22 ފެބުރުއަރީ 2025 - 20:55
މިދިޔަ އަހަރު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގެ ތަހުގީގު އަވަސްކުރަން ގޮވާލައި، އެ ރަށުގައި މިއަދު އަނެއްކާވެސް އިހުތިޖާޖުކޮށްފި އެވެ.
ޒަކިއްޔާ ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި ޒަހަމްތަކަކާ އެކު އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނު އެވެ. އެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ބުނީ ޒަކިއްޔާ މަރާލި ކަމުގެ އެއްވެސް ނިޝާނެއް އަދި ހެއްކެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.
ނަމަވެސް، ހޮޅުދޫ މީހުން އެކަން ގަބޫލެއް ނުކުރެ އެވެ. އެ މީހުން އަދިވެސް ބުނަމުން ދަނީ ބަޔަކު ޒަކިއްޔާ މަރާލީ ކަމަށެވެ.
އެހެންވެ، އެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި އެކި ދުވަސްމަތިން އެ ރަށުގެ ރައްޔިތުން ގެންދަނީ އެއްވުންތައް ބާއްވައި، އިހުތިޖާޖު ކުރަމުންނެވެ.
ޒަކިއްޔާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅި--
ހޮޅުދޫގައި މިއަދު ކުރިއަށް ގެންދިޔަ އެއްވުމުގަައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.
އެ އެއްވުމުގައި ވަނީ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައިފަ އެވެ. އަދި ތަހުގީގުގައި ހުރި ގިނަ ކަންބޮޑުވުންތައް ފާޅުކޮށްފައި ވާއިރު، އެކަމުގައި ޝާމިލުވާ އެންމެން ހައްޔަރު ކުރުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ގޮވާލާފައިވެ އެވެ.
"ރައްޔިތުންގެ ކެއްތެރިކަން ކޮޅުންލައިފި. އިންސާފެއް ނުލިބޭ. ހަމަ ގަސްތުގާ މަރާލީ. ޕޮލިހުން ޕެޕާސްޕްރޭ ޖެހިޔަސް އަޅުގަނޑުމެން [ހޮޅުދޫ ރައްޔިތުންގެ] އަޑެއް ނުކެނޑުވޭނެ،" އެ މުޒާހަރާގެ ބައިވެރިން ގޮވި އެވެ.
އިހުތިޖާޖުގެ ބައިވެރިން ހޮޅުދޫގެ ޕޮލިސް ސްޓޭޝަނަށް ވަދެ މުޒާހަރާ ކުރިއިރު، ޒަކިއްޔާގެ ފިރިމީހާ އާއި އެ އާއިލާގެ އިތުރު ތިން މީހުން ހައްޔަރު ކުރުމަށް ގޮވާލާ ވެސް ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށެވެ. އޭނާގެ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ.
ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ
ކަރުގެ މެދާ ހަމާގައި ތިލަކޮށް ހުރި ޒަހަމެއް ވެސް ހުރި ކަމަށާއި އެ ނޫން ޒަހަމެއް ހަށިގަނޑުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ މީހަކު ދިން އަނިޔާތަކެއް ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށް ސާމިހު ވިދާޅުވި އެވެ.
"އެއްވެސް ފަރާތެއްގެ އަމަލަކުން ހިނގި ކަމެއް ކަމުގެ ހެއްކެއް، ގަރީނާއެއް މިހާތަނަކަށް އަދި މިވަގުތާ ހަމައަށް ނެތް،" ސާމިހް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫނުން
23 February 2025
ކާކުބާ ޒަކިއްޔާ މަރާލީ؟ ފެނުނުމީހެއްވެސް ނެތްތަ
އިހްސާސް
23 February 2025
ތަހުޤީގު ކުރަނީވެސް އިންސާނުން. އިންސާނުންނަކަށް ހުރިހާ ފަހަރަކު ކަންކަމުގެ ހަޤީގަތްތަކެއް ނޭގިދާނެ. ޒަކިއްޔާގެ މަރު އެއީ އެހެންމީހެއްގެ ފަރާތުން ދިން ހަމަލާއަކުން ވީކަމެއްކަމަށް ވެދާނެ، އެކަމަކު އެމީހަކު ހޯދޭނީ ޝައްކެއް ކޮށްލާނެހާ ޖާގައެއްވެސް ލިބިގެން. އަދި ހެއްކާ ޤަރީނާ އެމީހެއްގެ މައްޗަށް ހުރެގެން. ހަމަ ހުރެފަ މީހެއްގެ ބޮލުގައި އެކަން ނޭޅުވޭނެ. އެމީހަކު ހޯދަން ދިގުމުއްދަތެއްވެސް ހޭދަވެދާނެ. އެހެނަސް އުފާވާންޖެހެނީ އާހިރަތުގަ އެމީހަކު ބޭޒާރު.
23456
23 February 2025
ކާކުތަ މަރާލީ؟ މަރާލި މީހެއް އެނގެންޏާ ފުލުހުންނާ ހެކިތައް ހަވާލުކުރަންވީނު. މީހަކު މަރުވެފަ އޮތަވެސް ދީގެންނުވޭ. މީހުންގެ މަރުވެސް ސިޔާސީކޮށް ކައްވަޅުގަ މީހާ އޮތަވެސް ނުދޭންއުޅޭހެން ހީވަނީ.
ބިސް
23 February 2025
ހޮޅުދޫ މީހުން މީ ފައްކާ ބައެއް. ޒަކިއްޔާ މަރުވި ދުވަހު ބޮޑު އަޑުން ޚަބަރު ފެތުރީ، ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެކޭ، މަރުވީ އަމިއްލައަށޭ ކިޔާފަ. އޭރުވެސް އެމީހުނަށް ޒަކިއްޔާގެ ހުރި ޒަޚަމްތައް ފެނިފަ އޮންނާނީ. ދެން ދެ ދުވަހެއްވަރު ފަހުން ރާގު ބަދަލު ވެއްޖެ. އަމިއްލަޔަކަށް ނޫނޯ، ޒަކިއްޔާގެ ފިރިމީހާ އޭނާ މަރުވީމަ ދެރައެއްވެސް ނުވެޔޯ.. ވަޅުނުލައި ލަސްވާތީވެސް ހަޅޭއް ލެވީއޯ! މިހާރު އުޅޭ ގޮތުން ހީވަނީ ވަކި މީހަކު ބޮލުގަ ނޭޅުވިގެން އުޅޭހެން.
އޮަޓޯ
23 February 2025
މަރުގެ މައްސަލައަކީ ބޮޑު މައްސަލައެއް. އެއީ ނިމުމެއް ނެތް ތަޙްގީގެއްގައި އޮންނަ މައްސަލައެއް. ހައްޔަރުކުރެވޭނީ، ޝައްކުތަކަށް ބާރު ލިބޭ މިންވަރަށް ހެކި ހުރެގެން. މައްސަލަ ސާބިތުވާނީވެސް އެއްވެސް ޝައްކެތް ނެތް މިންވަރަށް ހެކި ހުރެގެން. ޝައްކުވިޔަސް ޝައްކެތް ނެތް މިންވަރަށް ޔަގީންކުރެވޭ ވަރުގެ ހެކި ނެތިއްޔާ ސާބިތެއް ނުވާނެ. މަރުގެ މައްސަލަތައް މުޒާހަރާކޮށްގެން އަޑުގަދަކޮށްގެން ސާބިތެއް ނުވާނެ. ބައެއް ހީއަކީ ފާފައެއް. ތުހުމަތުވުމަކުން ސާބިތު ނުވާނެ.
ބިސްމަނިކު ބިސްހޮޅުދޫ ކަންކިރި ޕޯލަ
23 February 2025
ނަފްސާނީ ބަލީގެ ޝިކާރައަކަށް ކަމަށް ލަފާކުރެވެނީ. އެހެނީ ޒަކިއްޔާ ދައްތަގެ އާއިލާ ބޭފުޅުންވެސް ވަނީ އަމިއްލަ އަށް މަރުވެފަ. މިފަހުން ކިޔާފަ ހުރީ ތިމަންނަވެސް މަރުވެދާނި އަމިއްލައަށް ކަންނޭގެޔޭ... ރަށުގަ އުޅޭ މިމީހުން އުޅެނީ ހަސަދަ ލައިގެން މިކަން ކޮންމެސް މީހެއް ބޮލައް ކަނޑާލަން. ނުވާނެ ނުކުރާ ކަމެއް ކުރި ކަމަކަށް... މި މުޒާހަރާ ކަލްޓްގެ މަގްސަދަކީ މިކަން މެެހެއްގެ ބޮލުގައެޅުވުން. ބަލަ ހިސްޓްރީ އެބައޮތް ފެމިލީސައިޑް އިން ޒަކިއްޔާ ދައްދަގެ..
ވިސްނާ ފިކުރުކުރޭ
23 February 2025
މީހަކު އަމިއްލައަށް ފަސް ހަ ފަހަރަށް އަމިއްލަ ނަފްސަށް ހަމަލައެއް ނުދެވޭނެކަން ދަންނަންނަންވާނެ. އެންމެ ޒަޚަމެއް 2 ޒަޚަމެއް ހުރިނަމަ ޤަބޫލުކުރަން ތަންކޮޅަށް ފަސޭހަވީސް
ބަބޫ
23 February 2025
ގަސްތުގައި މަރާލީ ކަމަށް ބުނާބަޔަކަށް މަރާލީ ކޮން ބައެއް ނޫނީ ކާކުކަން އެގިގެން ދޯ އެހެން ކިޔަން ވާނީ. ހެއްކެއް ނެތި މީހެއްގެ މަރެއްގެ ތުހުމަތު އަނގަޔަށް އައިހާ އެއްޗެއް ކިޔައިގެން ނުވާނެ.
ސެންް
22 February 2025
މިހާރު ތި މުޒާހަރާތަކުން ހޮޅުދޫމީހުންގެ ތަހުޤީޤެއް ހަދައިފިކަމަށް ދޭހަވޭ. ރިޕޯޓެއްހަދާފަ ކޯޓުގައި ދައުވާ އުފުލަންވީނު. އޭރުން ތިކަން ކޮޅެއްގައި ޖެހޭހެނެ
ހަމަދު
22 February 2025
ރާއްޖޭގަ ތިޔަކަހަލަ ކިތަންމެ މަރެއް ވެއްޖެ. ބަޔަކު (އެމްޑީޕީން) ވެރިކަމައް ވެސް އައި ޔާމީން ރަޝީދުގެ މަރުގެ ޒިންމާ ރައީސް ޔާމީން ބޮލުގަ އަޅުވައިގެން. އެކަމު 5 އަހަރުދިޔައީ އެއްވެސް ވަރަކައް އެމަރުގެ އިންސާފެއް އަދިވެސް ނުލިބޭ
އިންވެސްޓިގޭޓަރ
22 February 2025
އޭނާގެ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ.’’ މީހަކު އޭނާ މަރާލީކަމަށް މިއަށްވުރެ ބޮޑުހެއް ކޮބ؟ އަމިއްލައަށް ކަރަުގަ އެޅޭނީ އެއްފަހަރު، ދެން އުޅޭނީ ސަލާމަތް ހޯދަން. އަޑެއްލައްވާނުލާ ސިއްރުސިއްރުން ތިންހަތަރުފަހަރު ކަރަށް ވަޅިހަރާލަ ހަރާލަ އިންނަ މިއުޅެނީ އިގިއްޔެއްގެ ނިޔަފަތި ކަނޑަންތަ؟؟