ރާއްޖެ އައިސް، އޭނާގެ ރަށް ފުވައްމުލަކަށް ދިއުމަށް ބޯޓަށް އަރައި އިނދެ އިއްސެ ފޮޓޯއެއް ނަގަނީ
16 ޑިސެމްބަރ 2022 - 16:13
ސިނަމާލެ ބްރިޖްގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓްގައި މަރުވީ، ރާއްޖެ ނައިސް 22 އަހަރު ބެންކޮކްގައި ދިރިއުޅުމަށް ފަހު އެނބުރި ރާއްޖެ އައި ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.
އިއްސެ މަރުވީ އެކްސިޑެންޓް ހިނގިތާ ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓްގެ ތެރޭގަ އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ވެ އެވެ.
އިއްސެ އަކީ، މީގެ 22 އަހަރު ކުރިން ވިޔަފާރީގައި ދިމާވި މައްސަލަތަކެއްގެ ތެރޭގައި ބެންކޮކަށް އަމިއްލަ އަށް ދިރިއުޅުން ބަދަލުކުރި ވިޔަފާރިވެރި އެކެވެ. އޭނާ، އޭގެ ފަހުން އެއްގޮތަކަށް ވެސް ރާއްޖެ ނައިސް ހުރުމަށް ފަހު ރާއްޖެ އައީ ނޮވެމްބަރު މަހުގެ 10ގަ އެވެ.
ގަލޮޅު ދަނޑުގައި ފައިވާން ފިހާރަތަކެއް ހިންގަމުން ގެންދިޔަ އިއްސެ، ބެންކޮކްގައި ވެސް ކުރީ އެ ވިޔަފާރި އެވެ. އޭނާ ވަނީ ފައިވާން އުފައްދާ ފެކްޓަރީއެއް ވެސް ހިންގައި، ރާއްޖޭގެ ވިޔަފާރިވެރިންނަށް ފައިވާން ވެސް އުފައްދައިދީފަ އެވެ. އޭގެ ފަހުން، އޭނާ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ބެންކޮކުން ދިވެހި ވިޔަފާރިވެރިންނަށް މުދާ ފޮނުވައިދިނުމުގެ މަސައްކަތެވެ.
އޭނާ ރާއްޖެ އައީ އާއިލާގެ މީހުންނާ ބައްދަލުކޮށްލާށެވެ. އޭނާ ބުނި ގޮތުގައި، 22 އަހަރަށް ފަހު ރާއްޖެ އައިއިރު ހުރިހާ ކަމެއް ބަދަލުވެ، ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.
ބްރިޖުގައި މިއަދު މެންދުރު ހިނގި ނުރައްކާތެރި އެކްސިޑެންޓް
ފުލުހުން ބުނިގޮތުގައި، ބްރިޖުގެ ޓްރެފިކް ލައިޓް ކައިރިން ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެ އެކްސިޑެންޓުގެ ރިޕޯޓް ލިބުނީ މެންދުރު 2:30 ހާއިރު އެވެ.
އެކްސިޑެންޓާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުންގަނޑި
17 December 2022
ފުލުހުންނަށް ކުރަން އެނގޭ ކަމަކީ ސްޓިކަރ ޖެހުން. އިހަށް ދުވަހު ވަންވޭ މަގެއްގެ ދެފަރާތުގައި ސައިކަލް ބަހައްޓާފައި ހުއްޓާ އެތަނުން އެއްފަރާތެއްގައި ސައިކަލް ބަހައްޓާފައި އޭޓީއެމަށް ވަނީ. ނުކުތްއިރު ސައިކަލް ބެހެއްޓިފަޅީގައި ނޯޕާކިންގ ޓޭޕް ދަމާފައި އެތާގައި ހުރި ހުރިހާ ސައިކަލެއްގައި ސްޓިކަރ ޖަހާފައި ހުރީ. މައްސަލަޔަކީ ސްޓިކަރ ޖެހީތީ އެއްނޫން. ޓޭޕް ދެމިއިރުވެސް އެތާގައި ޕާކްކޮށްފައި ހުރި ސައިކަލްތަކުގައި ސްޓިކަރޖެހުން މައްސަލަޔަކީ. ފުލުހުން މޮޅީ.
ޢެޑްމުންޑޯ
17 December 2022
މަރު ބައްދަލު ކުރަން ހަމަޖެހިފައިވާތަނަށް އެމީހަކަށް ދެވޭނެ ، 22 އަހަރު ފަހުން ރާއްޖެ އާދެވުނީ އެބައްދަލުވުމަށް ، މިފަދަ ހާދިސާތަކުން އިބްރަތް ލިބިގަންނަ މީހުންނަކީ ބުއްދިވެރިން ، މަރުހޫމާ އަށް ހެޔޮރަހްމަތް ލައްވާށި !
ހޮނޑާފުށީ ބޮޑުހުސޭނު
17 December 2022
އާސަހަރާގަ އެބަހުރި އެތަކެއް ފުލައިވުޑް ފިލައެއް ކަފާ ސަންދޯކު ސައިޒައް ރެޑީކޮށްފަ , ނޭގެނީ އެއީ އަހަރެމެންގެ ތެރޭން ކޮން ކޮން ބަޔަކަށް ކޮށާ މަށާފަ ހުރި ފިލާކަމެއް , އަމިއްލަޔަށް ގިނަގިނައިން މަރު ހަދުމަކޮށް ހެޔޮއަމަލެއް ކޮންމެދުވަހަކުވެސް އިތުރު ކޮއްލެވޭތޯ ގަދައަޅ މަސައްކަތް ކުރަންވީ , ނަމާދެއް ވައްޓާނުލާވޭތޯ . ޔާ ﷲ މަރުހޫމާ އަށް ފާފަ ފުއްސަވާންދޭވެ
އެހެންތަ
17 December 2022
ތިވިސްނުން ދޫކޮށްލާ! އެއީ ހަޤީޤަތް އެކަމަކު އެކްސިޑެންޓްތައް މަދު ކުރެވޭތޯ ފުރާނަތައް ސަލާމަތް ކުރެެވޭތޯ މައްސައްކަތް ކުރަންވާނެ. ކޮންމެ ކަމެއް ދީނަށް ކަނޑާ ނުލާ. ބަލިވީމާ ފުރާނަ ސަލާމަތް ކުރަން ބޭސް ކުރަންވާނެ. ކަންކަން ކުރާއިރު ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަަމަށް ބަލަންވާނެ. ނަމާދު ކުރުމަކުން އަދި ނުފުދޭ. ތިމާ ދިރިއުޅޭ މުޖްތަމަޢުގެ ރައްކާތެރިކަމަށާއި ތިމާގެ ރައްކާތެރިކަމަށް ބަލަންވާނެ. އެކަންކަމަށް ނުބަލާ ކުރާ ނަމާދަކީ.....
ހަސަންދީ
17 December 2022
މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރު ކުރައްވާށި އާމީން! އިއްސޭއަކީ ވަރަށް ހިތްހެޔޮ އެތައްބައެއްގެ ގާތް އެކުވެރިއެއް ބެންކޮކައް އެލިބޭނުންތަލަށް ޒިޔާރަތް ކުރާފަރާތްތަކުގެ ވަރަށް ގާތް މީހެއް ....
67653ެ78
17 December 2022
އެކްސިޑެއްޓްގަ މަރުވުމަކީ ގަވައިދާ ހިލާފު ނުވުމެއްނޫން.އަދި މަރުވީއޭކިޔާފަ އިންވެސްޓިގޭޓް ނުކޮއް ނިއްމާވެސް ނުލެވޭނެ. ި އެކޮސިޑެންޓްދިމާވިސަބަބު އެގުމުން އެކަމަށް ދުއްވާމީހުން ފަރުވާތެިވުން މުހިންމު
876543
17 December 2022
ކޮމެންޓުން ހަޔާތް ކުޑަ ފަރާތް ސާފުވޭ.
87654ެ
17 December 2022
.ތިކޮމެންޓް ކިޔާފަ ވަރަށް ދެރަވި.މަގޭ ދުވާއަކީ ލައިޓް އަށް ކޮންމެވެސް ވަރަކަށް ސިކުނޑިގެ ބޭނުން ކުރަން ދަސްވުން.އާމީން
އިބްރާ1
16 December 2022
ރެޑް ލައިޓް ދިއްލިފަ އިންދާ މަޑުނުކޮށް ބާރުސްޕީޑްގަ ގޮސް އެއަރޕޯރޓް އަށް ދިޔަ އުޅަދުގަ ޖެހުނީމަ ވެސް ފުލުހުންނަށާ ވެރިންނަށް ބަވާނީ. މީ ކޮންކަހަލަ ބައެއް އުޅޭ ގައުމެއްތަ؟
ރިއަލީ1
17 December 2022
އެެގޮތަށް ދުއްވަނީ އެގޮތަށް ދުއްވާ މީހުންނާ ދޭތެރޭ ފިވަޅު ނާާޅާތީ. ސިވިލައިޒްޑް ސޮސައިޓީތަކުގައި ވެސް އެކްސިޑެންޓްވާނެ އަދި ޓްރެފިކް ރޫލްސްތަކާ ހިލާފްވާ މީހުން އުޅޭނެ. ތަފާތަކީ އެފަދަ ސޮސައިޓީތަކުގައި ޓްރެފިކް ރޫލްސް އާ ހިލާފްވާ 95% މީހުންނާ ދޭތެރޭ ފިޔަވަޅު އެޅޭތީ. ރާއްޖޭ ގައި 1% އާ ދޭތެރޭ ފިޔަވަޅު ނޭޅޭ. ސިޔާސީ ސަބަބާހުރެ، ފުލުހުންގެެ "ކެޕޭސިޓީއާ" ހެދި އަދި ދިވެހިންގެ ވިސްނުން ހުރި ގޮތުން މިއޮތީ އެމީހަކާ އެމީހެއްގެ ސިޔާސަތު.
އަހިމީނާ ފަނީޒް
16 December 2022
ހައިވޭކަން ކަނޑުވައި ސްޕީޑް ލައްކަތަނުން މަޑުކުރުވަން ބަންޕަރުތައް ހަރުކުރަންޖެހޭ. ހުޅހުމާލެ އެތެރޭގައިވެސް ބޮޑެތިމަގުތަކުގައި އަރިމަތިންހުރި ޕާކިންޒޯނުތައް ނަގައި 4 ލޭނަށް މަގު ކުރަހައި ހައިވޭގެ ސިފަޖައްސުވައި ވެހިކަލްތަކަށް ސްޕީޑް މަތިކުރަން ފުރުސަތު ފަހިކުރުމަކީ ވަރަށް ބޮޑުގޯހެއް. ޕާކިންތަކަށް ފުރުސަތުދީ އެތެރޭ މަގުތަކުގަައި ބާރަށް ނުދުއްވޭގޮތަށް ބަންޕަރުތައް ގިނަކުރަން ގޮވާލަން. ނިރޮޅުމަގުގައި 50 ފޫޓުން ބަންޕަރު ހަރުކުރަންވީ.
އެމްސް
17 December 2022
މަގުތަކުން ތާރު އެއްކޮށް ނަގާ އޮށްވަޅުގޮނޑިއެއްހެން މަގު ބޭއްވުން ކިހިނެއް؟ ޤަވާޢިދުން ނުދުއްވާ މީހުން ހުއްޓުވާ އެމީހުން ޖުރިމަނާ ކުރަން ފަށަންވީ!
ތައްޓޭ
17 December 2022
މަގުތަކުގައި ގެ އަޅާ ކެފޭތައް ހަދަންވެސް ފެނޭ......
ސަލީމު އިދުރީސް
17 December 2022
ކިހާވަރަކައް ސުޕީޑު މަތިވެގެންތޯ ތިއުޅެނީ؟ ތިފެންނަ މަގުތަކުގަ 60 ކމ އެއްގޮތަކައް ވެސް ބާރެއްނޫން! ފަންސާސް ފޫޓުން ބަންފަރު ބައްޓައިގެން ދުވެލި ކޮންޓުރޯލު ކުރަންވެއްޖެއާ ރަނގަޅު ފެންވަރަކައް މަގުހަދާނެ ކަމެއްނެއް! އަޅުގަނޑައް ހީވަނީ އެމިހަކައް ފެންނަގޮތައް މިތާއުޅެވެނީ ދައުލަތެއް ސިފާގަ ގައުމު ނުހިގާތިހެން! މަގުތަކުގަ ކޮންމެހެން ގިނަފުހުން ނެތަސް ޓުރެފީކު ގަވާއީދާ ހިލާފުވާމީހުނައް ރަނގަޅު އަދަބެއް ދެވޭނަމަ މައްސަލަ ހައްލުވާނެ
އެމްސް
17 December 2022
ދިވެހިރާއްޖެ ނޫން ހުރިހާ ޤައުމެއްގަވެސް ޓްރެފިކް ކަންކަން ބަލަހައްޓާ، ނުޤަވާޢިދުން ދުއްވާމީހުން ހަމަ މަގަށް އަޅުވަން ޓްރެފިކް ފުލުހުން މަގުމަތީގަ ތިބޭ! 2 ރޮނގު ކުރަހާ، ޓޭޕް ދަމާ، ކޯން ބަހައްޓައިގެން އެކަނި ފަރުޖެއްސޭނެ ނަމަ ހުރިހާ ޤައުމުތަކެއްގަވެސް ކަން ކުރާނީ އެބީދައިން! މިޤައުމުގަ ތިބެނީ ހަމަ އެކަނި ސްޓިކާތައް ހަމަތޯ ބަލާ ބަޔަކު!
ކުއްޅަނާ
17 December 2022
އަހިމީނާގެ ތި ޚިޔާލު ކަނުދާނަމަ އަލުން ގާޑިޔަލާ ބައިސިކަލަށް އެނބުރި އައުން ރަނގަޅީ! އެއްވެސް ނުރައްކާ އެކްސިޑެންޓެއް ނުހިނގާނެ. އަގުބޮޑު މަގުތަކާ ވެހިކަލް ބޭނުމެއް ނުވާނެ. ހަކަތަ ޚަރަދެއް ދުމެއް ނާރާނެ. އެކަމަކު ހަޔާތުން ސްޕީޑް ހުއްޓުވާ ބަންޕަރު ޖައްސާކަށް ބުރައުގުލާކަށް ދުނިޔޭގައި އެއްވެސް ބަޔަކު ނޫޅޭ ދޯ؟
ސީޒަން ޖެކުހަން
16 December 2022
ބިރަކާނުލާ ބުރަޖަށްއަރާ މީހުންގެ ސަބަބުން އެހެންމީހުންނަށް ބިރުވެރިކަން.
އެމްސް
17 December 2022
އެފަދަ މީހުން ހުއްޓުވާނެ ޓްރެފިކް ފުލުހެއް މިޤައުމަށްވެސް ބޭނުންވޭ!