީ ވަރަށް ސޭފްކަމެއްކަމަށް އެހާ މަޑުން މަގު މެދުން ދުއްވުމަކީ. އަނެއްބަޔަކު ބަހާ އެއްވަރަށް ތުއްތު ދަރިފުޅު ގޮވައިގެން އެބަދުއްވާ. އެމީހުން އެގޮތަށް ދުއްވަނީ 50 ކިލޯމީޓަރަށް ވުރެ ބާރަށް ނުދުއްވަން. އެކަމު ކުރިއަށް ޖެހިލާ ތަންދައްކާކަށް ނޭނގޭ. ދުއްވަމީވެސް ހުނަރެއް.
ފާރިޒާ ދީދީ
01 February 2025
ކޯނެއް ބަހައްޓާލައިގެން އެކަނި ނުވާނެ. ކޯނަށް ވުރެ ބޮޑަށް ފެންން ބޯޑެއް ފްލިރިސެންޓް ނޫނީ ހައިވިސިބިލިޓީ އެއްޗެއް ހަރުކުރެވި މަގު ޑައިވާރޓު ކުރަން ސައިން ބޯޑު ޖަހާފަ ހިންނަންވާނީ! ކަމުގެ ވައްޓަފާޅި ނެތީމަ ތިކަހަލަ އެކްސިޑެންޓުވަނީ. ދުވާރު ކޮނެފަ ވަޅުގަނޑު ކައިރީ ކޯނެއް ޖަހާފަ އެބަހުރޭ. ހިންގާ މީހަކު ހަމަ ވެއްޓިދާނެ. އޭގެ ބަދަލުގައި ވަށައިގެން ޓޭޕުދަމާފަ ބައްދާފަ ހުންނަންވާނީ.
ސަރުކާނު
01 February 2025
ކޮންކްރީޓް ކޮއްފަ ހުޓަސް އަމިއްލަ ޒިންމާ ނުއުފުލަންޏާ ވާނެ ހައެއތި ވާނީ. ގޭގަ ބައިތިއްބާފަ ދައލަތުން އޭނަދާންވާ ތަންތަނަށް މީހުނވެސް ފޮނުވާދެންވީ
ޙަސެ
02 February 2025
ވާނުވާގަ ތިބީމަ ކޮންމެއެއްޗެއް ހެދިއަސް ނުވާނެ. ޤަބޫލުކުރޭ. މިޒަމާނުގަ ވާނުވާ ވަނީކީ ހަމައެކަނި އެއްޗެއް ބޮއެގެނެއްނޫން. ދުނިޔެއަށްގޮސް ހުސްވީމަ އެދިޔައީ ވާނުވާއަށް. ދުއްވާއިެުވެސް އެހެން ހިޔާލެއްގަ......
ނުހިގާނެ
01 February 2025
ބަލައިގެން ގަވާއިދާ އެއއްގޮތަށް ދުއްވޭނަމަ ތިފަދަ އެކްސިޑެންޓްތައްނުހިގާނެ
ކޮރަލް
01 February 2025
ފުޑް ޑެލިވަރީ ކުރުމުގެ މަސައްކަތް މިހާރު އެއީ އެއް ގޮތަކަށް ވެސް ދިވެއްސަކަށް ނުލިބޭ ވަޒީފާ އެކެވެ. ބިދޭސީން ވ ބާރަށް މަގުމަތީގަ އާ ބްރިޖް މަތީ ގަ ސައިކަލް ގަ ފުޑް ޑެލިވަރީ ކުރަން ދެކޮޅަށް ދުއްވަ އެވެ.