ސްކޫލުތައް ބަންދުކުރާ ހިސާބަކަށް އަދި ނުދޭ

ސްވައިން ފުލޫ ޖެހިގެން މި އަހަރުގެ މިހާތަނަށް 27 ކޭސް ޕޮޒިޓިވް ވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.


ސްވައިން ފްލޫއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ހުސެއިން ވިދާޅުވީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް ސްވައިން ފްލޫ އަށް 16 މީހަކު ޕޮއިޓިވް ވެފައިވާ ކަމަށެވެ. އެއީ 475 މީހުން ޓެސްޓް ކުރުމުން ފެނިފައިވާ އަދަދު ކަމަށާއި މި އަހަރު އެ ބައްޔަށް ޓެސްޓް ކޮށްފައިވަނީ 208 މީހުން ކަމަށެވެ.