ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަ ވިއްލުމެއް ބާއްވަން ވަނީ ނިންމާފައި.
13 މާޗް 2025 - 23:21
އެޗްުޑީސީ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުން ގުޅިގެން އަންނަ ހޮނިހިރު ދުވަހު ރޯދަވީއްލުމެއް ބާއްވަން ނިންމައިފި އެވެ.
"އަވައްޓެރި ރޯދަ ވީއްލުން" ގެ ނަމުގައި ބާއްވާ އެ ހަރަކާތުގެ ބޭނުމަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމަށް އެޗްޑީސީން މިރޭ ބުންޏެވެ.
މި ރޯދަމަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އެގޮތަށް ރޯދަ ވީއްލުން ބާއްވަން ވަނީ ނިންމައިފަ އެވެ.
އެ ހަރަކާތުގެ ދަށުން މި އަހަރުގެ ފުރަތަމަ ރޯދަވީއްލުން އޮންނާނީ، ހުޅުމާލެ 1 ގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ، 'ރަނައުރާ މަގު' ގައި ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ މާކެޓިން ހެޑް ހަސަން ޝަހީދު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދުވެސް އެޗްޑީސީ އަށް އެއްބާރުލުންދޭ ބައެކެވެ. މި ރޯދަވީއްލުން ވެސް ކުރިއަށް ގެންދަނީ ގިނަ ބައެއްގެ ބައިވެރިވުމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިމަގުގައި ވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށެވެ. ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމަކީ ކުންފުނީގެ އަމާޒެއް ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނޯރު
14 March 2025
ތި މަގުގައި އުސޫލާ ހިލާފަތް ހިންގާ ފޭވްމަންޓް ކެފޭ ގައި ރޯދަމަހު ތާސް ކުޅެން ތިބެނީ. ދެެރަ ކަންކަން. ކައިރި މިސްކިތުން ކިޔަވާ އިރު ތާސްކުަޅުން ކަޑަ.
ވިނަރެސްގެ އަޑު
14 March 2025
ފުރަރަމަ ތިތަނުން ބޮޑުއަގުގަ ވިއްކި ވިނަރެސް އެޕާޓްމެންތަކަށް ދޭންބުނި ހިދުމަތްތައް ދީބަލަ.
ލުގްމާން
14 March 2025
ހުރަވީ ސްކޫލް ކަންމަތީ މަގުމަތީ ކެފޭ ހިންގަނީ ކޮން އުސޫލަކުން ތޯ ވެސް ބަލަން އެބަޖެހޭ. މުޅި ހިސާބަށް ގަދަ ކޮށްގެން އުޅޭ ބައެއް.އެޗްޑީސީގެ ވެރިންނަަށް ފިޔަވަޅު އަޅަން ނުކެރެނީ ކީއްވެ ތޯ.
ޜަނައުރާ
14 March 2025
ތި މައްސަލަ ހައްލު ކުރަން ނުކެރެނީ ފަރުވާ ކުޑަ ކަމުން. ވަރަށް ވެސް ބޮޑު ބޭއިންސާފު ކަމެއް. ވަކި ބަޔަކަށް މަގުމަތީ ގޮނޑި ބެހެއްޓޭތީ. މުޅި ދުވާރު ބުލޮކްކޮށްގެން ތިބެނީ. ޕޭވްމަންޓަށް އަރާ ތަނުގައި ގަސް ބަހައްޓާ މުޅި ހިސާބު ބޮލޮކްވެފަ. ވެމްކޯ ކުނި ބިން ގެންދަން ވެސް އެހާ ދަތި ކުުރިމަތިވޭ. މުޅި ހިސާބުގައި ދުންފަތުގެ ދުން ވަސް. ޙިނގާ މީހުންނަށް އުނދަގޫ ވޭ މިިކަމުން. މިކަން ހުއްޓުވަން އެޗްޑީސީ އިން އެެބަ ޖެހޭ މި ނާތަހުޒީބީ ކަންތައް ހުއްޓުވާން
ކިމް
14 March 2025
އެތައް ބަޔަކަށް ތުރާލަކަަށް ވެފަ އޮތް ކަމެއް.